ބުކަރެސްޓް (ނޮވެމްބަރު 25) - ގާތްގަނޑަކަށް 14،000 ކަންބަޅިއާ އެކު ދަތުރުކުރި ބޮޑު ކާގޯ ބޯޓެއް ރުމޭނިއާގެ ބޭރުން ފެތިއްޖެ އެވެ.
25 ނޮވެމްބަރ 2019
ބުކަރެސްޓް (ނޮވެމްބަރު 25) - ގާތްގަނޑަކަށް 14،000 ކަންބަޅިއާ އެކު ދަތުރުކުރި ބޮޑު ކާގޯ ބޯޓެއް ރުމޭނިއާގެ ބޭރުން ފެތިއްޖެ އެވެ.
ކްއީން ހިންޑް ކާގޯ ބޯޓު އަރިއަޅާލީ ބްލެކް ސީގެ މިޑިއާ ބަނދަރުން މިދިޔަ އާދިއްތަ ފުރި ފަހުންނެވެ. ބޯޓުގައި ތިބި 22 ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ސީރިއާ މީހުންނެވެ. ބޯޓު ދަތުރު ކުރަން ހަމަޖެހިފައި ވަނީ ސައުދީ އަރަބިއާގެ ޖިއްދާއަށެވެ. މިޑިއާ ބަނދަރަށް ބޯޓު ދިޔައީ ލީބިއާގެ ވެރިރަށް ޓްރިޕޮލީންނެވެ.
ކަންބަޅިތައް ސަލާމަތް ކުރުމުގައި ވަނީ ރުމޭނިއާގެ ފުލުހުންނާއި ފަޔާފައިޓަރުން އަދި އެ ގައުމުގެ ކޯސްޓްގާޑުން އޮޕަރޭޝަނެއް ފަށައިފަ އެވެ.
ކަންބަޅިތައް ސަލާމަތް ކުރުމުގައި ރުމޭނިއާގެ ފުލުހުންނާއި ފަޔާފައިޓަރުން އަދި ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުން. --ފޮޓޯ:އައިއެސްޔޫ ކޮންސްޓަންޓާ
"ވަރަށް މަދު ކަންބަޅިއެއް ސަލާމަތް ކުރެވުނީ. އެއީ ސަރަހައްދުގެ ފެންމަތީގައި ތިބި ކަންބަޅިތަކެއް،" ރުމޭނިއާގެ އިރުދެކުނުގެ ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ސިޓީއެއް ކަމަށްވާ ކޮންސްޓަންޓާގެ ތަރުޖަމާން އަނާ-މާރިއާ ސްޓޮއިކާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަނޑަށް ވެއްޓުނު އެއް ފަޅުވެރިއަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުނު ކަމަށެވެ.
ކާގޯ ބޯޓު އަރިއަޅާލުމަށް ފަހު ފެތެން މެދުވެރި ސަބަބެއް ނޭނގެ އެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ކަންބަޅިތަކާއި ބޯޓު ސަލާމަތްކޮށް ނިމުމުން ތަހުގީގު ފަށާނެ ކަމަށެވެ.
މެރިން ޓްރެފިކް ވެބްސައިޓުގައިވާ ގޮތުން 1980 ވަނަ އަހަރު ބަނދެފައިވާ 85 މީޓަރު (278 ފޫޓު) ގެ ބޯޓުން 3،785 ޓަނުގެ ކާގޯ އުފުލެ އެވެ.
ނުރައްކާތެރި ކާގޯ ހުރި ބޯޓެއް އިންޑިއާ ބޭރަށް ފެތިއްޖެ
ތޫފާނެއްގައި ޖެހި ކަޅު ކަނޑަށް ކާގޯ ބޯޓެއް އަޑިއަށް
ފެތުނު ބޯޓުން މީހުން ސަލާމަތް ކުރެވިދާނެ ކަމުގެ އުއްމީދު ކުޑަ
އިންޑިއާ ކައިރިން ކާގޯ ބޯޓެއްގައި ރޯވެ އަނދަނީ
އިންޑިއާ ބޭރަށް ފެތުނު ބޯޓުން ތެޔޮ ލީކުވަނީ
ނޭވާ ހިފަހައްޓާލައިގެން ފުންމާލީ ރާޅުތަކުގެ ތެރެއަށް
ރިޔަލުގައި ދުއްވާ އެންމެ ދިގު ކާގޯ ބޯޓު ބަނދެފި!
ސަލްމާން ރޮމޭނިއާ އިން ލޯބިވެރިޔަކު ހޯދައިފި
ޑިންގީ ބަންޑުން ޖަހާލައި ކަނޑުވި ބަޔަކު ސަލާމަތްކޮށްފި
ރޮމޭނިއާ ބަލިކޮށް ނެދަލެންޑްސް ކުއާޓާ އަށް