31 ޖުލައި 2019
ބޮޑެތި ސައިޒުގެ ދެ މަތިންދާބޯޓު، ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ގެނެސް ހިދުމަތަށް ނެރެެން މަސައްކަތް ކުރަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މިއަދު ބުނެފި އެވެ،
ބޮޑެތި ސައިޒުގެ ދެ މަތިންދާބޯޓު، ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ގެނެސް ހިދުމަތަށް ނެރެެން މަސައްކަތް ކުރަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މިއަދު ބުނެފި އެވެ،
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިއޭއެސް އިން ބުނީ، އެ ކުންފުނިން ގެންނީ އެއާބަސް އޭ 330 މަރުކާގެ ދެ ބޯޓު ކަމަށެވެ. ވައިޑް ބޮޑީ ހުންނަ އެ މަރުކާގެ ދެ ބޯޓު ގެނައުމަށް ފަހު، މޯލްޑިވިއަންގެ ދަތުރުތައް އާ މަންޒިލްތަކަށް ފަށަން ހަމަޖެހިފައިވާ ކަަމަށް ވެސް އައިއޭއެސް އިން ބުންޏެވެ.
މޯލްޑިވިއަން އިން މިހާރު އޮޕަރޭޓް ކުރަނީ ޑޭޝް8-200 މަރުކާގެ ދެ ބޯޓާއި ޑޭޝް8-300 މަރުކާގެ އަށް ބޯޓާއި އެއާބަސް އޭ 320 މަރުކާގެ އެއް ބޯޓާއި އެއާބަސް އޭ 321 މަރުކާގެ އެއް ބޯޓް އަދި ޑީއެޗްސީ ޓްވިން އޮޓާގެ 11 ބޯޓެވެ.
އައިލެންޑް އޭވިއޭޝަނުން ކުރިން ވަނީ އަށް މަތިންދާބޯޓަކަށް ފައިސާ ދައްކައިފަ އެވެ. އޭގެ ތެރޭގައި، މިހާރު އޮޕަރޭޓް ކުރަން ތައްޔާރުވަމުން އަންނަ އޭ 330 މަރުކާގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ބޯޓުތައް ގެންނާނެ އިރެއް އެ ކުންފުންޏަކުން އަދިއެއް ނުބުނެ އެވެ.
ޓިކެޓް އަގަށް އަންނާނީ އުފާވާ ކަހަލަ ބަދަލެއް: އައިޝާ
މޯލްޑިވިއަންގެ އިތުރު ދެ ސީ ޕްލޭން ގެންނަނީ
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ
އެއާބަސް އާއި ބޮއިންއާ ވާދައަށް ޗައިނާގެ ކޮމެކް
ފުރަތަމަ ޕައިލެޓްގެ އިންޖީނަކީ ހިތްވަރާއި އަހުލާގު
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި
މޯލްޑިވިއަންގެ އާ ބޯޓުތައް އަންނަ މަހު ރާއްޖެ ގެންނަނީ
ނައުފަލް: ބޮއިންގެ ބޮޑެތި ބޯޓުތަކުގެ އިންޖީނިއަރު!
މޯލްޑިވިއަންގެ އޭވިއޭޝަން އެކަޑެމީ ހުޅުވައިފި
ފްލައިޓެއް ޖައްސަނިކޮށް ލޭޒާ އެޅުވި މައްސަލައެއް ބަލަނީ