Roadha Mihaaru
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފި

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ގެނެސްފި

06 ޖެނުއަރީ 2025

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު މިއަދު ރާއްޖެ ގެެނެސްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު މިއަދު ރާއްޖެ ގެެނެސްފި އެވެ.

ވައިޑް-ބޮޑީ އެއާކްރާފްޓު ގެނެސް، މޯލްޑިވިއަން އެއާލައިންގެ ހިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މޯލްޑިިވިއަން އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ސިންގަޕޫރުން މާލެ ގެނައި އިރު، އެ ދުއްވަން ތިބީ މުޅިން ވެސް ދިވެހި ޕައިލެޓުންނެވެ. އެއީ ކެޕްޓަން ހުނައިނާއި ކެޕްޓަން މައުމޫނެވެ. އަދި އެ ބޯޓުގެ ފަސްޓް އޮފިސަރެއްގެ ގޮތުގައި ހުންނެވީ އޭވިއޭޝަން ދާއިރާގައި 21 އަހަރުގެ ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ތޮއްލަތު އަންވަރެވެ. އޭނާ މިވަގުތު މަސައްކަތް ކުރައްވަނީ ގަތަރު އެއާލައިންގަ އެވެ. އިންޖިނިއަރަކަށް ވެސް ހުރީ ދިވެއްސެއް ކަމަށްވާ އަހުމަދު ޝިއުޒެވެ. ކްރޫއިންގެ ގޮތުގައި ވެސް ހަރަކާތްތެރިވީ ދިވެހިންނެވެ.

މޯލްޑިވިއަން އެއާލައިނަށް ގެނައި ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހަވީރު ޖައްސަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މޯލްޑިވިއަން އެއާލައިނަށް ގެނައި ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހަވީރު ޖައްސަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހަވީރު އެ އެއާކްރާފްޓު ޖެއްސުމުގެ ކުރިން ވަނީ އެއާ ޝޯއެއް ވެސް ބާއްވައިފަ އެވެ. އެ ހަރަކާތުގައި މޯލްޑިވިއަންގެ އެއާބަސް އޭ330 ބޯޓާއި މޯލްޑިވިއަންގެ އޭޓީއާރް ހަތަރު ބޯޓާ އެކު މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ދަތުރުކުރި އެވެ.

މޯލްޑިވިއަންގެ އެއާ ޝޯގައި އެ އެއާލައިންގެ ދެ ސީޕްލޭނެއް އުދުހެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މޯލްޑިވިއަންގެ އެއާ ޝޯގައި އެ އެއާލައިންގެ ދެ ސީޕްލޭނެއް އުދުހެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެއާބަސް އޭ 330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރެވޭނެ އެވެ. ދިގު ދަތުރުތައް ކުރުމުގެ ގާބިލްކަން ހުރި އެ ބޯޓުގައި ޓްރާންސިޓު ނުކޮށް، ދަތުރު ކުރެވޭނެ އެވެ. އެ ބޯޓުން 10 ޓަނުގެ ކާގޯ އުފުލޭނެ އެވެ.

އެއާބަސް އޭ 330 ބޯޓާ އެކު، ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ކުރާނެ އެވެ. އެއީ ބެއިންޖިން އާއި ޝެންހާއީ އާއި ޗެންގްޑޫ އެވެ.

މޯލްޑިވިއަން އެއާޕައިންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާ އެކު، ވޯޓަ ސެލިއުޓެއް ދެނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މޯލްޑިވިއަން އެއާޕައިންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމާ އެކު، ވޯޓަ ސެލިއުޓެއް ދެނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 24 ބޯޓު އެބައޮތެވެ. އެއީ، އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ އަށް ބޯޓާއި އޭޓީއާރުގެ ހަތަރު ބޯޓާއި ސީ ޕްލޭންގެ 11 އޭޓީއާރްގެ ހަތަރު ބޯޓާއި ޑޭޝް ޓުވިން އޮޓާގެ 11 ބޯޓެވެ. މި ވަގުތު ބޭރު ދަތުރުތައް ކުރުމަށް ބޭނުންކުރަނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.

މޯލްޑިވިއަން އެއާޕައިންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހަވީރު ޖައްސަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މޯލްޑިވިއަން އެއާޕައިންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހަވީރު ޖައްސަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މޯލްޑިވިއަން ގެ ހިދުމަތް 2000 ވަނަ އަހަރު ފެށީ ޑޯނިއާ 228 އާއި ޑޭޝް-8 މަރުކާގެ ދެ ބޯޓާ އެކު އެވެ. މިއަދު މޯލްޑިވިއަނަށް ގެންނަ އެއާބަސް އޭ330 ބޯޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެ އެވެ. އެއާލައިނުން އަންނަނީ 29 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. ވޭތުވެދިޔަ އަހަރު ތެރޭ އެ އެއާލައިނުން ވަނީ 50،000 ފްލައިޓް އޮޕަރޭޓްކޮށް އެއް މިލިއަން ފަސިންޖަރުން އުފުލާފަ އެވެ.