11 ޖޫން 2022
ލެޖެންޑަރީ ގިޓަރިސްޓް، ޖެފް ބެކްއާ އެކު އެމެރިކާގެ މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް މިއުޒިކް އަލްބަމެއް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ.
ލެޖެންޑަރީ ގިޓަރިސްޓް، ޖެފް ބެކްއާ އެކު އެމެރިކާގެ މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް މިއުޒިކް އަލްބަމެއް ހެދުމުގެ މަސައްކަތް ފަށައިފަ އެވެ.
އަބުރުކަތިލި ކަމަށް ބުނެ، ޑެޕްގެ ކުރީގެ އަންހެނުން އެމްބާ ހާޑާ ދެކޮޅަށް ކުރި ދައުވާ ކާމިޔާބުކުރުމަށް ފަހު، ތަފާތު ގިނަ ޕްރޮޖެކްޓުތައް ފަށާނެ ކަމަށް ޑެޕް ވަނީ ދާދިފަހުން ބުނެފަ އެވެ. އޭގެ ތެރޭގައި އެކްޓިންގެ އިތުރުން އެހެން ކަންކަން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
ޑެޕް އިއްޔެ ސޯޝަލް މީޑިއާގައި އިއުލާންކޮށްފައިވާ ގޮތުގައި އޭނާ އާއި ބެކް ގުޅިގެން މިއުޒިކް އަލްބަމެއް ނެރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެއީ 13 ލަވަ ހިމެނޭ، "18" ކިޔާ އަލްބަމެއް ކަމަށެވެ.
ޑެޕް އާއި ބެކް ނެރޭ އަލްބަމްގެ ކަވާ އާޓް.
"ދެ މީހުން އަސްލު ޖޯކުު ޖަހަމުން ދިޔައީ، މިހާ ދުވަސްވިޔަސް އަދިވެސް ހީވަނީ އަހަރެމެންނަށް 18 އަހަރުހެން. އެހެންވެ އަލްބަމަށް ކިޔާނީ 18،" ޑެޕް ބުންޏެވެ.
އެ ދެ މީހުން ނެރޭ އެ އަލްބަމްގައި ލަވަކިޔާނީ ޑެޕް އެވެ. އެ ލަވަތަކަަކީ ކަވާ ލަވަތަކެއް ކަމަށް ވެސް ޑެޕް ބުންޏެވެ. އޭގެ ތެރޭގައި ކުރީގެ އައިކޮނިކް ލަވަތަކުން ފެށިގެން އާންމުކޮށް އަޑުއިވިފައި ނުވާ ލަވަތައް ވެސް ހިމެނޭނެ ކަމަށް ބުންޏެވެ.
އެ އަލްބަމް ނެރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 18ގަ އެވެ.
ޑެޕް އާއި ބެކް އަކީ ވަރަށް ދުވަސްވީ އެކުވެރިންނެވެ. އެ ދެ މީހުން މީގެ ކުރިން ވެސް އެކީގައި ލަވަކިޔާފައިވެ އެވެ. މީގެ ދެ އަހަރު ކުރިން އެ ދެ މީހުން ވަނީ ލަވައެއް ނެރެފަ އެވެ.
ޑެޕަށް އެމްބާ ދިން ފައިސާ ފަސް ޗެރިޓީއަކަށް ބަހަނީ!
ޑެޕް އަލުން ޑިޒްނީ އަށް؟
ޑެޕްގެ ޓިކްޓޮކް ހުސްކޮށް، ފޮލޯވަރުން މިލިއަނުން
ޑެޕް އަނިޔާކުރީ މަސްތުގެ ހާލަތުގައި ހުރެ: ހާޑް
ޑެޕާ ދެކޮޅަށް ހާޑް ހެކިބަސް ދޭން ފަށައިފި
"އަކުއާމޭން" އިން ހާޑް ބޭރުކުރަން 2 މިލިއަން މީހުން
ކޯޓުގައި ހާޑްގެ ވަކީލުން ދޮގުހެދިކަން ފަޅާއަރައިފި
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ