20 ސެޕްޓެމްބަރ 2018
ދުނިޔޭގެ އެންމެ ބޮޑު ބޯޓު، އެއާބަސް އޭ380، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއާ ކައިރިވުމާ އެކު، ބޯޓު ޖެއްސުމުގެ ހުރިހާ އިޚުތިޔާރެއް އިނގިރޭސި ޕައިލެޓް ދެއްވީ އޭނާގެ ކަނާތް ފަރާތުގައި އިންނެވި ކޯ ޕައިލެޓް އުމުރުން 35 އަހަރުގެ އަލީ އަހުސަންގެ އަތަށެވެ. އެކަމަކު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚީ ސަފުހާއަކުން އޭނާ އެ ހޯއްދެވީ އޭގެ ކުރިން ހުވަފެނުން ވެސް ދެކެވަޑައިގެންނެވި ކަމެއް ނޫނެވެ.
ދުނިޔޭގެ އެންމެ ބޮޑު ބޯޓު، އެއާބަސް އޭ380، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭއާ ކައިރިވުމާ އެކު، ބޯޓު ޖެއްސުމުގެ ހުރިހާ އިޚުތިޔާރެއް އިނގިރޭސި ޕައިލެޓް ދެއްވީ އޭނާގެ ކަނާތް ފަރާތުގައި އިންނެވި ކޯ ޕައިލެޓް އުމުރުން 35 އަހަރުގެ އަލީ އަހުސަންގެ އަތަށެވެ. އެކަމަކު ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚީ ސަފުހާއަކުން އޭނާ އެ ހޯއްދެވީ އޭގެ ކުރިން ހުވަފެނުން ވެސް ދެކެވަޑައިގެންނެވި ކަމެއް ނޫނެވެ.
"މިހާ ބޮޑު ޝަރަފެއް ލިބޭނެ ކަމަށް އުންމީދު ވެސް ނުކުރަން،" އަހުސަން ވިދާޅުވި އެވެ.
ރައީސް ޔާމީން، ޕައިލެޓް އަހުސަނާ ސަލާމް ކުރައްވަނީ. - ފޮޓޯ: ރައީސް އޮފީސް
"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަހުސަން ވިދާޅުވީ އޭނާއަށް މި މަހު 18 ވަނަ ދުވަސް ތާރީޚީ ދުވަހަކަށް ވީ އާ ރަންވޭ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި، ފުރަތަމަ ބޯޓު ޖެއްސުމުގެ ޝަރަފު ލިބިވަޑައިގަތުމުން އެކަނި ނޫން ކަމަށެވެ: ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގެ ފެންވަރާ މެދު ވެސް އޭނާ ހިތްހަމަޖެހިވަޑައިގަނެ އެވެ.
ވިޔަފާރިވެރިޔާ މ. ޝޭޑީކެބިން، މުހައްމަދު ތައުފީގާއި މަރިޔަމް ނަޝީދާގެ ދަރިކަލުން އަހުސަނަކީ އެއާބަސް އޭ380 ދުއްވުމުގެ ލައިސަންސް އޮތް ދިވެހި އެއް ޕައިލެޓެވެ. އިއްތިހާދު އެއާވޭސްގައި އޭނާ މަސައްކަތް ކުރައްވަމުން އަންނަތާ މިހާރު ފަސް އަހަރު ވީ އެވެ.
އަބޫ ދާބީގައި ދިރިއުޅުއްވާ އަހުސަން އޭޝިއާ އާއި ޔޫރަޕްގެ ގިނަ ގައުމުތަކަކާއި އެމެރިކާ އާއި އޮސްޓްރޭލިއާ އަށް ވެސް ދަތުރުކުރައްވަ އެވެ. އޭނާ ވިދާޅުވީ ވީއައިއޭގެ އާ ރަންވޭއަކީ ސަރަހައްދުގައި ވެސް އޮތް އެންމެ ފެންވަރު ރަނގަޅު ރަންވޭ ކަމަށެވެ.
"މަތިންދާ ބޯޓު ރަންވޭގައި ޖެއްސުނީމަ ވަރަށް އުފާވި. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މުސްތަގުބަލް ހަގީގަތުގައި ވެސް ވަރަށް އުޖާލާކޮށް ފެންނަނީ،" ފޯނުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.
ޕައިލެޓް އަހުސަން، ބޯޓުން ފައިބައިވަޑައިގެން އެމްއޭސީއެލްގެ މުވައްޒަފެއްގެ ގައިގައި ބައްދާލައްވަނީ. - ފޮޓޯ: ރައީސް އޮފީސް
ޕައިލެޓެއްގެ ގޮތުން އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރައްވަން ފެއްޓެވީ 2006 ގައި އައިލެންޑް އޭވިއޭޝަންގަ އެވެ. އޭގެ ފަހުން އެއާ މަކާއޯގައި ހަ އަހަރު ހޭދަކުރެއްވި އެވެ. ދެން ގުޅިވަޑައިގަތީ އިއްތިހާދު އެއާލައިންސްއާ އެވެ.
އެކަމަކު މިހާ ބޮޑު ޝަރަފެއް ލިބޭނެ ކަމަށް އުންމީދެއް ވެސް ނުކުރަން --އަހުސަން
ވީއައިއޭގެ އާ ރަންވޭ އަށް އޭ380 ގެ މަތިންދާބޯޓު ޖެއްސީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކާ ހިލާފަށް ކަމަށް ބައެއް މީހުން ގަބޫލުކުރި އެވެ. އަދި މުޅިން ނުނިމޭ ތަނެއް ކަމަށް ބުނެ، އެފަދަ ކަމެއް ކުރުމުގެ ނުރައްކާތެރިކަން ބޮޑު ކަމަށް ވެސް އެ މީހުން ބުނަމުން ދިޔަ އެވެ.
އެކަމަކު އަހުސަން ވިދާޅުވީ އާ ރަންވޭ އަށް މަތިންދާ ބޯޓު ޖެއްސުމުގައި ތަފާތު އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި ރަންވޭތަކަށް އާންމުކޮށް މަތިންދާ ބޯޓު ޖައްސާ ބީދައިން އާ ރަންވޭ އަށް ވެސް ފަސޭހަކަމާ އެކު ޖެއްސުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން ރަންވޭއާ ގުޅޭ ގޮތުން ދައްކާފައި ހުރީ ހަގީގަތާ ހިލާފު ވާހަކަތަކެވެ.
އަހުސަން ވިދާޅުވި ގޮތުގައި އެއާޕޯޓަށް އަންނަ ތަރައްގީއާ އެކު، ދިވެހިންނަށް އިތުރު ފުރުސަތުތައް ލިބޭނެ އެވެ. އަދި ގަދައަޅައި މަސައްކަތްކޮށްފި ނަމަ އޭ380 ދުއްވުމުގެ އުފާ ވެސް ހާސިލްކުރެވޭނެ ކަމަށް، ދިވެހި ޕައިލެޓުންނަށް އިޝާރަތްކުރައްވައި، ވިދާޅުވި އެވެ.
ވީއައިއޭގެ އާ ރަންވޭގެ ފުރަތަމަ ޓެސްޓް ފްލައިޓުން ފުރުސަތު ލިބުނީ، އަހުސަން ބުނި ގޮތުގައި، އިއްތިހާދު އެއާވޭސްގެ ޕޮލިސީތަކުގެ ދަށުންނެވެ. ވައިގެ ދަތުރުފަތުރާ ގުޅުން ހުރި ހަފުލާއެއް އެއްވެސް ގައުމެއްގައި ބާއްވާ ނަމަ، އިއްތިހާދު އެއާވޭސް އިން އިސްކަންދެނީ އެ ގައުމަކަށް ނިސްބަތްވާ ކްރޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާލައިންތަކަށް ރާއްޖެއަކީ ޕްރިމިއަމް މަންޒިލެއް. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް،" އަހުސަން ވިދާޅުވި އެވެ.
އަލީ އަހުސަނާއި އޭނާގެ އާއިލާގެ މެމްބަރުން، ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއެކުގައި. - ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ އެންމެ ބޮޑު ބޯޓު، އެއާބަސް އޭ380، ވެލާނާ އެއާޕޯޓުގައި ޖެއްސި ތަން ބަލަން ހުޅުލެއަށް ގޮސް ތިބި މީހުންގެ ތެރޭގައި އަހުސަންގެ އާއިލާ ހިމެނެ އެވެ. އަހުސަންގެ އެއްބަނޑު އެއްބަފާ އިތުރު ތިން ޕައިލެޓުން ތިބެ އެވެ. އޭގެ އިތުރުން އެ އާއިލާ އަށް ނިސްބަތްވާ ޕައިލެޓުންގެ އަދަދު 16 އަށް އަރަ އެވެ.
އަހުސަން ވިދާޅުވި ގޮތުގައި މަތިންދާ ބޯޓު ރަންވޭގައި ޖެއްސުމަށް ފަހު، ކޮކްޕިޓުން ބޭރަށް ދިވެހި ދިދަ ނެރެ ހޫރުވަމުން ގެންދެވި އިރު އެއީ ދުވަހަކު ވެސް ދެކެވަޑައިގަންނެވި ހުވަފެނެއް ނޫނެވެ. އެއީ ބޮޑު ޝަރަފަކާއި ފަހުރެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީނާއި އިއްތިހާދު އެއާވޭސްގެ ޕައިލެޓުން ފޮޓޯއަކަށް ހުއްޓިވަޑައިގެން. - ފޮޓޯ: ރައީސް އޮފީސް
އޭނާ ވިދާޅުވި ގޮތުގައި، މި މަސައްކަތުގައި ދެމިހުންނެވެނީ އަނބިކަނބަލުން އައިމިނަތު އަޒްނާ ވަހީދުގެ ހިތްވަރުންނެވެ. އެހެންވެ އަޒްނާ އަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ. އަޒްނާ އާއި އަހުސަނަށް ފިރިހެން ދެ ބޭފުޅުންނާއި އަންހެން ބޭފުޅަކު ވަނީ ލިބިވަޑައިގެންފަ އެވެ.
"މާތް ﷲ އަށް ޝުކުރު އަދާކުރުމަށް ފަހު، ދެން އެންމެ ބޮޑު ޝުކުރެއް ހައްގީ އަޅުގަނޑުގެ އަނބިމީހާއަށް. އަޅުގަނޑަށް ދިމާވި ރަނގަޅު ކަންކަމާއި ރަނގަޅު ނޫން ކަންކަމާ އެކުއެކީގައި، މިކަމުގެ ފަހަތުގައި އަޅުގަނޑުގެ އަނބިމީހާ ހުރީމަ،" އަހުސަން ވިދާޅުވި އެވެ.
އޭ380ގެ ދަތުރު
އަހުސަންގެ ދަތުރުން މަންމަ އާއި ބައްޕަގެ ލޮލުން ކަރުނަ
މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު ރާއްޖެ ގެނެސްފި
އާ ރަންވޭ ހުޅުވަން ދަތުރުތައް މެދުކަނޑާލަނީ
އާ ރަންވޭ ބޭނުންކުރަން ފަށަނީ އަންނަ މަހުގެ 6 ގައި
އާ ރަންވޭގެ މުހިންމު އާލާތެއް ބޭނުންކުރެވޭ ހާލަތަށް
ރިފްރެޝާ ކޯސް ނިންމި ދަރިވަރުންނަށް ލޯނަށް ހުޅުވާލައިފި
ބޮޑު މެދުކެނޑުމަކަށް ފަހު އެމްއޭއޭގެ ތަމްރީނު ފަށައިފި
ފަސް ދުވަހުގެ ތެރޭ 83 ޕްރައިވެޓް ޖެޓް ޖައްސައިފި
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި
އަހުސަން އޭ380 ދުއްވި މަންޒަރު ކޮކްޕިޓް ތެރެއިން