20 މެއި 2022
އެމެރިކާގެ މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް، އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ހާޑްގެ ހެކި ބަސް ދީ ނިންމާލައިފި އެވެ.
އެމެރިކާގެ މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް، އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ހާޑްގެ ހެކި ބަސް ދީ ނިންމާލައިފި އެވެ.
މިދިޔަ މަހުން ފެށިގެން ކޯޓުގައި ކުރިއަށްދާ އެ މައްސަލައަކީ ޑެޕް ވާޖިނިއާގެ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައަކީ ޑެޕަކީ އަނިޔާވެރި އަދި ގެވެށި އަނިޔާކޮށްފައިވާ މީހެއް ކަމަށް ހާޑް ދައުވާކޮށްފައިވާ މައްސަލައަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި ޑެޕްގެ ހެކިބަސްތައް ނެގުމަށްފަހު ހާޑްގެ ހެކިބަސް ނަގަން ފަށާފައިވަނީ މި މަހުގެ ކުރީކޮޅުގަ އެވެ.
ދެމީހުންގެ ގުޅުމާ މެދު ހާޑް ވަނީ ތަފާތު ވާހަކަތަކެއް ދައްކައި ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ. އޭގެތެރޭގައި އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ޑެޕްގެ އަނިޔާވެރި ކަމުގެ ތުހުމަތުތަކެވެ.
ހާޑް ބުނިގޮތުގައި ޑެޕް އޭނާ އަށް އެކި ގޮތްގޮތުން އަނިޔާކޮށްފައިވަނީ އޭނާ މަސްތުގެ ހާލަތުގައި ހުރި އިރު އެކަންޏެވެ. ނަމަވެސް އެހެން ވަގުތުތަކުގައި ޑެޕްގެ ފަރާތުން އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
މަސްތުވާތަކެތީގެ މައްސަލައެއް އޮތް ކަމަށް ޑެޕް ވަނީ މީގެ ކުރީން އެއްބަސްވެފަ އެވެ. ނަމަވެސް ދުވަހަކު ވެސް އެއްވެސް މީހެއް ގައިގައި ޖަހާފައި ނުވާނެ ކަމަށް ޑެޕް ކޯޓުގައި ބުންޏެވެ.
ޑެޕްގެ ފަރާތުން އެމްބާ އަށް އަނިޔާވެފައިވާ ކަމަށް އޭނާގެ ދައްތަ ވަނީ ކޯޓުގައި ބުނެފަ އެވެ. އަދި އެ މަންޒަރުތައް އޭނާ އަށް ފެނުނު ކަމަށް ވެސް ބުންޏެވެ.
ކޯޓުގެ އަޑުއެހުންތައް އަދި އެހާ ހިސާބަކުން ނުނިމޭނެ އެވެ. އިތުރު އެހެން މީހުންގެ ހެކިބަސް ދިނުމަށް ވެސް ހަމަޖެހިފައިވާއިރު ކުރިއަށް އޮތް ހަފުތާގައި ވެސް ހެކިބަސް ނަގާނެ އެވެ.
ޑެޕާ ދެކޮޅަށް ހާޑް ހެކިބަސް ދޭން ފަށައިފި
ކޯޓުގައި ހާޑްގެ ވަކީލުން ދޮގުހެދިކަން ފަޅާއަރައިފި
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
ޑެޕަށް އެމްބާ ދިން ފައިސާ ފަސް ޗެރިޓީއަކަށް ބަހަނީ!
ޑެޕް އަލުން ޑިޒްނީ އަށް؟
ޑެޕް މިއުޒިކް އަލްބަމެއް ނެރެނީ
ޑެޕްގެ ޓިކްޓޮކް ހުސްކޮށް، ފޮލޯވަރުން މިލިއަނުން
"އަކުއާމޭން" އިން ހާޑް ބޭރުކުރަން 2 މިލިއަން މީހުން
ބަތަލާ ލިންޒީ އެންގޭޖްވެއްޖެ
ހޮލީވުޑުން އުޅެނީ އަހަރެން ބޮއިކޮޓްކުރަން: ޑެޕް