Roadha Mihaaru
ފްލެމިންގޯތައް މިފަހަރު ދިޔައީ ކުޅުދުއްފުއްޓަށް

ފްލެމިންގޯތަކުގެ ފުރަތަމަ މަންޒިލަކީ މިފަހަރު ކުޅުދުއްފުށި!

11 ޖެނުއަރީ 2023

އިރުވައި މޫސުން ފެށުމާއެކު ގުޑުގުޑާ ދޫނިތައް (ފްލެމިންގޯ) އަނެއްކާވެސް ރާއްޖެއަށް ޒިޔާރަތްކުރަން ފަށައި ހދ. ކުޅުދުއްފުށި ހިތްގައިމުކޮށްލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިރުވައި މޫސުން ފެށުމާއެކު ގުޑުގުޑާ ދޫނިތައް (ފްލެމިންގޯ) އަނެއްކާވެސް ރާއްޖެއަށް ޒިޔާރަތްކުރަން ފަށައި ހދ. ކުޅުދުއްފުށި ހިތްގައިމުކޮށްލައިފި އެވެ.

ކުޅުދުއްފުށީ ކުޅިއަކީ މިފަހަރު ރާއްޖެ އަންނަ ދޫނިތަކުގެ ފުރަތަމަ މަންޒިލެވެ.

ފްލެމިންގޯ އަކީ މާކަނާ އާއިލާއަށް ނިސްބަތްވާ، މާކަނާއަށް ވުރެ ބޮޑު ދޫންޏެކެވެ. މާކަނާއާ އެއްގޮތަކަށް ކަރު ދިގުކޮށް ހުންނަ މި ދޫނި އެންމެ ބޮޑަށް ތަފާތު ވަނީ ކުލައިންނެވެ.

ގުޑުގުޑާ ދޫނިތައް ކުޅުދުއްފުށީ ކުޅީގައި.-- ފޮޓޯ: ޖައުފަރު އަލީ

ގުޑުގުޑާ ދޫނިތައް ކުޅުދުއްފުށީ ކުޅީގައި.-- ފޮޓޯ: ޖައުފަރު އަލީ

ފްލެމިންގޯއަކީ ރާއްޖޭގައި އާންމުކޮށް އުޅޭ ދޫންޏެއް ނޫނެވެ. މި ދޫނިތައް ރާއްޖޭގެ އެކި ރަށްރަށުން ފެންނަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އެންމެ ފުރަތަމަ ހއ. އަތޮޅުންނެވެ. އޭގެ ފަހުން އުތުރުގެ އެކި ރަށްރަށުގެ ކުޅިތަކުގައި އުޅުނެވެ.

ގުޑުގުޑާ ދޫނިތައް ކުޅުދުއްފުށީ ކުޅީގައި.-- ފޮޓޯ: ޖައުފަރު އަލީ

ގުޑުގުޑާ ދޫނިތައް ކުޅުދުއްފުށީ ކުޅީގައި.-- ފޮޓޯ: ޖައުފަރު އަލީ

މިދިޔަ އަހަރު ވެސް މި ދޫނިތައް ރާއްޖެ އައިއިރު ވެސް ކުޅުދުއްފުށީ ކުޅިން ފެނުނެވެ.

އެ ރަށު ފޮޓޯގްރާފަރު ޖައުފަރު އަލީ (ޖައު) "މިހާރު" އަށް ބުނީ މިއީ އެ ރަށުގެ ކުޅިތަކަށް ފްލެމިންގޯ އައި ތިންވަނަ ފަހަރު ކަމަށެވެ.

"ފުރަތަމަ ފަހަރު އައީ ނުވަ ދޫނި. އޭގެތެރެއިން ދެ ދޫނި އިން ޖެހިގެން އައިބުރު ދޫނިތައް އައި އިރު ވެސް. ފަހުން އެއްކޮށް އެ ދޫނިތައް އެއްކޮށް ދިޔައީ. ދެން މިފަހަރު އެ އައީ، ފަސް ދޫނި،" އޭނާ ބުންޏެވެ.

ޖައުފަރު ބުނީ އެހެން މިފަހަރު އެ ރަށުގެ މަަށި ކުޅިއަށް އައި ދޫނިތައް ކުރީގެ ދޫނިތަކަށްވުރެ ކުދި ކަމަށެވެ.

ގުޑުގުޑާ ދޫނިތައް ކުޅުދުއްފުށީ ކުޅީގައި.-- ފޮޓޯ: ޖައުފަރު އަލީ

ގުޑުގުޑާ ދޫނިތައް ކުޅުދުއްފުށީ ކުޅީގައި.-- ފޮޓޯ: ޖައުފަރު އަލީ

މި ދޫނިތަކުގެ ފޮޓޯ ނަގަން ގިނަ ބަޔަކު ކުޅިޔަށްދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ފްލެމިންގޯއަކީ ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. އެ ދޫނިތައް ވިއްކާ ފަރާތްތަކުގެ އިތުރުން ގަންނަ ފަރާތްތަކަށް ވެސް ގަވައިދުގެ ދަށުން ފިޔަވަޅު އަޅަ އެވެ.

ގުޑުގުޑާ ދޫނިތައް ކުޅުދުއްފުށީ ކުޅީގައި.-- ފޮޓޯ: ޖައުފަރު އަލީ

ގުޑުގުޑާ ދޫނިތައް ކުޅުދުއްފުށީ ކުޅީގައި.-- ފޮޓޯ: ޖައުފަރު އަލީ

މިދިޔަ އަހަރު ފްލެމިންގޯތައް ރާއްޖޭގައި އުޅެނިކޮށް ހއ. ބާރުގެ މީހަކު ވަނީ އޭގެ ތެރެއިން ދޫންޏެއް ހިފައި ވިއްކަން އުޅެފަ އެވެ. ވައިބާ ގްރޫޕެއްގައި ޖެހި އެ ޕޯސްޓް ފެނިގެން އެ މީހާ ހައްޔަރުކޮށް ޖޫރިމަނާ ވެސް ކުރި އެވެ.

އޭނާ ފިޔަކޮށާލި ދޫނި އަތުލައި އީޕީއޭ އިން ބަލަހައްޓަމުން ދަނިކޮށް މަރުވީ އެވެ.

ގުޑުގުޑާ ދޫނިތައް ކުޅުދުއްފުށީ ކުޅީގައި.-- ފޮޓޯ: ޖައުފަރު އަލީ

ގުޑުގުޑާ ދޫނިތައް ކުޅުދުއްފުށީ ކުޅީގައި.-- ފޮޓޯ: ޖައުފަރު އަލީ

ފްލެމިންގޯގެ ހަ ވައްތަރުގެ ތެެރެއިން އެންމެ ބޮޑުވާ ގްރޭޓާ ޕްލެމިންގޯ 4.7 ފޫޓާއި 3.9 ފޫޓަށް ދިގުވެ އެވެ. އެންމެ ކުދި ފްލެމިންގޯ ލެސާ ބޮޑުވަނީ 2.6 ފޫޓަށެވެ.