03 ޖެނުއަރީ 2025
އިރުވައި މޫސުން ފެށުމާ އެކު، ގުޑުގުޑާ ދޫނިތައް (ފްލެމިންގޯ) އަނެއްކާވެސް ރާއްޖެ އަށް ޒިޔާރަތްކުރަން ފަށައި ހދ. ކުޅުދުއްފުށީގެ މަށި ކުޅި މަންޒިލަކަށް ހަދައިފި އެވެ.
އިރުވައި މޫސުން ފެށުމާ އެކު، ގުޑުގުޑާ ދޫނިތައް (ފްލެމިންގޯ) އަނެއްކާވެސް ރާއްޖެ އަށް ޒިޔާރަތްކުރަން ފަށައި ހދ. ކުޅުދުއްފުށީގެ މަށި ކުޅި މަންޒިލަކަށް ހަދައިފި އެވެ.
ކުޅުދުއްފުށީ ކުޅިއަކީ މި ފަހަރު ރާއްޖެ އައި ގުޑުގުޑާ ދޫނިތަކުގެ ފުރަތަމަ މަންޒިލެވެ. މި ފަހުން ކޮންމެ އަހަރަކު ވެސް މި ދުވަސްވަރާ ދިމާކޮށް މި ދޫނިތައް ރާއްޖެ ޒިޔާރަތް ކުރެ އެވެ.
އާންމު ގޮތެއްގައި ފްލެމިންގޯތައް ޒިޔާރަތް ކުރަނީ ކުޅުދުއްފުށީގެ އިތުރުން ށ. ފުނަދޫގެ ކުޅިއަށެވެ.
ފްލެމިންގޯ އަކީ މާކަނާ އާއިލާ އަށް ނިސްބަތްވާ، މާކަނާ އަށް ވުރެ ބޮޑު ދޫންޏެކެވެ. މާކަނާއާ އެއްގޮތަކަށް ކަރު ދިގުކޮށް ހުންނަ މި ދޫނި އެންމެ ބޮޑަށް ތަފާތު ވަނީ ކުލައިންނެވެ.
ކުޅުދުއްފުށީ ކުޅިއަށް މިއަދު ޒިޔާރަތް ކުރި ފްލެމިންގޯތައް: ސޯޝަލް މީޑިއާގައި ފޮޓޯތަކަށް ވަނީ ސަމާލުކަން ލިބިފައި - ފޮޓޯ: ހައީ ރަޝީދު / ފޭސްބުކް
މި ދޫނިތަކުގެ ފޮޓޯ ނެގުމަށް ކުޅުދުއްފުށީ ކުޅި ކައިރިއަށް މިއަދު ގިނަ ބަޔަކު ދިޔަ އެވެ. ސޯޝަލް މީޑިއާގައި ވެސް އެ ފޮޓޯތަކަށް ވަނީ ސަމާލުކަން ލިބިފަ އެވެ. އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި މިއަދު ހެނދުނުގެ ވަގުތުގައި ކުޅިއަށް ޖައްސާފައިވަނީ ފަސް ފްލެމިންގޯ އެވެ. އެ ދޫނިތައް އަދިވެސް ކުޅީގައި އެބަތިއްބެވެ.
އާންމުކޮށް ހަފުތާއެއްހާ ދުވަހު ދޫނިތައް އެއް ތަނެއްގައި ތިބެފައި އެހެން މަންޒިލަކަށް ދަތުރު ފަށަ އެވެ.
ކުޅުދުއްފުށީ ކުޅިއަށް މިއަދު ޒިޔާރަތް ކުރި ފްލެމިންގޯތައް: ސޯޝަލް މީޑިއާގައި ފޮޓޯތަކަށް ވަނީ ސަމާލުކަން ލިބިފައި - ފޮޓޯ: ހައީ ރަޝީދު / ފޭސްބުކް
ފްލެމިންގޯއަކީ ރާއްޖޭގައި އާންމުކޮށް އުޅޭ ދޫންޏެއް ނޫނެވެ. މި ދޫނިތައް ރާއްޖޭގެ އެކި ރަށްރަށުން ފެންނަން ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެންމެ ފުރަތަމަ ހއ. އަތޮޅުންނެވެ. އޭގެ ފަހުން އުތުރުގެ އެކި ރަށްރަށުގެ ކުޅިތަކުގައި އެ އަހަރު އުޅުނެވެ.
ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ފްލެމިންގޯއަކީ ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. އެ ދޫނިތައް ވިއްކާ ފަރާތްތަކުގެ އިތުރުން ގަންނަ ފަރާތްތަކަށް ވެސް ގަވައިދުގެ ދަށުން ފިޔަވަޅު އަޅަ އެވެ.
ފްލެމިންގޯގެ ހަ ވައްތަރުގެ ތެެރެއިން އެންމެ ބޮޑުވާ ގްރޭޓާ ޕްލެމިންގޯ 4.7 ފޫޓާއި 3.9 ފޫޓަށް ދިގުވެ އެވެ. އެންމެ ކުދި ފްލެމިންގޯ ލެސާ ބޮޑުވަނީ 2.6 ފޫޓަށެވެ. މީގެ ދެ އަހަރު ކުރިން 2022 ގައި ފްލެމިންގޯތައް ރާއްޖޭގައި އުޅެނިކޮށް ހއ. ބާރުގެ މީހަކު އޭގެ ތެރެއިން ދޫންޏެއް ހިފައި އެ ވިއްކަން ވައިބާ ގްރޫޕެއްގައި ޖެހުމާ އެކު، އެ މީހާ ހައްޔަރުކޮށް، ޖޫރިމަނާ ވެސް ކުރި އެވެ. އެކަމަކު، އޭނާ ފިޔަކޮށާލި އެ ދޫނި އަތުލައި އީޕީއޭ އިން ބަލަހައްޓަމުން ދަނިކޮށް މަރުވީ އެވެ.
ފްލެމިންގޯ އުޅޭއިރު ކުޅީގައި ކެނޯ ދުއްވުން މަނާކޮށްފި
ކުޅުދުއްފުށީ ފަރުގައި ބާޖު އޮންނަތާ 6 މަސް!
ދޫނި ހިޖުރަކުރާ މޫސުން ފެށިއްޖެ، އެދެނީ ގޯނާ ނުކުރަން
ފަރުގައި ބާޖު އޮންނަތާ ހަފުތާއެއް، ފުނެއް ނުކުރެވޭ!
ފްލެމިންގޯތައް މިފަހަރު ދިޔައީ ކުޅުދުއްފުއްޓަށް
ފުނަދޫ ކުޅީގައި އަނެއްކާ ވެސް ފްލެމިންގޯތަކެއް!
ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލައިފި
އެއާ ޓެކްސީއަކުން ޖެހި ކިރުދޫނިތަކެއް މަރުވެއްޖެ
ފްލެމިންގޯތަކެއް ހިފައި 30،000ރ. އަށް ވިއްކަނީ
ކޮތަރާ އެކު 100 އަށް ވުރެ ގިނަ ދޫނި ހިމާޔަތްކޮށްފި