16 އޮކްޓޯބަރ 2022
މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި ކަމަށާއި އެކްސްޕޯޓު ކޮށްފައި ވަނީ 133 މިލިއަން ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
މިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި ކަމަށާއި އެކްސްޕޯޓު ކޮށްފައި ވަނީ 133 މިލިއަން ރުފިޔާގެ މުދާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިދިޔަ މަހުގެ އެކްސްޕޯޓު ހަތަރު ޕަސެންޓު ދަށްވެފައިވާ އިރު، އިމްޕޯޓު ވަނީ 27 ޕަސެންޓު މަތިވެފަ އެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އޮމާން، އިންޑިއާ، ޗައިނާ، ޔޫއޭއީ އަދި ސިންގަޕޯ އެވެ.
ރާއްޖޭގެ މުދާ އެންމެ ގިނައިން އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ އެކްސްޕޯޓުގެ 51 ޕަސެންޓެވެ. ދެން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޖަރުމަނާއި، އިނގިރޭސިވިލާތާއި، ސްޕެއިން އަދި ފްރާންސެވެ.
ކަސްޓަމްސް އަށް މިދިޔަ މަހު ލިބުނު އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 25 ޕަސެންޓު މަތިވެފަ އެވެ. މިދިޔަ މަހު އާމްދަނީގެ ގޮތުގައި 351 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
ފާއިތުވި ތިން މަހު ވެސް ރާއްޖެއިން މުދާ އެކްސްޕޯޓު ކުރާ މިންވަރު ވަނީ ދަށްވެފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ޖުލައި އަދި އޮގަސްޓު މަހާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގެ އެކްސްޕޯޓު ވަނީ ދެބައިކުޅަ އެއްބައި ދަށްވެފަ އެވެ.
މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް ވެސް މައްޗަށް
ޖެނުއަރީގެ އިމްޕޯޓް މައްޗަށް، އެކްސްޕޯޓް ދަށަށް!
އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ 10 ޕަސެންޓް ދަށަށް
މިދިޔަ މަހު 3.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި
މިދިޔަ މަހު އެކްސްޕޯޓު މަދުވުމުން އާމްދަނީ ދަށް
ވީޑިއޯއިން ފެންނަނީ ބޭންކަކުން އެތެރެކުރި ޑޮލަރުތަކެއް
އިމްޕޯޓް/އެކްސްޕޯޓުން ލިބުނު އާމްދަނީ 357 މިލިއަނަށް
ރާއްޖޭގެ އެކްސްޕޯޓް 50 ޕަސެންޓް އިތުރުވެއްޖެ
ތެލަށް ކުރާ ހަރަދު 95 ޕަސެންޓް އިތުރުވެއްޖެ
މިދިޔަ މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި