05 އެޕްރީލް 2022
އެމެރިކާގައި މި ވަގުތުގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ކޭޓީ ޕެރީ އާއި ޑުއާ ލީޕާ އެކީގައި ލަވައެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
އެމެރިކާގައި މި ވަގުތުގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ ކޭޓީ ޕެރީ އާއި ޑުއާ ލީޕާ އެކީގައި ލަވައެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
އެކުގައި މަސައްކަތް ކުރަން ވަރަށް ބޭނުންވާ ކަމަށް މީގެ ކުރިން އެ ދެ އާޓިސްޓުން ވެސް އިންޓަވިއުތަކުގައި ބުނެފައިވެ އެވެ. އެހެންވެ، މިހާރު އެ އިންތިޒާރަށް ނިމުމެއް އައީ އެވެ.
އެ ލަވައިގެ މަސައްކަތް ފަށާފައިވާ ކަން ހާމަކޮށް، އެ ދެ ލަވަކިޔުންތެރިން ބުނީ މިހާރު ލިރިކްސް ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމުގައި ދެމީހުން ވެސް ހިއްސާވާ ކަމަށް ބުންޏެވެ.
ސޯޝަލް މީޑިއާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޑުއާ ބުނީ، ކޭޓީ އާ އެކު ލަވައެއް ކިޔާލަން ލިބުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަހަލަ ކަމެއް ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އެ ލަވައަކީ ޑުއާގެ އާ އަލްބަމްގައިވެސް ހިމެނޭނެ ލަވައެކެވެ.
ޑުއާގެ ތިންވަނަ ސްޓޫޑިއޯ އަލްބަމްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ބުނީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ އަލްބަމްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަސައްކަތް ވަނީ ނިމިފަ އެވެ. ވަކި ތާރީހެއް ނުބުނެ، އެ އަލްބަމް ވަރަށް އަވަހަށް ނެރޭނެ ކަމަށް ޑުއާ ބުންޏެވެ.
ބިލީއާއެކު މަސައްކަތް ނުކުރެވުމަކީ ހެދުނު ގޯހެއް
ލަވަ ކޮޕީ ކުރިޔަސް ޖޫރިމަނާ ދައްކަން ނުޖެހުނު
ކޮވިޑާ ހެދި ކޭޓީ ޕެރީއަށް ކައިވެނި ނުކުރެވިފައި
ކޭޓީ ޕެރީ އަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި
ކޭޓީ ޕެރީ އާއި އޯލެންޑީ ބްލޫމް އެންގޭޖްވެއްޖެ
ކެޓީ ޕެރީ އާއި އޮލަންޑޯ ބްލޫމް ވަރަށް ސީރިއަސް
ޓްވިޓާގެ ރަނިކަން ކެޓީ ޕެރީ އަށް
ސިޔާސީ ދެބަސްވުމެއްގައި ޖޯޖް އާއި އާމާލް ވަރިފަށަށް
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"