15 ނޮވެމްބަރ 2017
މިދިޔަ މަހު ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ.
މިދިޔަ މަހު ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައިފި އެވެ.
ތަފާސް ހިސާބު ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލަށް ވުރެ، 18 ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ އަހަރު އޮކްޓޫބަަރު މަހު އެތެރެކޮށްފައިވަނީ 2.7 ބިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ޔޫއޭއީންނެވެ. އެއީ އެތެރެކުރި މުދަލުގެ 17 ޕަސެންޓެވެ. އެތެރެކުރި މުދަލުގެ 15 ޕަސެންޓް ގެނެސްފައި ވަނީ ސިންގަޕޫރުންނެވެ. އިންޑިއާއިން 13 ޕަސެންޓް، ޗައިނާ އިން 11 ޕަސެންޓް އަދި މެލޭޝިޔާ އިން އަށް ޕަސެންޓެވެ.
އިމްޕޯޓް ޑިއުޓީ އާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސް އަށް ލިބުނު އާމްދަނީ ވެސް މިދިޔަ މަހު 16 ޕަސެންޓް އިތުރުވި އެވެ. މި މުއްދަތުގެ ތެރޭގައި އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 248 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އޮކްޓޫބރު މަހު ލިބިފައިވަނީ 214 މިލިއަން ރުފިޔާ އެވެ.
އޮކްޓޯބަރު މަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ވެސް ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރާ އަޅާބަލާއިރު 22 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ އޮކްޓުބަރު މަހު 421 މިލިއަން ރުފިޔާގެ މުދާ ބޭރުކޮށްފައި ވާއިރު، މިދިޔަ އަހަރު ބޭރުކޮށްފައި ވަނީ 344 މިލިއަން ރުފިޔާގެ މުދަލެވެ.
ކަސްޓަމްސް އިން ބުނީ، މައިގަނޑުގޮތެއްގައި ބޭރުކޮށްފައި ވަނީ މަހުގެ ބާވަތްތައް ކަމަށެވެ. އަދި ބޭރުކުރި މުދަލުގެ 31 ޕަސެންޓް ތައިލެންޑަށް ގެންދިޔަ އިރު، 11 ޕަސެންޓް ގެންގޮސްފައި ވަނީ އިނގިރޭސި ވިލާތަށެވެ.
މިދިޔަމަހު 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް
ޖެނުއަރީގެ އިމްޕޯޓް މައްޗަށް، އެކްސްޕޯޓް ދަށަށް!
އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ 10 ޕަސެންޓް ދަށަށް
މިދިޔަ މަހު އެކްސްޕޯޓު މަދުވުމުން އާމްދަނީ ދަށް
ވީޑިއޯއިން ފެންނަނީ ބޭންކަކުން އެތެރެކުރި ޑޮލަރުތަކެއް
އިމްޕޯޓް/އެކްސްޕޯޓުން ލިބުނު އާމްދަނީ 357 މިލިއަނަށް
ރާއްޖޭގެ އެކްސްޕޯޓް 50 ޕަސެންޓް އިތުރުވެއްޖެ
ތެލަށް ކުރާ ހަރަދު 95 ޕަސެންޓް އިތުރުވެއްޖެ
މިދިޔަ މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި