Roadha Mihaaru

އިންޖީނު ހަދައިގެން ފަޅުން ނިކުންނަނިކޮށް ފަރަށް އަރައިފި

ހދ. ކުޅުދުއްފުށިން އިންޖީނު ހެދުމަށްފަހު އެރަށު ފަޅުން ނިކުންނަން އުޅުނު ހއ. ކެލާ ބޯޓެއް، މިއަދު ފަރަށް އަރައިފި އެވެ.

އިންޖީނު ހަދައިގެން ފަޅުން ނިކުންނަނިކޮށް ފަރަށް!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

31 އޯގަސްޓް 2025

ހދ. ކުޅުދުއްފުށިން އިންޖީނު ހެދުމަށްފަހު އެރަށު ފަޅުން ނިކުންނަން އުޅުނު ހއ. ކެލާ ބޯޓެއް، މިއަދު ފަރަށް އަރައިފި އެވެ.

ފަރަށް އެރީ ކެލާއަށް މުދާ އުފުލުމަށް މާލެ ދަތުރުކުރާ ޑީއެމްއެލް އެކްސްޕްރެސް އެވެ.

އެ ބޯޓުގެ އެއް ހިއްސާދާރު އަދި ކެލާ ކައުންސިލް ކުރީގެ ރައީސް އަދަމް ގުފްރާން "މިހާރު" އަށް ވިދާޅުވީ ކުޅުދުއްފުއްޓަށް ބޯޓު ގެނައީ އިންޖީނު ހެދުމަށް ކަމަށެވެ.

ފަރަށް އެރީ އިންޖީނު ހެދުމަށްފަހު މިއަދު ހަވީރު ކެލާއަށްދާން ފަޅުން ނިކުންނަން އުޅެނިކޮށް އިންޖީނު ހުއްޓިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބޯޓުގައި ނުހުންނާނެ އެއްވެސް މުދަލެއް. އެއީ އިންޖީނު ހަދާ ނިންމާފައި ރަށަށް ދާން އޮތް ދަތުރުގަ މިހެން މިވީ. އިންޖީނު ހުއްޓިގެން އޮޔާ އައިސް ލައްވީ ބޯޓު،" އޭނާ ވިދާޅުވި އެވެ.

އެ ބޯޓު ފަރަށް އެރިއިރު އޭގައި ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހުން ތިބި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޯޓު ފަރަށް އަރާފައި އޮތީ ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތަށެވެ. ބޯޓު ފުންކުރުމަށް އެމްއެންޑީއެފާއި އެ ރަށު ސިޓީ ކައުންސިލުން އެހީތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.