10 ފެބުރުއަރީ 2022
މުޅި ގައުމުގައި އިއްޔެ އެއް އަޑަކަށް އިވެމުން ދިޔައީ، އެތައް ބައެއްގެ ހިތާއި ލެޔާ ކުޅެލި، ދޫނިތަކެއް މާރަލި މައްސަލައިގެ "ހިތާމަވެރި" އަޑުތަކެވެ. ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެ އަށް އެތެރެކުރާ ދިރޭ ތަކެތި ނައްތައިލުމުގެ ގޮތުން މެރުމަކީ އާ ކަމަކަށް ނުވިޔަސް، މި ހަފުތާގައި އާންމުވި ފޮޓޯތަކާއި ވީޑިއޯތައް ފެނި، އާންމުންގެ ގާތަށް އައީ ހެސްކިޔާފައި ރުޅި އެވެ. އެ މަންޒަރު ބަލަން ހިތަށް ކެތެއް ނުވި އެވެ. އަދި އެ އެއްޗެހި މަރާލުން ނޫން ގޮތެއް ހަމަ ނެތީތޯ ތަކުރާރުކޮށް ސުވާލުކުރެވުނެވެ.
މުޅި ގައުމުގައި އިއްޔެ އެއް އަޑަކަށް އިވެމުން ދިޔައީ، އެތައް ބައެއްގެ ހިތާއި ލެޔާ ކުޅެލި، ދޫނިތަކެއް މާރަލި މައްސަލައިގެ "ހިތާމަވެރި" އަޑުތަކެވެ. ގާނޫނާއި ގަވައިދާ ހިލާފަށް ރާއްޖެ އަށް އެތެރެކުރާ ދިރޭ ތަކެތި ނައްތައިލުމުގެ ގޮތުން މެރުމަކީ އާ ކަމަކަށް ނުވިޔަސް، މި ހަފުތާގައި އާންމުވި ފޮޓޯތަކާއި ވީޑިއޯތައް ފެނި، އާންމުންގެ ގާތަށް އައީ ހެސްކިޔާފައި ރުޅި އެވެ. އެ މަންޒަރު ބަލަން ހިތަށް ކެތެއް ނުވި އެވެ. އަދި އެ އެއްޗެހި މަރާލުން ނޫން ގޮތެއް ހަމަ ނެތީތޯ ތަކުރާރުކޮށް ސުވާލުކުރެވުނެވެ.
ތިމާވެށި ހިމާޔަތްކުރުމަށް އަޑުއުފުއްލަވާ އަދި އީޕީއޭގެ ޑިރެކްޓާ ޖެނެރަލް ކަން ވެސް ކުރައްވާ އިބްރާހިމް ނައީމަށް ވެސް މި ޚަބަރު އިވުމާ އެކު ލިބުނީ "ޝޮކެކެވެ". އޭނާ ވިދާޅުވީ، ބައެއް ހާލަތްތަކުގައި، ދިރޭ އެއްޗެހި ނައްތާލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަމަކު އެ ދުވަހު އެ މަރާލެވުނީ، އެފަދަ ހާލަތެއްގައި ހުރި ދިރޭ އެއްޗެހިތޯ ރަނގަޅަށް ބެލިފައިވާ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.
"ނައްތާލަން ޖެހޭ އެއްޗެއް ނައްތާލަން ޖެހޭނެ. އެކަމަކު ނައްތާލުން ވާން ޖެހޭނީ އެންމެ ފަހު އޮޕަޝަނަށް،" ނައީމް ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު އިންޖެކްޝަން ޖަހައިގެން މަރާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އަށް އެތެރެކުރި ގުރާ އާއިލާގެ އެކި ވައްތަރުގެ 120 ދޫންޏެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގެ "ނިއާ ތްރެޓެންޑް" ކެޓަގަރީގައި ހިމެނޭ "ސަދަން މިލީ އެމެޒޯން" ނުވަތަ "އެމެޒޯނާ ފެރިސޯނާ"ގެ 10 ދޫނި ވެސް ހިމެނެ އެވެ.
ދޫނިތައް މަރާލާފައި: އެ ތަކެތި ނައްތާލީ ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނޭ.--- ފޮޓޯ/ސޯޝަލް މީޑިއާ
ނައީމް ވިދާޅުވީ، ދިރޭ އެއްޗެއް ނައްތާލަން ޖެހޭ ހާލަތެއް އަތުވެއްޖެ ނަމަ، އެކަން ވެސް ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު، އެކަން ވެސް ކުރަން ވާނީ ހާއްސަ އުސޫލުތަކެއް ތެރެއިން ކަމަށާއި މިހާރު ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އެފަދަ ހާލަތްތަކަކީ ސީދާ ކޮބައިކަން ގާނޫނާއި ގަވާއިދުތަކުގައި ތަފްސީލުކޮށް ބަޔާންކުރެވިފައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އަށް އެތެރެކުރާ ދޫނިތަކާ ގުޅޭ ކަންކަން ބެލެމުގެ ޒިންމާ ހަވާލުކޮށްފައި އޮންނަނީ ފިޝަރީޒް މިނިސްޓްރީއާ އެވެ. ދޫނި އެތެރެކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުން، ގަވާއިދާ ހިލާފަށް އެތެރެކުރާ ދޫނިތައް އެ މިނިސްޓްރީގެ ދަށުން ހިންގާ، ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ސާވިސަސް ޔުނިޓަށް ނައްތާލެވޭނެ އެވެ. އެކަމަކު އެ ނައްތާލެވެނީ ސީދާ ކޮން ހާލަތެއްގައި ކަމެއް ގަވާއިދުގައި ބަޔާންކޮށްފައެއް ނެތެވެ.
އެ ގަވާއިދުގައި ހަމައެކަނި ދީފައިވާ އިހުތިޔާރަކީ ދޫނިތައް އަނބުރާ ފޮނުވާލުމަށް ނުވަތަ އެ ނައްތާލުމަށް ދާ ހުރިހާ ހަރަދެއްގެ ޒިންމާ އެ އެތެރެކުރި ފަރާތުން އުފުލަން ޖެހޭ ގޮތަށް ހެދުމެވެ.
ނައީމް ދެކެވަޑައިގަންނަވާ ގޮތުގައި، އިސްލާހު ގެނަންވީ މި ގަވާއިދަށެވެ.
"ދުނިޔޭގެ އެހެން ގައުމުތަކުގައި ދިރޭ އެއްޗެއްހި ގެންގުޅުމާއި އެތެރެކުރުމުގެ އުސޫލުތަކުގައި ހުރޭ ބައެއް މާއްދާތައް ހިމަނާފައި މި އެއްޗެހި ނައްތާލެވޭނެ ގޮތްތައް ވަރަށް ތަފުސީލުކޮށް ބަޔާންކޮށްފައި. އެ ގައުމުތަކުގައި ވެސް އެއްޗެއް ނައްތާލުމަކީ އެންމެ ފަހު އޮޕަޝަން، އެކަން ކުރަނީ އިތުރު ގޮތެއް ނެތިގެން،" އޭނާ ވިދާޅުވި އެވެ.
ގުރާ ގެންގުޅޭ ދިވެހި ޒުވާނުންތަކެއް، "މަކާއޯ" އުދުއްސަނީ.--- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
"ދިރޭ އެއްޗެހި ނައްތާލުމުގެ ބަދަލުގައި އެހެން ގޮތްގޮތަށް އެ އެއްޗެހި ރީ-އެކްސްޕޯޓް ކުރުމާއި އެ ގެނައި ތަނަކަށް ފޮނުވާލުމާއި އެ ކަހަލަ އެކި ގޮތްގޮތަށް އެއަށް އަނިޔާވެރިނުވެ، އެކަން ކުރެވޭނެ ގޮތެއް ބަލަން މިހާރު މާ ބޮޑަށް ވެސް ލަސްވެއްޖެ،" އޭނާގެ ކަންބޮޑުވުން ހިއްސާކުރެއްވި އެވެ.
"އެހެން ގެންނަން ބައެއް ދިރޭ ތަކެއްޗާއި ގަސްގަހުގައި ވެސް ވަރަށް ބަލިތައް ހުރޭ. އެ އެއްޗެހި ޖެހޭނީ ހަމަ ނައްތާލަން، އެއީ ކިތައްމެ ދެރަވިޔަސް. އޭގެ ސަބަބުން މީހުން ބަލިވެ، ދޫނިތަކާއި އެހެން ދިރުންތަކަށް ފެތުރޭނެ ކަމަށް ޔަގީންވަންޏާ ހަމަ ޖެހިދާނެ ނައްތާލަން."
މަނާ އެއްޗެއް ގެނަޔަސް، އެ އެއްޗަކީ ރައްކާތެރި ގޮތުގައި ގައުމުން ބޭރު ކުރެވޭނެ އެއްޗެއް ނަމަ، ފުރަތަމަ ކަމަކަށް އެ ފުރުސަތު ދޭން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ވަރަށް ދެރަކޮށް ހިނގައިދިޔަ ކަމެއް މިއީ އެކަމަކު މިހާރު އެކަން އެ އޮތީ ވެފައި. ދެންވީ ވީހާ ވެސް އަވަހަކަށް އުސޫލުތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްގެން މިކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރުން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، މި މައްސަލައިގައި ކަމާބެހޭ އިދާރާތަށް އޮތީ ކޮޅެއް ނުފެނަން ހިސާބުގަ އެވެ. ޒިންމާ ނަގާނެ މީހަކު ނުވެ، އެކަކު އަނެއްކެއްގެ ބޮލަށް ޒިންމާ ކަނޑާލަނީ އެވެ.
މި މައްސަލަ ހޫނުވުމުން، އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ފަހު އަދި ކުރިން ވެސް ކުރަމުން އައި ގޮތަށް ގަވާއިދުގައި އެކަމަށް އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ، ގަވާއިދާ ހިލާފަށް އެތެރެކުރާ ދޫނިތައް އެ ގެނައި ގައުމަކަށް އަނބުރާ ފޮނުވައިލުމުގެ ފުރުސަތު ގަވާއިދުގެ ދަށުން ލިބިދީފައި އޮތަސް، ފިޝަރީޒް މިނިސްޓްރީން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.
ފިޝަރީޒް މިނިސްޓަރީން އިތުރު ވިސްނުމަކަށް ނުގޮސް، އެ ދޫނިތައް މަރާލުމަކީ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް އާންމުން ވެސް ދަނީ ބުނަމުންނެވެ. ގަވާއިދާ ހިލާފަށް ދޫނިތަށް އެތެރެކުރިޔަސް، އިންސާނަކު ކުރާ ކުށެއްގެ ސަބަބުން، އެ އެއްޗެއްސަށް އަނިޔާކޮށްގެން ނުވާނެ ކަމަށް މީހުން ބުނެ އެވެ.
ފިޝަރީޒް މިނިސްޓްރީ އާއި އޭޖީ އޮފީހުގެ ކޯޅުގަނޑުގައި، އާންމުން އިތުރަށް ރަތަށް އެރުމާ އެކު އެންމެފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މައްސަލަ ވަރަށް ގާތުން ބައްލަވަން ނިންމަވައި، އެކަން ހިނގާދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓެއް އެމަނިކުފާނަށް ހުށަހަޅަން ފިޝަރީޒް މިނިސްޓްރީ އަށް އަންގައިފަ އެވެ.
ދޫނިތައް ނުމަރާ ފޮނުވާލެވޭނެ: އޭޖީ އޮފީސް
ދޫނި ހިމާޔަތްކުރަން ދިރާސާކުރުމުގެ އެއްބަސްވުމެއް
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
ދޫނި ހިޖުރަކުރާ މޫސުން ފެށިއްޖެ، އެދެނީ ގޯނާ ނުކުރަން
ފުށިދިއްގަރުފަރުގެ ޖޫރިމަނާ ނުދެއްކި، މައްސަލަ އޭޖީއަށް
20 އަހަރު ކުރިން ހިއްކި ބިން ބޭނުންނުކޮށް އެބަހުރި
ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލައިފި
ދޮންދީނި ހިމާޔަތްކުރަން ކާޅު މެރުމުގެ ލަފަޔަކަށް އެދެފި
"ނައީމަށް އިންޒާރު ދިނީ ޕީއެސް، ނުފޫޒެއް ނުފޯރުވަން"