Roadha Mihaaru
މޯލްޑިވިއަންގެ ސީ ޕްލޭނެއްގެ ކަނދު ނެއްޓިއްޖެ

މޯލްޑިވިއަންގެ ސީ ޕްލޭނެއް ފުރަން އުޅެނިކޮށް ކަނދު ނެއްޓިއްޖެ

16 ނޮވެމްބަރ 2017

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭނެއް ދ. ދޫރެސް ރިސޯޓުން ފުރަންވެގެން ދުއްވާފައި ދަނިކޮށް އޭގެ އެއް ކަނދު މިއަދު ނައްޓައިގެން ހިނގައްޖެ އެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ސީޕްލޭނެއް ދ. ދޫރެސް ރިސޯޓުން ފުރަންވެގެން ދުއްވާފައި ދަނިކޮށް އޭގެ އެއް ކަނދު މިއަދު ނައްޓައިގެން ހިނގައްޖެ އެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ބޯޓުގެ އެއް ކަނދު ނެއްޓުނީ ފުރަންވެގެން ދުއްވާފައި ދަނިކޮށް އެއްޗެއްގައި ޖެހިގެން ކަމަށެވެ. ކަނދު ނެއްޓުމުން ބޯޓު އެއްފަރާތަކަށް އަރިއަޅާލައި ކުރީކޮޅުން ބައެއް އަޑިއަށް ދިޔަ އެވެ.

"ބޯޓް ނެގުމުގެ މަސައްކަތް ކުރަމުން މިއަންނަނީ. އިތުރު ތަފްސީލް ލިބުމުން ހާމަކުރާނަން،" ހާރިސް ވިދާޅުވި އެވެ.

ދޫރެސްގެ މޫދަށް ފެތުނު، މޯލްޑިވިއަންގެ ބޯޓު ނެގުމަށް ފަހު ޑޮކާ ކައިރިކޮށްފައި.

ދޫރެސްގެ މޫދަށް ފެތުނު، މޯލްޑިވިއަންގެ ބޯޓު ނެގުމަށް ފަހު ޑޮކާ ކައިރިކޮށްފައި.

ބޯޓުގައި އެވަގުތު 15 މީހުން ތިއްބެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިފައިން މިހާރު އަންނަނީ އެ ހިސާބުގައި ހަރަކާތްތެރިވަމުންނެވެ.

ގަދަ ކޮޅިގަނޑުގެ ތެރޭގައި ހުޅުލެ އަށް ޖައްސަން އުޅެނިކޮށް މޯލްޑިވިއަންގެ ސީޕްލޭނެއް މިދިއަ އޮކްޓޯބަރުގައި ވަނީ ވެއްޓިފަ އެވެ. އެކަމަކު އެފަހަރު ވެސް އެއްވެސް މީހަކަށް މާ ބޮޑު ގެއްލުމެއް ނުލިބެ އެވެ.