09 ޑިސެމްބަރ 2017
ރޯމް (ޑިސެމްބަރު 9) – އިޓަލީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ ވަދާއީ މެޗުގެ ގޮތުގައި އެކުވެރިކަމުގެ މެޗެއް ޖޫން މަހު ކުޅެން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ރާވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރޯމް (ޑިސެމްބަރު 9) – އިޓަލީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ ވަދާއީ މެޗުގެ ގޮތުގައި އެކުވެރިކަމުގެ މެޗެއް ޖޫން މަހު ކުޅެން އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ރާވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބުފޮން ކުރިން ރާވާފައި އޮތީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ރިޓަޔާކުރާށެވެ. އެކަމަކު ވޯލްޑް ކަޕަށް ކޮލިފައިނުވުމާ އެކު އެ އުއްމީދަށް ވަނީ ހުރަސް އެޅިފަ އެވެ. އެއާ އެކު، ކޮލިފައިން ޕްލޭއޮފުގައި މިދިޔަ މަހު ސްވިޑަންއާ ދެކޮޅަށް އިޓަލީ ކުޅުނު މެޗު ވެފައިވަނީ ބުފޮންގެ ފަހު މެޗަށެވެ.
ބުފޮންގެ ކްލަބް ކެރިއަރު ވެސް މި ސީޒަނަށް ފަހު ނިންމާލާނެ އެވެ. އެކަމަކު މި ސީޒަނުގެ ޗެމްޕިއަންސް ލީގު ޔުވެންޓަސް ކާމިޔާބުކޮށްފި ނަމަ ފީފާ ކްލަބް ވޯލްޑް ކަޕުގައި ކުޅުމަށްޓަކައި ބުފޮން އިތުރު ސީޒަނެއްގައި މަޑުކުރާނެ އެވެ.
އިޓަލީން ރާވާ ބުފޮންގެ ވަދާއީ މެޗު އޮންނާނެ ކަމަށް ބެލެވެނީ ޔުވެންޓަސްގެ ސްޓޭޑިއަމުގައި ނުވަތަ ބުފޮން ކެރިއަރު ފެށި ޕާމާގެ ސްޓޭޑިއޯ އެނިއޯ ޓަރްޑިނީގަ އެވެ. މި މެޗުގައި އިދިކޮޅަށް ނުކުންނާނެ ކަމަށް ބެލެވެނީ ސްވިޒަލެންޑް، ނެދަލެންޑްސް، ޕޮލެންޑް ނުވަތަ ރިޕަބްލިކް އޮފް އަޔަލެންޑެވެ. މި މެޗު ކުޅޭނެ ސީދާ ތާރީހެއް އަދި ނޭގެ އެވެ.
ޕާމާ އިން 1995 ވަނަ އަހަރު ކެރިއަރު ފެށި ބުފޮން ޔުވެންޓަސް އަށް ބަދަލުވީ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި 2001 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 633 މެޗު ކުޅެދީފަ އެވެ. އިޓަލީ ގައުމީ ޓީމަށް 1997 ވަނަ އަހަރުން ފެށިގެން 175 މެޗު ކުޅެދީފައިވާއިރު އެ ޓީމާ އެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ.
ބުފޮންގެ 1000 ވަނަ މެޗުން އިޓަލީ އަށް މޮޅެއް
އިޓަލީ-ޖަރުމަން އެއްވަރުވިއިރު ބުފޮން އަށް ރެކޯޑެއް
17 އަހަރުގެ ކީޕަރު: "އަހަރެން މިހިރީ ހަމަބިމުގައި"
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް
އިޓާލިއާ 90ގެ ތަރި ސްކިލާޗީ މަރުވެއްޖެ
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު
އިޓަލީގެ ވޯލްޑް ކަޕް ތަރި ސްކިލާޗީގެ ހާލު ދެރަވެ ހޮސްޕިޓަލުގައި
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
މުޅިން އާ ޓީމެއް ބިނާކުރާނަން: އިޓަލީ ކޯޗު
ޔޫރޯގެ ނާކާމިޔާބަށް ފަހު އިޓަލީގެ ކަލަފިއޯރީ ރާއްޖޭގައި