25 މާޗް 2017
ޕަލާމޯ، އިޓަލީ (މާޗް 25) – އިޓަލީގެ ގޯލްކީޕަރު އަދި ކެޕްޓަން ޖިއަންލުއިޖީ ބުފޮން ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗުން ރޭ ވޯލްޑް ކަޕް ކޮލިފައިންގައި އަލްބޭނިއާ އަތުން 2-0 އިން އިޓަލީ މޮޅުވެއްޖެ އެވެ.
ޕަލާމޯ، އިޓަލީ (މާޗް 25) – އިޓަލީގެ ގޯލްކީޕަރު އަދި ކެޕްޓަން ޖިއަންލުއިޖީ ބުފޮން ކެރިއަރުގައި ކުޅުނު 1000 ވަނަ މެޗުން ރޭ ވޯލްޑް ކަޕް ކޮލިފައިންގައި އަލްބޭނިއާ އަތުން 2-0 އިން އިޓަލީ މޮޅުވެއްޖެ އެވެ.
ސީނިއާ ކެރިއަރު 1995 ވަނަ އަހަރު ފަށައި އިޓަލީ ގައުމީ ޓީމަށް 1997 ވަނަ އަހަރު ކުޅެން ފެށި ބުފޮންގެ ކެރިއަރުގެ 1000 މެޗުގެ ތެރެއިން 612 މެޗު ކުޅެދީފައިވަނީ ޔުވެންޓަސް އަށެވެ. އޭނާ ކެރިއަރު ފެށި ޕާމާއަށް 220 މެޗު ކުޅެދީފައިވާއިރު ގައުމީ ޖާޒީގައި ކުޅެފައިވަނީ 168 މެޗެވެ. އިޓަލީއާ އެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ބުފޮން ވަނީ މި 1000 މެޗުގެ ތެރެއިން ބައިކޮޅަށް ލަނޑެއް ވައްދާނުލާ 426 މެޗު ފުރިހަމަކޮށްފަ އެވެ. އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ ވަނީ އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ރިޓަޔާކުރާނެ ކަމަށް ބުނެފަ އެވެ.
ބުފޮން އަކީ ކެރިއަރުގައި ދެ ވަނަ އަށް އެންމެ ގިނަ މެޗު ކުޅުނު އިޓަލީ ކުޅުންތެރިޔާ އެވެ. އެންމެ ގިނަ މެޗު ކުޅެފައިވަނީ 1041 މެޗު ކުޅެފައިވާ އިޓަލީ އާއި އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އެވެ.
ބުފޮން އަކީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ޔޫރަޕުގެ ކުޅުންތެރިޔާ އެވެ. ދުނިޔޭގެ ރެކޯޑް އޮންނަނީ މިސްރު ގައުމީ ޓީމަށް 184 މެޗު ކުޅެދީފައިވާ އަހުމަދު ހަސަންގެ އަތުގަ އެވެ.
ރޭގެ މޮޅާ އެކު އިޓަލީ އޮތީ 13 ޕޮއިންޓާ އެކު ވޯލްޑް ކަޕް ކޮލިފައިންގެ ގްރޫޕް ޖީ ގެ ދެ ވަނައިގަ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން އެއް ވަނައިގައި އޮތީ ރޭ އިސްރާއީލް އަތުން 4-1 އިން މޮޅުވި ސްޕެއިނެވެ. ނުވަ ޕޮއިންޓާ އެކު ގްރޫޕުގެ ތިން ވަނައިގައި އޮތީ އިސްރާއީލެވެ. އެއް ވަނަ ޓީމަށް ރަޝިއާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭއިރު ދެ ވަނަ ލިބޭ ޓީމަށް ޖެހޭނީ ހުރިހާ ގްރޫޕެއްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ޓީމުތަކުގެ ތެރޭ ހިމެނިގެން ކޮލިފައިވާށެވެ.
އިޓަލީގެ ޕަލާމޯގައި ރޭ ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި އިޓަލީ އަށް ލީޑު ނަގައިދިނީ ޕެނަލްޓީއަކުން ޑެނިއަލް ޑި ރޮސީ އެވެ. ދެ ވަނަ ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ޗީރޯ އިމޮބިލޭ އެވެ. ދަނޑުގައި ތިބި އަލްބޭނިއާ ސަޕޯޓަރުން ވިނަގަނޑު މައްޗަށް ފަޓާސް އުކުމުގެ ސަބަބުން މެޗު މެދުކަނޑާލަން ވެސް ޖެހުނެވެ. އަލްބޭނިއާ ސަޕޯޓަރުން އެންމެ ފުރަތަމަ ފަޓާސް އުކީ އިޓަލީއަށް ޕެނަލްޓީ ދިނުމުންނެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި ފަޓާށް އުކުމުން ރެފްރީ ވަނީ އަށެއްކަ މިނެޓަށް މެޗު މެދުކަނޑާލައިފަ އެވެ.
އެކަން ތަކުރާރުކޮށްފި ނަމަ ޓީމަށް އަދަބުދޭނެ ކަމަށް ދަނޑުން ގޮވި ނަމަވެސް ހުއްޓުމެއް ނަ އެވެ. އަލްބޭނިއާގެ އިޓަލީ ކޯޗު ޖިއާނީ ޑި ބިއާސީ ބުނީ އެކަމާ ވަރަށް ހިތްހަމަނުޖެހޭ ކަމަށާއި މިއީ އަލްބޭނިއާ ސަޕޯޓަރުންގެ ކިބައިން ކުރިން ފެނިފައި ނެތް ކަމެއް ކަމަށެވެ.
ގިޔޯންގައި އިސްރާއީލް އަތުން ސްޕެއިން މޮޅުވިއިރު ލަނޑުތައް ޖަހައިދިނީ ޑޭވިޑް ސިލްވާ އާއި ވިޓޯލޯ އާއި ޑިއޭގޯ ކޮސްޓާ އަދި އިސްކޯ އެވެ.
އިޓަލީން ބުފޮން އަށް ވަދާއީ މެޗެއް ރާވަނީ
އިޓަލީ-ޖަރުމަން އެއްވަރުވިއިރު ބުފޮން އަށް ރެކޯޑެއް
17 އަހަރުގެ ކީޕަރު: "އަހަރެން މިހިރީ ހަމަބިމުގައި"
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް
އިޓާލިއާ 90ގެ ތަރި ސްކިލާޗީ މަރުވެއްޖެ
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު
އިޓަލީގެ ވޯލްޑް ކަޕް ތަރި ސްކިލާޗީގެ ހާލު ދެރަވެ ހޮސްޕިޓަލުގައި
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
މުޅިން އާ ޓީމެއް ބިނާކުރާނަން: އިޓަލީ ކޯޗު
ޔޫރޯގެ ނާކާމިޔާބަށް ފަހު އިޓަލީގެ ކަލަފިއޯރީ ރާއްޖޭގައި