14 ޑިސެމްބަރ 2017
މޯލްޑިވިއަންގެ ޕައިލެޓުންނަށް އެއްވެސް ބުރައެއް ޖައްސާފައި ނުވާނެ ކަމަށާއި އެމީހުންނަށް ފަސޭހަ އަދި ލުއި ގޮތެއް ހަމަޖައްސަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.
މޯލްޑިވިއަންގެ ޕައިލެޓުންނަށް އެއްވެސް ބުރައެއް ޖައްސާފައި ނުވާނެ ކަމަށާއި އެމީހުންނަށް ފަސޭހަ އަދި ލުއި ގޮތެއް ހަމަޖައްސަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންނަށް އަރާމު ކުރަން އެކަށީގެންވާ ވަގުތު ނުލިބި މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެ، ބައެއް ޕައިލެޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. "މިހާރު" އާ ވާހަކަ ދެއްކި ޕައިލެޓުން ބުނި ގޮތުގައި މަސައްކަތް ކުރަން ޖެހޭ ވަގުތު ކުރިއަށް ވުރެ އިތުރެވެ. އެހެންވެ، މީހާ ލޮޑުވެ، ވަރުބަލިވުމުގެ މައްސަލަތައް ދިމާވާ ކަމަށް އެ މީހުން ބުންޏެވެ.
އެކަމަކު މޯލްޑިވިއަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑައިރެކްޓަ އޮފް ފްލައިޓް އޮޕަރޭޝަންސް، ކެޕްޓަން މުހައްމަދު އަމީން ވިދާޅުވީ އެ ކުންފުނީގެ ޕައިލެޓުންނާ ދެމެދު އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ. އަދި މޯލްޑިވިއަނަކީ ޕައިލެޓުންނާ އެކުގައި މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި އެމީހުންގެ ކަންބޮޑުވުންތަކެއް ނޫޅޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަނުންގެ ފުރަތަމަ ލަގްޒަރީ ސީޕްލޭން.-- ފޮޓޯ: ނިޝާން އަލީ / މިހާރު
އަމީން ވަނީ ޕައިލެޓުން މިދިޔަ ޖުލައި 1 ގެ ކުރިންނާއި ފަހުން މަސައްކަތް ކުރާ ގޮތުގެ ތަފްސީލްތައް ޕްރެޒެންޓޭޝަނެއް މެދުވެރިކޮށް، ނޫސްވެރިންނާ ހިއްސާ ކުރައްވައިފަ އެވެ. އަދި މޯލްޑިވިއަންގައި ހަދާފައި ހުރި ރެގިއުލޭޝަންގެ ބޭރުން އެއްވެސް ޕައިލެޓަކު މަސައްކަތް ނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
- އަހަރަކު 365 ދުވަސް އޮންނައިރު، ޕައިލެޓުން މަސައްކަތް ކުރަނީ 192 ދުވަހު
- ޑިއުޓީގައި ޕައިލެޓުން މަސައްކަތް ކުރަނީ މަހަކު 200 ގަޑިއިރު (ޑިއުޓީގައި ތިބުމަކީ ބޯޓު ދުއްވުމެއް ނޫން)
- އަހަރެއްގެ ތެރޭގައި ޕައިލެޓުން ބޯޓު ދުއްވާނީ 200 ގަޑިއިރު
- މޯލްޑިވިއަންގައި 150 ޕައިލެޓުން މަސައްކަތް ކުރޭ
އަމީން ވިދާޅުވީ މިދިޔަ ޖުލައި 1 ގެ ކުރިން ޕައިލެޓުންނަށް ފަސް ދުވަހާއި ހަ ގަޑިއިރު މަސައްކަތްކޮށްފައި 36 ގަޑިއިރު އަރާމު ކުރަން ދޭނެ ކަމަށެވެ. އެކަމަކު ޖުލައި 1 އިން ފެށިގެން ހަތް ދުވަސް މަސައްކަތްކޮށްފައި 48 ގަޑިއިރު އަރާމު ކުރަން މިހާރު ލިބޭނެ ކަމަށް އަމީން ވިދާޅުވި އެވެ. މިއީ ހުރިހާ ގައުމުތަކެއްގެ ޕައިލެޓުން ވެސް މަސައްކަތް ކުރަމުން އަންނަ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ކޮންމެ ތަނެއްގައި ބަޔަކު މަސައްކަތް ކުރި ނަމަވެސް، ހިތްހަމަނުޖެހޭ ކަންތައްތަކާއި ބޭނުންވާ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އަދި ބައެއް ޕައިލެޓުންގެ ޝަކުވާތައް ހުރި ނަމަ، އެމީހުންނަށް ދިމާވާ މައްސަލަތައް ހައްލު ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. އެގޮތުން ބައެއް ޕައިލެޓުން ހަ ދުވަސް މަސައްކަތްކޮށްފައި، ދެ ދުވަސް އަރާމް ކުރަން ލިބޭ ގޮތަށް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕަބްލިކް ސޭފްޓީގެ ކޮންސާން ވާ ގޮތަށް ބުރައެއް ޕައިލެޓުންނަށް ނުޖައްސާނަން. އެއީ އެއްވެސް ކަމަކަށް ކަންބޮޑުވާން ޖެހޭ ކަމެއް ނޫން،" އަމީން ވިދާޅުވި އެވެ.
މޯލްޑިވިއަަންގައި "150 ޕައިލެޓުންނަށް މިކަންތައް ބޮޑު ކަމަކަށް ވެގެނެއް ނޫޅޭ. ޕައިލެޓުންނަށް އުނދަގޫވާ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން."
އޭނާ ވިދާޅުވި ގޮތުގައި "ޕައިލެޓުން ވަރުބަލިވެ، ރައްކާތެރިކަމަށް ދިމާވާނެ އެއްވެސް މައްސަލައެއް ނޯންނާނެ" އެވެ.
އެކަމަކު އުސޫލުތަކުގެ ބޭރުން ޕައިލެޓުން އުޅޭ ނަމަ، އުސޫލުތަކުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ސިއްހީ ސަބަބުތަކަށްޓަކައި ބައެއް ޕައިލެޓުން ގޭގައި މަޑުކުރަން އަންގާފައިވާނެ ކަމަށެވެ.
އަމީން ވިދާޅުވީ ޕައިލެޓުންގެ ޝަކުވާތައް މީޑިއާއަށް ލީކްވި މައްސަލާގައި އެއްވެސް ޕައިލެޓަކާ މެދު ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ.
އައިއޭއެސްއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ޚިދުމަތް ދެނީ ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް ކަމަށް ބުނެ ދައްކަނީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ކުންފުނީގެ އަގު ވެއްޓޭ ކަހަލަ މައުލޫމާތު ފަތުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.
ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެހެނިހެން ގައުމުތަކުން މިހާރު އަމަލު ކުރަން ފަށާފައިވާ "ފެޓީގް ރިސްކް މެނޭޖްމަންޓް ސިސްޓަމް" ރާއްޖޭގައި ވެސް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ އޭރުން ވަރުބަލިކަމާ އެކު މަސައްކަތްކުރަން ޖެހުމުގެ ސަބަބުން އޮޕަރޭޝަންސް ދާއިރާ އަށް ދިވާމާ ގޮންޖެހުންތައް ހައްލުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ގްރެޖުއޭޝަން ބާއްވައިފި
ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނަށް ހުޅުވާލައިފި
ބޮޑު މެދުކެނޑުމަކަށް ފަހު އެމްއޭއޭގެ ތަމްރީނު ފަށައިފި
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި
މިހާ ބޮޑު ޝަރަފަކަށް އުއްމީދެއް ނުކުރަން: އަހުސަން
ޕައިލެޓުންގެ ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރަނީ
މޯލްޑިވިއަންގެ ސީ ޕްލޭނެއްގެ ކަނދު ނެއްޓިއްޖެ
ކޫއްޑޫ އެއާޕޯޓް މަރާމާތުކޮށް ދަތުރުތައް އަވަހަށް ފަށާނެ
ސިޔާސަތުތަކުގެ ހުރިހާ ގެއްލުމެއް ޕައިލެޓުންނަށް!
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ