02 ޖެނުއަރީ 2025
މޯލްޑިވިއަން އެއާލައިނަށް ގެންނަ ބޮޑު ބޯޓު ދައްކާލަން އަންނަ ހޯމަ ދުވަހު ބާއްވާ އެއާ ޝޯގައި ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީއަށް ހާއްސަ މުބާރާތެއް އިއުލާނުކޮށްފި އެވެ.
މޯލްޑިވިއަން އެއާލައިނަށް ގެންނަ ބޮޑު ބޯޓު ދައްކާލަން އަންނަ ހޯމަ ދުވަހު ބާއްވާ އެއާ ޝޯގައި ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީއަށް ހާއްސަ މުބާރާތެއް އިއުލާނުކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނީ އެ އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 އަށް މަރުހަބާ ކިޔައި އެ ކާމިޔާބީގައި ބައިވެރިވުމަށް އަންނަ ހޯމަ ދުވަހު މާލެ އާއި ހުޅުމާލޭގައި ބާއްވާ އެއާ ޝޯގެ މަންޒަރުތައް ފޮޓޯނަގައިގެން އަދި ވީޑިއޯކޮށްގެން އެ މުބާރާތުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އެ މުބާރާތުގައި ބައިވެރިވުމަށް ޕްރޮފެޝަނަލް ފޮޓޯ ނުވަތަ ވީޑިއޯގްރަފަރަކަށް ވާން ނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.
އެ މުބާރާތުގައި ބައިވެރިވެވޭނީ އެއާ ޝޯގެ ވީޑިއޯ އާއި ފޮޓޯ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ އެކްސްގައި ޕޯސްޓުކޮށްގެންނެވެ. ފޮޓޯ ނުވަތަ ވީޑިއޯ ޕޯސްޓުކުރަން ވާނީ MaldivianAeroAirshow# ހޭޝްޓެގާ އެކު މޯލްޑިވިއަންގެ ސޯޝަލްމީޑިއާ އެކައުންޓު ޓެގުކޮށްފަ އެވެ. އަދި ފޮޓޯ އާއި ވީޑިއޯ ޕޯސްޓުކުރާއިރު، އެކައުންޓު ޕަބްލިކު ކުރަން ޖެހޭނެ އެވެ.
މި މުބާރާތުގެ އެއް ވަނަ އަށް ދާ ފަރާތަކަށް ދެ މީހެއްގެ އެއާ ޓްރާންސްފާއާ އެކު ފައިވް ސްޓާ ރިސޯޓަކުން ދެ ރޭ ހުރުމުގެ ފުރުސަތާއި އެއާބަސް އޭ330-200 އެއާކްރާފްޓް މޮޑެލްއެއް ލިބޭނެ އެވެ. ދެ ވަނައަށް ދާ ފަރާތަކަށް އިންޑިއާގެ ޓްރެވިންޑްރަމް ނުވަތަ ކޮޗިންއަށް ދެ މީހެއްގެ ރިޓާން ޓިކެޓާއި އެއާބަސް އޭ330-200 އެއާކްރާފްޓް މޮޑެލްއެއް ލިބޭނެ އެވެ. ތިން ވަނަ އަށް ދާ ފަރާތަކަށް ބޭނުން ޑޮމެސްޓިކް ޑެސްޓިނޭޝަނަކަށް ދެ މީހެއްގެ ރިޓާން ޓިކެޓާއި އެއާބަސް އޭ330-200 އެއާކްރާފްޓް މޮޑެލްއެއް ލިބޭނެ އެވެ.
މޯލްޑިވިއަންއިން އެއާ ޝޯ ބާއްވަނީ ހޯމަ ދުވަހުގެ ހަވީރު 5:00-5:30 އަށެވެ. އެއީ މާލޭގެ އުސްފަސްގަނޑުގެ އިތުރުން، ހުޅުމާލެ 1 އަދި 2 ގެ އިރުމަތީ ފަރާތު އަތިރިމަތީގަ އެވެ.
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފި
ވައިޑް ބޮޑީގެ ދެވަނަ ބޯޓުގެ ދަތުރުތައް އޮކްޓޫބަރުގައި
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ
އޭވިއޭޝަން އެކަޑަމީގެ ފުރަތަމަ ގްރެޖުއޭޝަން ބާއްވައިފި
ފުރަތަމަ ޕައިލެޓްގެ އިންޖީނަކީ ހިތްވަރާއި އަހުލާގު
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި
މޯލްޑިވިއަންގެ އާ ބޯޓުތައް އަންނަ މަހު ރާއްޖެ ގެންނަނީ
ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނަށް ހުޅުވާލައިފި
ބޮޑު މެދުކެނޑުމަކަށް ފަހު އެމްއޭއޭގެ ތަމްރީނު ފަށައިފި