03 ޖެނުއަރީ 2022
ނ. އަތޮޅު ރިސޯޓެއްގެ ތުނޑިމަތިން ދަތުރުކުރި އެއާ ޓެކްސީއެއްގައި ޖެހި ގިނަ އަދަދެއްގެ ކިރުދޫނިތަކެއް މަރުވެއްޖެ އެވެ.
ނ. އަތޮޅު ރިސޯޓެއްގެ ތުނޑިމަތިން ދަތުރުކުރި އެއާ ޓެކްސީއެއްގައި ޖެހި ގިނަ އަދަދެއްގެ ކިރުދޫނިތަކެއް މަރުވެއްޖެ އެވެ.
މި މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި މިއަދު މެންދުރު ފަހު އެ ތުނޑިމަތީގައި ކިރުދޫނިތައް އުދުހެމުން ދަނިކޮށް، ޓްރާންސް މޯލްޑިވިއަންގެ އެއާ ޓެކްސީއެއް ވަނީ ދޫނިތަކުގެ މެދުން ހުރަސް ކޮށްފަ އެވެ. އަދި އާންމުކޮށް އެއާ ޓެކްސީތައް ދަތުރުކުރަނީ ވެސް އެ ތުނޑިމަތިން ކަމަށް އޭނާ ބުންޏެވެ.
މަރުވެފައިވާ ކިރުދޫނިތަކުގެ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މިކަމާ ގުޅޭ ގޮތުން އީޕީއޭގެ ބަހެއް އަދި ނުލިބެ އެވެ. އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ އެއާ ޓެކްސީއަކުން ޖެހި ދޫނިތަކެއް މަރުވި މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެކަން ބެލުމަށް އީޕީއޭ އަށް އަންގާފައިވާނެ ކަމަށެވެ.
Air taxi in jehi maruvi dhoonithah. Dhoonithah thundeega ulhey kan engey iruves komme dhuvahaku ves Air taxi annanee edhimaalun. pic.twitter.com/kGwr6VxpS8
— Boy (@iamMujey) January 3, 2022
"މިހާރު" އަށް އެނގިފައިވާ ގޮތުން އީޕީއޭގެ ޓީމެއް މިހާރު ވަނީ އެތަނަށް ގޮސްފަ އެވެ.
މި މައްސަލަ ސޯޝަލް މީޑިއާ އަށް ތިލަވުމުން، ގިނަ ބަޔަކު އަންނަނީ މި މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދޫންޏެއް ކަމަށްވާ ކިރުދޫނި އާންމު ގޮތެއްގައި ފެންނަނީ ދޮންވެލި ފިނޮޅުތަކުންނާއި ރަށްރަށުގެ ތުނޑިތަކާއި އަދި ކަނޑުމަތިންނެވެ.
ހިމާޔަތްކޮށްފައި ދިރޭ ތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން، ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗަކަށް ގޯނާ ކޮށްފި ނަމަ 30،000ރ. އާއި 50،000ރ. އާ ދެމެދުގެ ޖޫރިމަނާ ކުރެވޭނެ އެވެ.
ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، ގެއްލުން ދިނީ އެއް ދޫނި ނަމަ 20،000ރ. އިން އަދި އެއަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 25،000ރ. އަދި ހިމާޔަތްކޮށްފައިވާ ދޫންޏެއް ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 10،000ރ. ޖޫރިމަނާކުރެވޭނެ އެވެ.
ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލައިފި
ކޮތަރާ އެކު 100 އަށް ވުރެ ގިނަ ދޫނި ހިމާޔަތްކޮށްފި
ދޫނި ހިޖުރަކުރާ މޫސުން ފެށިއްޖެ، އެދެނީ ގޯނާ ނުކުރަން
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ހިޖުރަކުރާ ދޫނިތަކަށް ގޯނާ ނުކުރަން އިންޒާރު ދީފި
ޓޫރިސްޓުން ފިނޮޅުތަކުގައި، ދޫނިތައް ނުޖެއްސި ބޯމަތީގައި
ހިމާޔަތްކޮށްފައިވާ ދޫންޏަށް ގޯނާކުރާތީ އިންޒާރު ދީފި
ދޮންދީނި ހިމާޔަތްކުރަން ކާޅު މެރުމުގެ ލަފަޔަކަށް އެދެފި
ގުރާ ސަލާމަތް ކުރަން ކުއްޔަށް ހިފީ ކެރޭނެއް
ޒުލެއްގެ ހުރިހާ ދޫންޏެއް ގަނެ ދޫކޮށްލައިފި