30 ސެޕްޓެމްބަރ 2022
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވުމަށް، އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގްވާމީ ފްލައިޓްތަކުގެ ދަތުރުތައް 8 ގަޑިއިރަށް މެދުކަނޑާލާނެ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ރަންވޭ އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވުމަށް، އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގްވާމީ ފްލައިޓްތަކުގެ ދަތުރުތައް 8 ގަޑިއިރަށް މެދުކަނޑާލާނެ ކަމަށް އެމްއޭސީއެލުން މިއަދު ބުނެފި އެވެ.
ކޯޕަރޭޓް އެފެއާޒް، ޖެނެރަލް މެނޭޖަރު ހަސަން އަރީފް "މިހާރު" އަށް ވިދާޅުވީ، އާ ރަންވޭ ހުޅުވުމަށް އަންނަ ބުދަ ދުވަހުގެ ރޭ 11 ޖަހާއިރު އެ އެއާޕޯޓްގެ ހުރިހާ މޫވްމަންޓެއް ހުއްޓާލާނެ ކަމަށެވެ.
"އޭގެ ފަހުން ރަންވޭ ހުޅުވާނީ ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ހެދުނު ހަތެއް ޖަހާއިރު. ބުދަ ދުވަހުގެ ރޭގެ 11 އިން ބުރާސްފަތި ދުވަހުގެ ހެނދުނު ހަތެއް ޖަހަންދެން ރަންވޭ އެއްކޮށް ބަންދު ވާނެ. ބޭނުމަކީ ދެ ރަންވޭ ސުވިޗު ކުރުމަށްޓަކައި އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ނިންމައިލުން،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ރަންވޭ ބަންދުކުރާކަން އެއާލައިންތަކަށް މިހާރު ވާނީ އަންގައިފަ އެވެ.
އަންނަ ބުރާސްފަތީގައި އާ ރަންވޭ ބޭނުންކުރަން ފެށުމުގެ އިތުރުން، ހަމަ އެ ދުވަހު އެ އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލް ވެސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވެ އެވެ.
ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލްގެ ލޮބީ: އަންނަ ބުރާސްފަތީގެ އެ ޓާމިނަލް ރަސްމީކޮށް ހުޅުވަން ނިންމާފައިވޭ --ފޮޓޯ: ނިޝާން އަލީ | މިހާރު
އެމްއޭސީއެލުން ބުނިގޮތުގައި އާ ރަންވޭ ބޭނުންކުރަން ފެށުން ލަސްވީ ސީޕްލޭން ޓާމިނަލް ބަދަލުކުރުމުގެ މަސައްކަތް ކުރާތީ އެވެ. ވެލާނާ އެއާޕޯޓްގައި ހެދި އާ ސީޕްލޭން ޓާމިނަލް "ނޫވިލު" މިދިޔަ ޖުލައި މަހު ވަނީ ބޭނުންކުރަން ފަށައިފަ އެވެ.
އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެ ރަންވޭ އަށް އެންމެ ބޮޑެތި ބޯޓު، އޭ380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ.
އާ ރަންވޭއާ އެކު މިހާރު ބޭނުންކުރާ ރަންވޭ ދެން ބޭނުންކުރާނީ ޓެކްސީވޭ އަކަށެވެ.
އާ ރަންވޭ ބޭނުންކުރަން ފަށަނީ އަންނަ މަހުގެ 6 ގައި
އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހަދާނަން: ރައީސް
އާ ރަންވޭއަށް ފުރަތަމަ ބޯޓު ޖައްސައިފި
އެއާ އިންޑިއާގެ ބޯޓު ފުރުމުގެ ހުއްދަ އަދިވެސް ނުދޭ
އާ ރަންވޭއަށް ޖެއްސި ބޯޓުގެ ޕައިލެޓުން ސަސްޕެންޑްކޮށްފި
ވެލާނާ އެއާޕޯޓުގެ އާ ރަންވޭ ދިއްލާލައިފި
އެއާޕޯޓުގެ ދެ ރަންވޭ ގުޅާލުމުގެ މަސައްކަތް ފަށައިފި
އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ފަށައިފި
އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ އިތުރުކޮށްފި
ހަގީގަތް އޮޅުވާނުލައި ހައްގު ކްރެޑިޓް ދީ!