04 އޮކްޓޯބަރ 2017
މޯލްޑިވިއަންގެ ސީޕްލޭނެއް ހުޅުލޭ ފަޅަށް ޖައްސަން އުޅެނިކޮށް ދެންމެ ވެއްޓިއްޖެ އެވެ.
މޯލްޑިވިއަންގެ ސީޕްލޭނެއް ހުޅުލޭ ފަޅަށް ޖައްސަން އުޅެނިކޮށް ދެންމެ ވެއްޓިއްޖެ އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ، ބޯޓު ވެއްޓުނީ ދެންމެ އައި ގަދަ ކޮޅިގަނޑުގެ ތެރޭގައި ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި ބޯޓުގެ އެެއް ފިޔަގަނޑު މޫދުގައި ޖެހި އަރިއަޅާލައިގެން ކަމަށެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޭންޑިންގަ ވީމަ އިރާދަކުރެއްވީތީ މާ ބޮޑު ގެއްލުމެއް މީހަކަށް ނުވެ ސަލާމަތްވި،" ހާރިސް ވިދާޅުވި އެވެ.
ނިޔާމަ ރިސޯޓުން ފުރައިގެން އައިސް ހުޅުލޭ ފަޅަށް ޖައްސަން އުޅުމުގެ ތެރޭގައި މި ހާދިސާ ހިނގިއިރު ބޯޓުގައި ތިބީ 18 މީހުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެއީ 15 ފަސިންޖަރުންނާއި ތިން ކްރޫންނެވެ. އޭގެ ތެރޭގައި ޓޫރިސްޓުން ވެސް ތިބި ކަމަށް ވެ އެވެ.
އާސަންދަ އިން ހިންގާ ހުޅުމާލޭ ހޮސްޕިޓަލުން ބުނީ ބޯޓުގެ، އުމުރުން 24 އަހަރުގެ ކްރޫއަކަށް ފަރުވާދެމުން އަންނަ ކަމަށެވެ.
މޯލްޑިވިއަންގެ ބޯޓު ހުޅުލޭ ފަޅަށް ދެންމެ ވެއްޓިފައި.
"ބޮޑު އަނިޔާއެއް ވެފައެއް ނުވޭ. ބޮޑު އިންޖަރީއެއް ވެފައެއް ނުވޭ. އަތަށް ތަދެއް އަރާފައި ވާތީ ހޮސްޕިޓަލަށް ގެނައީ،" އާސަންދަ އިން ބުންޏެވެ.
ބޯޓު ނެގުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ކުރަމުންނެވެ.
ހާރިސް ވިދާޅުވީ ފަސިންޖަރުން ހުޅުލޭ އައިލެންޑް ހޮޓަލަށް ގެންގޮސްފައިވާއިރު ހުރިހާ ސާމާނެއް ވެސް މިހާރު ނަގާފައިވާ ކަމަށެވެ.
މީގެ ދެ ތިން އަހަރު ކުރިން ޅ. އަތޮޅުގެ ރިސޯޓަކަށް ޖައްސަން އުޅުމުގެ ތެރޭގައި ޓީއެމްއޭގެ ބޯޓެއް ވެސް ވަނީ ވެއްޓިފަ އެވެ. އެ ހާދިސާގައި ވެސް މީހަކަށް އަނިޔާއެއް ނުވެ ސަލާމަތް ވި އެވެ.
ވެއްޓުނު ބޯޓް ނަގައިފި
މޯލްޑިވިއަންގެ ހަތް ޕައިލެޓަކު ވަޒީފާއިން ވަކިވެއްޖެ
މޯލްޑިވިއަންގެ ހަތް ވަނަ ސީޕްލޭން މިރޭ ރާއްޖެ އަންނާނެ
ސީޕްލޭން ހިންގަން އެމްއޭސީއެލްއާ އެކު އާ ކުންފުންޏެއް
ސީޕްލޭން ކްރޫއިންނަށް އަވަގުރާނަ ގޮވުމުން ޕޮލިހަށް
ފްލައިދުބާއީއާއެކު، ގަން-ކޫއްޑޫ ދަތުރުތައް އިތުރުކުރަނީ
އައިއޭއެސް އިން ސިންގަލް ޔޫސް ޕްލާސްޓިކް ހުއްޓާލަނީ
ފްލައިޓްގެ ދަތުރުވެރިން: ކެތްތެރިކަމާއި ބިރުވެރިކަމުގަ
އިމަޖެންސީގައި ޖެއްސި ފްލައިޓުގެ ކްރޫއަށް ތައުރީފު
އުންމީދަކީ އަގުހެޔޮ ޓިކެޓް އެންމެނަށްލިބުން: އައިއޭއެސް