19 ސެޕްޓެމްބަރ 2018
ޕަސިންޖަރުން އުފުލާ ދުނިޔޭގެ އެންމެ ބޮޑު ބޯޓު، އެއާބަސް އޭ380، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގައި ޖެއްސި ތަން ބަލަން ހުޅުލެއަށް ގޮސް ތިބި މީހުންގެ ތެރޭގައި ހުސް ޕައިލެޓުން ނިސްބަތްވާ އާއިލާއެއް ހިމެނުނެވެ. ބޯޓު ދުއްވަން އިން ޕައިލެޓް އަލީ އަހުސަން އެ އާއިލާއަށް ގެނެސްދެއްވީ އުފަލާއި ލޯތްބާއި ފަޚުރުގެ އިތުރުން ތާރީޚީ ސަފުހާއެކެވެ.
ޕަސިންޖަރުން އުފުލާ ދުނިޔޭގެ އެންމެ ބޮޑު ބޯޓު، އެއާބަސް އޭ380، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭގައި ޖެއްސި ތަން ބަލަން ހުޅުލެއަށް ގޮސް ތިބި މީހުންގެ ތެރޭގައި ހުސް ޕައިލެޓުން ނިސްބަތްވާ އާއިލާއެއް ހިމެނުނެވެ. ބޯޓު ދުއްވަން އިން ޕައިލެޓް އަލީ އަހުސަން އެ އާއިލާއަށް ގެނެސްދެއްވީ އުފަލާއި ލޯތްބާއި ފަޚުރުގެ އިތުރުން ތާރީޚީ ސަފުހާއެކެވެ.
ރާއްޖެއަށް ޖެއްސި ފުރަތަމަ އެއާބަސް އޭ380ގެ "ހުންގާނު" ހިފެހެއްޓެވި އަހުސަން އަކީ ވިޔަފާރިވެރިޔާ މ. ޝޭޑީކޭބިން، މުހައްމަދު ތައުފީގާއި މަރިޔަމް ނަޝީދާގެ ފަސް ވަނަ ދަރިފުޅެވެ.
ތައުފީގާއި ނަޝީދާގެ ލޮލުން ކަރުނަ ފޭދުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއާބަސް އޭ380 ދުއްވުމުގެ ލައިސަންސް އޮތް ދިވެހި ހަމައެކަނި ޕައިލެޓަކީ އަހުސަނެވެ. އެއަށް ވުރެ ބޮޑަށް އާއިލާ އިން އުފާވީ، ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚީ ސަފުހާއަކުން އޭނާ ޖާގަ ހޯއްދެވުމުންނެވެ.
ބޯޓު ޖެއްސުމަށް ފަހު އަހުސަން އާއްމުންނާ ސަލާމް ކުރައްވަނީ
އިއްތިހާދު އެއާވޭސްގައި މަސައްކަތްކުރައްވާ އަހުސަންގެ އެއްބަނޑު އެއްބަފާ އިތުރު ތިން ޕައިލެޓުން ތިބެ އެވެ. އޭގެ އިތުރުން އެ އާއިލާ އަށް ނިސްބަތްވާ ޕައިލެޓުންގެ އަދަދު 16 އަށް އަރަ އެވެ.
އާ ރަންވޭއަށް ފުރަތަމަ ބޯޓެއް ޖެއްސުމުގެ ޝަރަފް އަހުސަން ހޯއްދެވި އިރު، އެންމެ ކައިރިން އެ މަންޒަރު ބަލަން ތިބީ އޭނާގެ އާއިލާއިންނެވެ. ބޯޓުގެ ކޮކްޕިޓުން ބޭރަށް ދިވެހި ދިދަ ނެރެ ހޫރުވަމުން ގެންދެވި އިރު އެ މަންޒަރު ފެނިވަޑައިގެން އޭނާގެ މައިންބަފައިންގެ ލޮލުން ކަރުނަ އަ އެވެ.
"އެ ވަގުތު ކުރެވުނު އިހުސާސް އަޅުގަނޑަށް ބުނެދޭކަށް ވެސް ނޭނގޭ. ދުވަހަކު ވެސް ހިއެއް ނުކުރަން މިވަރުގެ ޝަރަފެއް އަޅުގަނޑުމެންނަށް ލިބޭނެ ކަމަކަށް،" އަހުސަންގެ މަންމަ ނަޝީދާ، "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.
މިހާރު ސްރީ ލަންކާގައި ދިރިއުޅެމުން އަންނަ އާއިލާ މާލެ އައީ އަހުސަން ދުއްވެވި ބޯޓު އާ ރަންވޭ އަށް ޖައްސާ މަންޒަރު ދެކިލާށެވެ. މީގެ ތިން އަހަރު ކުރިން ޖެހިވަޑައިގެންނެވި ސްޓްރޯކެއްގެ ސަބަބުން ތައުފީގު އިންނަވަނީ ފުރޮޅު ލީ ގޮނޑީގަ އެވެ. އެކަމަކު ލަންކާއިން ރާއްޖެ އަށް ދަތުުރުކުރައްވައި، ދަރިކަލުންގެ ޝަރަފުގައި ބައިވެރިވެވަޑައިގަތެވެ.
އަހުސަންގެ އާއިލާ: މިއީ އެ އާއިލާއަށް ލިބުނު ބޮޑު ޝަރަފެއް
ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނާ އެކު، އަހުސަން ވަޑައިގެން އޭނާގެ މައިންބަފައިންނާ ސަލާމް ކުރެއްވި އިރު އެ ދެމަފިރިންގެ ލޯ ވަނީ ކަރުނުން ފުރިފަ އެވެ.
ކުދިންނާއި އަނބިކަނބަލުންނާ އެކު، ޔޫއޭއީގައި ދިރިއުޅުއްވާތީ އަހުސަނަކަށް އޭނާގެ މައިންބަފައިންނާ އެހާ ގިނައިން ދިމާވާ ގޮތެއް ނުވެ އެވެ. ގިނަވެގެން އަހަރަކު ދެ ފަހަރު އާއިލާ ކައިރި އަށް އަހުސަން ވަޑައިގަންނަވާއިރު އެންމެ ފަހުން ދިމާވީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. އެކަމަކު، އާ ރަންވޭ އަށް ޖައްސާ އެންމެ ފުރަތަމަ ބޯޓުގައި އޭނާ ރާއްޖެ ވަޑައިގަންނަވާ ހަބަރު އާއިލާ އަށް ދެއްވީ ވެސް އަހުސަން އަމިއްލައަށެވެ.
"އަހުސަނަށް އެ ފުރުސަތު ލިބުނުތަނާ އަޅުގަނޑުމެން ނިންމައިފިން ޓިކެޓް ނަގައިގެން މިކޮޅަށް އަންނަން. އެ މަންޒަރު ދެކެން އަޅުގަނޑުމެން ވަރަށް ބޭނުންވި،" ނަޝީދާ ވިދާޅުވި އެވެ.
ނަޝީދާ އާއި ތައުފީގުގެ ހުރިހާ ފިރިހެން ބޭފުޅުންނަކީ ވެސް ޕައިލެޓުންނެވެ. އެންމެ ދޮށީ އަހުމަދު ޝާމިން މަސައްކަތް ކުރައްވަނީ ފްލައި މީގަ އެވެ. ދެން ތިބި ކުދިން ވެސް އެކި އެއާލައިންތަކުގައި މަސައްކަތް ކުރައްވާއިރު ރާއްޖޭން ބޭރުގައި އުޅުއްވަނީ އަހުސަން އެކަންޏެވެ.
ރައީސް އަބްދުﷲ ޔާމީން، ތައުފީގާ ސަލާމް ކުރައްވަނީ
އަމިއްލަ ބޭފުޅުންގެ އިތުރުން، ތައުފީގުގެ އާއިލާގައި ގިނަ ޕައިލެޓުންތަކެއް ތިބި ނަމަވެސް، އެކަމުގެ އެންމެ އިސް މޭސްތިރިއަކީ ޝާމިންނެވެ. އެއީ އާއިލާގެ އެންމެ ފުރަތަމަ ޕައިލެޓެވެ. ޓޫރިޒަމް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރެއްވުމަށް، ސިންގަޕޫރަށް ވަޑައިގަންނަވަން ވިސާ ނުލިބުމުން، ބައްޕަގެ އެދިވަޑައިގަތުމުގެ މަތިން ޕައިލެޓަކަށް ވާން އޭނާ ނިންމެވީ އެވެ.
"ބައްޕަ އެހީ އޭނާ ބުނާ ކަމެއް ކުރަން ކެރޭނެހޭ. ދެން ޝާމިން އާނއެކޭ ބުނުމުން ބުނެފި ބައްޕަ ވަރަށް ބޭނުމޭ ޝާމިން ޕައިލެޓްކަން ކިޔަވަން. އެއީ އެކަން ފެށުނު ގޮތަކީ،" ބަލި ހާލަތުގެ ސަބަބުން ތައުފީގަށް މި ވަގުތު ވާހަކަ ދައްކަވަން ދަތިވުމުގެ ސަބަބުން، ނަޝީދާ ވިދާޅުވި އެވެ.
ޝާމިންގެ ފަހަތުން، އިތުރު 15 ޕައިލެޓުން އުފެދުނު އިރު، ތައުފީގުގެ އާއިލާގެ އެންމެ ބޮޑު ޝައުގަކީ ވެސް އެއީ އެވެ. އެހެންވެ، ނަޝީދާ އުއްމީދު ކުރައްވާ ގޮތުގައި އެ އާއިލާއިން އަދި އިތުރު ޕައިލެޓުންތަކެއް ނިކުންނާނެ އެވެ.
ރައީސް ޔާމީންގެ ދެކަނބަލުންނާ އެކު އަހުސަން މަޑުކޮށްލައްވައިގެން
"އެ އެންމެން ދިމާވެއްޖެ ނަމަ މުޅި ގޭތެރެއިން ވެސް އިވޭނީ އެކަމާ ގުޅުން ހުރި ވާހަކަތައް،" އޭނާ ވިދާޅުވި އެވެ. "ޕައިލެޓުންގެ އިތުރުން އެއާކްރާފްޓް އިންޖިނިއަރުން ވެސް ތިބޭއިރު އެހެން ވާހަކައެއް ދައްކާ އަޑެއް ނީވޭނެ ނޫންތޯ."
ނަޝީދާ އާއި ތައުފީގަށް އެ މީހުން އެންމެ ދެކެވަޑައިގަންނަވަން ބޭނުންވާ މަންޒަރު ފެނިއްޖެ އެވެ. ގައުމަށް ފައިދާ ކުރަނިވި ދަރިންތަކެއް ތަރުބިއްޔަތު ކުރެވުމުން އެ ދެމަފިރިން ތިބީ އުފަލުންނެވެ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އެއިން ކޮންމެ ކުއްޖެއް ވެސް ގައުމު ފަހުރުވެރިކޮށްދެއްވާނެ އެވެ.
އާ ރަންވޭގައި އޭ380 ޖެއްސުމުގެ ފަޚުރު ދިވެއްސަކަށް
ކައްޕިއެއް ގޮތަށް ހުންނާނަން، ނުދެވޭ ހިސާބެއް ނޫޅޭނެ
މިހާ ބޮޑު ޝަރަފަކަށް އުއްމީދެއް ނުކުރަން: އަހުސަން
އެއާޕޯޓު ވާނީ ސަރަހައްދުގެ ނަމޫނާއަކަށް: އާދިލް
އާމްދަނީ 82 ބިލިއަން ރުފިޔާ އަށް ހަދާނަން: ރައީސް
އެއާޕޯޓު މަޝްރޫއަށް ޓޫރިޒަމްގެ ބާނީންގެ ތައުރީފް
ހަގީގަތް އޮޅުވާނުލައި ހައްގު ކްރެޑިޓް ދީ!
އަހުސަން އޭ380 ދުއްވި މަންޒަރު ކޮކްޕިޓް ތެރެއިން
އާ ރަންވޭއަށް ފުރަތަމަ ބޯޓު ޖައްސައިފި
މިފެންވަރުގެ ރަންވޭއެއް ސަރަހައްދުގައި ނޯންނާނެ: ސައީދު