މީގެ ދެ އަހަރު ކުރިން ހދ. ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރާތު ފަޅު ތެރެއަށް ބީއްސާލި ބާޖު 14 ދުވަސް ތެރޭ ފުންކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
11 ސެޕްޓެމްބަރ 2025
މީގެ ދެ އަހަރު ކުރިން ހދ. ކުޅުދުއްފުށީ ހުޅަނގު އުތުރު ފަރާތު ފަޅު ތެރެއަށް ބީއްސާލި ބާޖު 14 ދުވަސް ތެރޭ ފުންކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ކުޅުދުއްފުށީ އެއާޕޯޓުގެ ހުޅަނގު ފަރާތު ފަޅަށް ބާޖު ބީއްސާލީ 6،000 ޓަނުގެ ހިލަ ބަރުކޮށްގެން އެ ރަށް ކައިރިން ދަތުރުކުރަމުން ދަނިކޮށް، ދިޔަވާތީ 2023 ވަނަ އަހަރުގެ އަހަރު ޖުލައި 16 ގަ އެވެ.
އެ ބާޖުގައި ހުރި ހިލަތައް ހުސްކޮށްފައިވީ ނަމަވެސް، ބާޖު އެތަނުން ނެގުމަށް އޭގެ ވެރިފަރާތަށް އެތައް މުއްދަތެއް ދީފައި ވިޔަސް އެ އެންގުމަށް އަމަލެއް ނުކުރެ އެވެ. އެއީ ކުރިން އިންޑިއާ ކުންފުންޏެއް ބާޖެއް ނަމަވެސް މިހާރު ވަނީ ބީއެމްސީ ސިލްޕްވޭ އެންޑް ސަލްވޭޖް ކިޔާ ކުންފުންޏަކަށް ވިއްކާލައިފަ އެވެ.
ފަރު މަތީ ބާޖު އޮތުމުގެ ސަބަބުން އެތަނަށް ގެއްލުންތައް ލިބެމުންދާތީ އާއި އެންގުމާ އެއްގޮތަށް ކުންފުނިން އަމަލު ނުކުރާތީ، އޭރުގެ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އަދި މިހާރުގެ ނަމުން ނަމަ، އެންވަޔަރަމެންޓް ރެގިއުލޭޓްރީ އޮތޯރިޓީ (އީއާރްއޭ) އިން ސިވިލް ކޯޓަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ.
އެ މައްސަލާގައި އީޕީއޭ އިން ބުނެފައި ވަނީ ބާޖު ފަރުމަތީ އޮތުމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި ކުޅުދުއްފުށީގެ އެއާ އޮޕަރޭޝަންތައް ހިންގުމަށް ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.
ސިވިލް ކޯޓުގައި އުފުލި ދައުވާއަށް ކުންފުނިން ޖަވާބުދާރީވެފައި ނުވާއިރު، އެ ކޯޓުން ހުކުމް އިއްވާފައިވަނީ ކުންފުނީގެ ޣައިރު ހާޒިރުގަ އެވެ.
އެ ހުކުމްގައި ބުނީ ކުޅުދުއްފުށީ ފަރަށް ބީއްސާލާފައިވާ ބާޖު 14 ދުވަސް ތެރޭ ނަގައި އެތަނަށް އެޅިފައިވާ ބާޖުގެ ބައިތަކާއި ހިލަތައް ނެގުމަށް ކުންފުނީގެ މައްޗަށް އަންގާ ކަމަށެވެ.
އުޅަނދެއް ފަރަށް އެރުމުން އީޕީއޭ އިން އެ މައްސަލަ ބަލަން ފަށަ އެވެ. ނަމަވެސް ފިޔަވަޅު އެޅެނީ އެ އުޅަނދު އެ ފަހުން ނެގުމުން ކުރާ ސާވޭ އަކަށް ފަހު އެވެ. ކިތަންމެ ގިނަ ދުވަހަކު އުޅަނދު ނުނަގާ ފަރު މަތީގައި އޮތަސް، ނަގަން ބުނުން ފިޔަވައި ކުރެވޭނެ ކަމެއް ގާނުނުގައި ނޯވެ އެވެ.
ކޯޓުގައި އީޕީއޭ އިން ބުނެފައިވާ ގޮތުގައި 2023 ވަނަ އަހަރު ހެދި ސާވޭއިން ކުޅުދުއްފުށީ ފަރަށް ޖޫރިމަނާ ކުރެވޭ ވަރުގެ އެކަށީގެންވާ ގެއްލުމެއް ލިބިފައިނުވާ ކަމަށް ދައްކާ ކަމަށެވެ. ނަމަވެސް، ހިލަ އާއި ބާޖުގެ ބައެއް ދަގަނޑު އެ ސަރަހައްދަށް އެޅިފައިވާތީ އެ ސަރަހައްދު ސާފުކުރުމަކީ މުހިންމު ކަމެއް ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ.
އަދި ބާޖުން ފަރުގެ އާނުގަނޑުގައި ޖެހި ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއްވެފައިވާ ކަމަށް ވެސް އީޕީއޭ އިން ބުންޏެވެ.
އީއައިއޭއަށް އަމަލު ކުރުމުގެ އަމުރަކަށް އެދި ކޯޓަށް
ފްލެމިންގޯތައް އަނެއްކާވެސް ކުޅުދުއްފުށީ ކުޅިއަށް
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް
ކުޅުދުއްފުށީ ފަރުގައި ބާޖު އޮންނަތާ 6 މަސް!
"ކުޑަގިރިފަރަށް އެރި ބޯޓު ފުރުން މަނާކުރީ ރަނގަޅަށް"
އެފްކޮންސްގެ ޖޫރިމަނާ ކޯޓުން ފަސްކޮށެއް ނުދިން
ކުޑަގިރި ފަރަށް އެރި ބޯޓު ރާއްޖެއިން ފުރުން މަނާކޮށްފި
ފަރުގައި ބާޖު އޮންނަތާ ހަފުތާއެއް، ފުނެއް ނުކުރެވޭ!
ފުށިދިއްގަރު ފަރުގެ ޖޫރިމަނާގެ މައްސަލަ ކޯޓަށް
ގަސް ކެނޑުމާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ނަގައިފި