Roadha Mihaaru
ވެލާނާ އެއާޕޯޓުގެ އާ ރަންވޭ ދިއްލާލައިފި

ވެލާނާ އެއާޕޯޓުގެ އާ ރަންވޭ ދިއްލާލައިފި

04 ސެޕްޓެމްބަރ 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭގައި ހަރުކުރި ލައިޓްތައް ޓެސްޓްކުރަން ދިއްލާލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭގައި ހަރުކުރި ލައިޓްތައް ޓެސްޓްކުރަން ދިއްލާލައިފި އެވެ.

އެ އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ރަންވޭގައި ހަރުކުރި ލައިޓްތައް ޓެސްކުރަން އިއްޔެ ރޭ ދިއްލާފައި ވަނީ ރޭގަނޑު ދަންވަރު އެއާޕޯޓް ބަންދުކޮށްފައިވާ ވަގުތުގައި ކަމަށެވެ. އަދި އެއީ ސަލާމަތީ ސަބަބުތަކާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއާބަސް އޭ 380 މަރުކާގެ ބޯޓު ވެސް ޖެއްސޭ ފެންވަރަށް ހަދާ ރަންވޭގެ ހުރިހާ މަސައްކަތެއް ނިންމީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭ ދިއްލާލާފައި. މި ރަންވޭއަށް ފުރަތަމަ ޓެސްޓް ފްލައިޓް މިމަހުގެ ތެރޭގައި ޖައްސާނެ. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭ ދިއްލާލާފައި. މި ރަންވޭއަށް ފުރަތަމަ ޓެސްޓް ފްލައިޓް މިމަހުގެ ތެރޭގައި ޖައްސާނެ. ފޮޓޯ: އެމްއޭސީއެލް

އެއާޕޯޓުގައި އަލަށް ހެދި ރަންވޭ އަށް ފުރަތަމަ ޓެސްޓް ފްލައިޓް މި މަހުގެ 20ގެ ކުރިން ޖެއްސުމަށް އެމްއޭސީއެލް އިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުންނަ، އެ ރަންވޭގެ ދެކުނު ކޮޅުގެ ފަހު ތާރު ފަށަލަ އެޅުމުގެ މަސައްކަތް މިދިޔަ ޖޫން މަހުގެ ފަހުކޮޅު ނިންމިއިރު، ރަންވޭގެ އުތުރު ކޮޅުގެ ފަހު ތާރު ފަށަލަ އަޅައި ނިންމީ މިދިޔަ ޖުލައި މަހުގެ މެދެއްހާ ހިސާބުގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭ ދިއްލާލާފައި. މި ރަންވޭއަށް ފުރަތަމަ ޓެސްޓް ފްލައިޓް މިމަހުގެ ތެރޭގައި ޖައްސާނެ. ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ރަންވޭ ދިއްލާލާފައި. މި ރަންވޭއަށް ފުރަތަމަ ޓެސްޓް ފްލައިޓް މިމަހުގެ ތެރޭގައި ޖައްސާނެ. ފޮޓޯ: އެމްއޭސީއެލް

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.