06 ޖެނުއަރީ 2025
އިރުވައި މޫސުން ފެށުމާ އެކު ހދ. ކުޅުދުއްފުށީގެ މަށި ކުޅިއަށް ޒިޔާރާތްކުރަން ފެށި ފްލެމިންގޯތަކަށް ގޯނާ ވެދާނެތީ މި ދުވަސްވަރު ކުޅީގައި ކެނޯ ދުއްވުން މަނާކޮށްފި އެވެ.
އިރުވައި މޫސުން ފެށުމާ އެކު ހދ. ކުޅުދުއްފުށީގެ މަށި ކުޅިއަށް ޒިޔާރާތްކުރަން ފެށި ފްލެމިންގޯތަކަށް ގޯނާ ވެދާނެތީ މި ދުވަސްވަރު ކުޅީގައި ކެނޯ ދުއްވުން މަނާކޮށްފި އެވެ.
ހިޖުރަކުރާ ދޫނިތައް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު ރާއްޖެއަށް އަންނައިރު މިފަހުން ކޮންމެ އަހަރެއްގެ މި ދުވަސްވަރު ފްލެމިންގޯ ވެސް އާދެ އެވެ. މި އަހަރު ރާއްޖޭގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ކުޅުދުއްފުށީ ކުޅިއަށް އެ ދޫނިތައް އައި ގޮތަށް އަދިވެސް އުޅެނީ އެތަނުގަ އެވެ.
ކުޅުދުއްފުށީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ބައެއް މީހުން އެ ދޫނިތަކާ މާކައިރިއަށް ދިއުމާއި ދޫނިތަކަށް ގޯނާވާ ގޮތަށް ކުޅީގައި ކެނޯ ދުއްވަމުން އަންނަ ކަމުގެ ޝަކުވާ ގިނަ ބައެއްގެ ފަރާތުން ކައުންސިލަށް ހުށަހަޅަމުން އަންނަ ކަމަށެވެ.
އެހެންވެ ދޫނިތައް ތިބޭއިރު އެތަނުގައި ކެނޯ ދުއްވުން މަނާކުރީ އެވެ.
"އެހެންކަމުން ގުޑުގުޑާ ދޫނި ކުޅީގައި ތިބޭއިރު ކުޅީގައި ކެނޯ ދުއްވުމަކީ މަނާކަމެއް ކަމުގައިގައި ދަންނަވަމެވެ." އިއުލާނުގައި ބުންޏެވެ.
ކުޅީގައި ކެނޯ ދުއްވާ ނަމަ ނުވަތަ އުނދަގޫވާ ފަދަ ކަމެއް ކުރާ ނަމަ، ރިޕޯޓުކުރުމަށް ވެސް އެ ކައުންސިލުން އެދިފައިވެ އެވެ.
ކައުންސިލުން ވަނީ ޑްރޯން ދުއްވާ މީހުން ވެސް ދޫނިތަކަށް އުނދަގޫވާ ފަދަ އެއްވެސް ކަމެއް ނުކުރަން އިލްތިމާސްކޮށްފަ އެވެ.
ކޮންމެ ދުވަހަކު ވެސް ދޫނިތަކުގެ ފޮޓޯ ނެގުމަށް ކުޅުދުއްފުށީ ކުޅި ކައިރިއަށް ގިނަ ބަޔަކު ދެ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ދޫނިތަކުގެ ފޮޓޯތަކަށް ވެސް ބޮޑު ސަމާލުކަމެއް ވަނީ ލިބިފަ އެވެ.
ފްލެމިންގޯ އަކީ މާކަނާ އާއިލާ އަށް ނިސްބަތްވާ، މާކަނާ އަށް ވުރެ ބޮޑު ދޫންޏެކެވެ. މާކަނާއާ އެއްގޮތަކަށް ކަރު ދިގުކޮށް ހުންނަ މި ދޫނި އެންމެ ބޮޑަށް ތަފާތު ވަނީ ކުލަޔާއި ތުނބުންނެވެ.
ފްލެމިންގޯއަކީ ރާއްޖޭގައި އާންމުކޮށް އުޅޭ ދޫންޏެއް ނޫނެވެ. މި ދޫނިތައް ރާއްޖޭގެ އެކި ރަށްރަށުން ފެންނަން ފެށީ 2022 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެންމެ ފުރަތަމަ ހއ. އަތޮޅުންނެވެ. އޭގެ ފަހުން އުތުރުގެ އެކި ރަށްރަށުގެ ކުޅިތަކުގައި އެ އަހަރު އުޅުނެވެ. މިއީ ހިމާޔަތްކޮށްފައިވާ ދޫނީގެ ތެރޭގައި ހިމެނޭ ދޫންޏެކެވެ.
ފްލެމިންގޯތައް އަނެއްކާވެސް ކުޅުދުއްފުށީ ކުޅިއަށް
ފްލެމިންގޯތައް މިފަހަރު ދިޔައީ ކުޅުދުއްފުއްޓަށް
ދޫނި ހިމާޔަތްކުރަން ދިރާސާކުރުމުގެ އެއްބަސްވުމެއް
މުހައްމަދު މަރުވީ ގެނބިގެން، މީހަކަށް ތުހުމަތެއް ނެތް
ކުޅުދުއްފުށީ ނޮލެޖް ސެންޓަރަށް ދިރާގުގެ އެހީ
ފޯނު ވަގު އަލަމާރި ތެރޭ ފިލާ އޮއްވައި ހައްޔަރުކޮށްފި
ކުޅުދުއްފުށީގައި މީހުން ދިރިއުޅޭ ގެއެއްގައި ރޯވެއްޖެ
ސަރުކާރުން އުޅެނީ ކައުންސިލްތަކުގެ އިތުބާރު ގެއްލުވާލަން
ބާރުތައް އަތުލުން ރައްޔިތުން ގަބޫލެއް ނުކުރާނެ: އިބޫ
އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސް ފަށައިފި