ލަންޑަން (ސެޕްޓެމްބަރު 16) - ސްކޮޓްލެންޑުގައި ހިފަހައްްޓާފައިވާ އިންޑިއާގެ ބޯޓުގެ ފަޅުވެރިންނަށް ނުދީވާ މުސާރަ ދިނުމަށް އެ ބޯޓު އިނގިރޭސި ވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވިއްކާލުމުގެ ހުއްދަ އެ ގައުމުގެ ކޯޓަކުން ދީފި އެވެ.
16 ސެޕްޓެމްބަރ 2017
ލަންޑަން (ސެޕްޓެމްބަރު 16) - ސްކޮޓްލެންޑުގައި ހިފަހައްްޓާފައިވާ އިންޑިއާގެ ބޯޓުގެ ފަޅުވެރިންނަށް ނުދީވާ މުސާރަ ދިނުމަށް އެ ބޯޓު އިނގިރޭސި ވިލާތުގެ ކަމާ ބެހޭ ފަރާތްތަކުން ވިއްކާލުމުގެ ހުއްދަ އެ ގައުމުގެ ކޯޓަކުން ދީފި އެވެ.
އިންޓަނޭޝަނަލް ޓްރާންސްޕޯޓް ވޯކާސް ފެޑެރޭޝަން (އައިޓީއެފް) އިން ލަފާކުރާ ގޮތުގައި "މަލާވިޔާ ސެވަން" ނަމަކަށް ކިޔާ ބޯޓުގައި ތިބި 11 ފަޅުވެރިންގެ މުސާރައިގެ ގޮތުގައި 803،760 ޑޮލަރު ދޭން ޖެހެ އެވެ. އަދި ނީލަމުގައި ބޯޓު ވިއްކާލައިގެން އެ އަދަދަށް ފައިސާ ހޯދޭނެ ކަމަށް އައިޓީއެފް އިން ބުންޏެވެ.
ބޯޓުގެ ވެރިފަރާތަކީ މުމްބާއީގެ ޖީއޯއެލް އޯފްޝޯ ލިމިޓެޑެވެ. އެ ކުންފުނި މިހާރު ވަނީ އުވާލާ ހިސާބުގަ އެވެ.
ސްކޮޓްލެންޑުގެ އަބާދީން ބަނދަރުން ބޯޓު ފުރުން މަނާކޮށް ކުރިން ވަނީ ކޯޓުން އަމުރެއް ނެރެފަ އެވެ.
ބޯޓުގައި ތިބި އިންޑިއާގެ ފަޅުވެރިންގެ ކަންކަން ހަމަޖައްސައިދެނީ ސްކޮޓްލެންޑުގެ ޗެރިޓީތަކުންނެވެ. ފަޅުވެރިން ވަނީ ބޯޓު ދޫކޮށްލާފައި ދާން ދެކޮޅު ހަދައިފަ އެވެ. އެ މީހުން ބުނެފައި ވަނީ ބޯޓުން ހިނގައްޖެ ނަމަ ނުދީ ހުރި މުސާރަ ދެން ނުލިބޭނެ ކަމަށެވެ.
ބޯޓުގެ ޗީފް އޮފިސަރު ބަމަދޭވް ސްވައިން ބުނީ އާއިލާ މަތިން ވަރަށް ހަނދާންވާ ކަމަށާއި އެކަމަކު ސްކޮޓްލެންޑް މީހުން ވެސް ހެޔޮ ކަމަށެވެ.
ފަޅުވެރިންނަށް މުސާރަ ނުދޭ މައްސަލަގައި މަލަވިޔާ ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ވެސް ހިފަހައްޓައިފަ އެވެ. އެ ފަހަރު ބޯޓު ދޫކޮށްލީ މުސާރަ ދިނުމުންނެވެ.
އަބާދީން ހާބާ އިން ބުނެފައި ވަނީ އެ ބަނދަރުގައި ބޯޓު އޮތް ދިގު މުއްދަތުގައި ދައްކަން ޖެހޭ ކުލިން ބައެއް، ބޯޓު ވިއްކާލާ ފައިސާ އިން ލިބޭނެ ކަމަށެވެ. ނަމަވެސް ފަޅުވެރިންގެ މުސާރަ އިން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިންޑިއާ ކައިރިން ކާގޯ ބޯޓެއްގައި ރޯވެ އަނދަނީ
ނުރައްކާތެރި ކާގޯ ހުރި ބޯޓެއް އިންޑިއާ ބޭރަށް ފެތިއްޖެ
ރާއްޖޭގައި އޮތް ބޯޓެއްގައި ފަޅުވެރިންތަކެއް ތާށިވެފައި
ވަގަށް ނެގި އިންޑިއާގެ ސާމާނުތަކެއް އަނބުރާ ދެނީ
އިންނާނެ މީހަކު ހޯދަން އިޝްތިހާރުކުރީ ބިލްބޯޑްގައި
ސަމަންތާ އަށް އިނގިރޭސި ޑައިރެކްޓަރެއްގެ ފިލްމެއް
ނުފޫޒު ގަދަ 100 ގެ ތެރޭގައި ހެރީގެ ދެކަނބަލުން
ޓޮމް ކްރޫޒް ޗިކެން ޓިއްކާ މަސާލާ ކާން އާޝާގެ ކެފޭއަށް
އިނގިރޭސި ވިލާތުގައި މަޖުބޫރު ކައިވެނިތައް މަދުވެއްޖެ
އަޔާންގެ "ބުރައްމަސްތުރާ" ނިންމަން ހަންގޭރީ އަށް