Roadha Mihaaru

ނުރައްކާތެރި ކާގޯ ހުރި ބޯޓެއް އިންޑިއާގެ ދެކުނުން އަޑިއަށް ހިނގައްޖެ

ނުރައްކާތެރި އެކި ބާވަތްތަކުގެ ކާގޯ ހުރި ލައިބީރިއާގެ ބޯޓެއް އިންޑިއާގެ ކެރެލާ ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށާއި އޭގައި ތިބި 24 މީހުން މިހާރު ސަލާމަތްކޮށްފައިވާ ކަމަށް އިންޑިއާގެ ނޭވީން މިއަދު ބުނެފި އެވެ.

ނުރައްކާތެރި ކާގޯ ހުރި ބޯޓެއް އިންޑިއާ ބޭރަށް ފެތިއްޖެ

ނުރައްކާތެރި އެކި ބާވަތްތަކުގެ ކާގޯ ހުރި ލައިބީރިއާގެ ބޯޓެއް އިންޑިއާގެ ކެރެލާ ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށާއި އޭގައި ތިބި 24 މީހުން މިހާރު ސަލާމަތްކޮށްފައިވާ ކަމަށް އިންޑިއާގެ ނޭވީން މިއަދު ބުނެފި އެވެ.

އިންޑިއާގެ ނޭވީން ބުނީ 184 މީޓަރު (603 ފޫޓު) ދިގު އުޅަނދެއް ކަމަށްވާ "އެމްއެސްސީ އެލްސާ 3" އަށް މައްސަލަތަކެއް ދިމާވެ އެހީއަށް އެދުނީ ހޮނިހިރު ދުވަހު އިންޑިއާގެ ވިޒިންޖަމް ބަނދަރުން ކޮޗިންއަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ.

ނޭވީގެ މަތިންދާ ބޯޓުތައް އެ ސަރަހައްދަށް ދިޔައިރު ދެ ލައިފްބޯޓެއް ފެނުނު ކަމަށާއި، ކާގޯ ބޯޓު އޭރު އޮތީ ކޮޗިންގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 38 ނޯޓިކަލް މޭލު ބޭރުގައި ވަރަށް ބޮޑަށް އަރިއަޅާލާފައި ކަމަށް ބުންޏެވެ.

އެމްއެސްސީ އެލްސާ 3 އަޑިއަށްދަނީ

އެމްއެސްސީ އެލްސާ 3 އަޑިއަށްދަނީ

"ބޯޓުގައި ތިބި 24 މީހުން ވެސް ވަނީ ސަލާމަތްކޮށްފައި،" ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އިންޑިއާގެ ކޯސްޓް ގާޑަށް ބޯޓުގެ ފަޅުވެރިން ނަގާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ޖޯޖިއާ، ރަޝިޔާ، ޔުކްރެއިން އަދި ފިލިޕިންސް މީހުން ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

"ބޯޓު އަޑިއަށްދިޔައީ 640 ކޮންޓެއިރަނާ އެކު. އޭގެތެރޭގައި ނުރައްކާތެރި މާއްދާތައް ހިމެނޭ 13 ކޮންޓެއިނާ ހިމެނޭ. އަދި 12 ކޮންޓެއިނާއެއްގައި ހުރީ ކެލްސިއަމް ކާބައިޑް."

"އެމްއެސްސީ އެލްސާ 3" އޮތް ހިސާބު ފެންނަ ޗާޓެއް

"އެމްއެސްސީ އެލްސާ 3" އޮތް ހިސާބު ފެންނަ ޗާޓެއް

ނުރައްކާތެރި މާއްދާތައް ކަމަށް ޑިފެންސް މިނިސްޓްރީން ބުނި ކޮންޓެއިނަރުތަކުގެ ތެރޭގައި ހުރީ ކޮން އެއްޗެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ކެލްސިއަމް ކާބައިޑް އާންމުކޮށް ބޭނުންކުރަނީ ކެމިކަލް އިންޑަސްޓްރީގަ އެވެ. ގަސްކާނާ އާއި ސްޓީލް އުފެއްދުމަށް ވެސް އެ ބޭނުންކުރެ އެވެ.

"ކެރެލާގެ އައްސޭރިފަށުގެ ނާޒުކު މެރިން އިކޯސިސްޓަމަށް ރިއާޔަތްކޮށް، ކޯސްޓްގާޑުން ވަނީ ޕޮލިއުޝަން ރެސްޕޮންސްގެ ތައްޔާރީތައް ފަށާފައި،" ނޭވީން ބުންޏެވެ.

އެ ބޯޓުގައި ތެޔޮ ވެސް ހިމެނޭ ގޮތުން ގާތްގަނޑަކަށް 370 ޓަނުގެ ހަކަތައިގެ ބާވަތްތައް ހުރި ނަމަވެސް މިހާތަނަށް ތެޔޮ ލީކުވި ކަމުގެ މައުލޫމާތު ކޯސްޓްގާޑުގެ ޑިޓެކްޝަން ސިސްޓަމްތަކަށް ފާހަގަނުވާ ކަމަށް ބުންޏެވެ. -- އޭއެފްޕީ