15 އޮކްޓޯބަރ 2018
އަގު ބޮޑުކޮށް ގަނެފައިވާ މަކާއޯ ގުރައެއް ގެއްލިގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯދަމުން ދަނިކޮށް އެ ދުވަހު އިރުއޮއްސުނު ވަގުތު އެ ގުރާ ފެނުނީ ގަލޮޅު ދަނޑު ކައިރީގައި ހުންނަ މިސްކިތުގެ ގޯތި ތެރޭގައި ބިޔަކޮށް ހެދިފައިވާ ގަހެއްގެ ކުރީގައި އިންދަ އެވެ.
އަގު ބޮޑުކޮށް ގަނެފައިވާ މަކާއޯ ގުރައެއް ގެއްލިގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ހޯދަމުން ދަނިކޮށް އެ ދުވަހު އިރުއޮއްސުނު ވަގުތު އެ ގުރާ ފެނުނީ ގަލޮޅު ދަނޑު ކައިރީގައި ހުންނަ މިސްކިތުގެ ގޯތި ތެރޭގައި ބިޔަކޮށް ހެދިފައިވާ ގަހެއްގެ ކުރީގައި އިންދަ އެވެ.
ދޫނީގެ ވެރިޔާ އަލީ ނަސީމް (ތަކަނޭ) ކޮންމެހެން ވެސް އެ ދޫނި ސަލާމަތް ކުރަން ބޭނުންވެ އެވެ. އެއީ އޭނާ 35،000 ރުފިޔާ އަށް ގަނެފައިވާ ދޫންޏެކެވެ. ހޮނިހިރު ދުވަހުގެ އިރުއޮއްސުނު ވަގުތުން ފެށިގެން އޭނާ އެ ގަސްކައިރީ އުޅުނެވެ. ދޫނި ފައިބާނެ ވަގުތަކަށް ބަލަބަލަ އެވެ.
"ގޮވާލީމަ ގުރާ ނައީމަ އެނގިއްޖެ ފައިގަ އިންނަ ޗޭނުގަނޑު ތާށިވެފަކަން އެ އިނީ. އޮފި އެލޭ ގަހެއް. އެ އަށް އެރޭކަށް ނެތް. ވިއްސާރަ ވެސް ދުސްކޮޅެއް ވީމަ،" ދޫނި ހޯދަން ކުރި މަސައްކަތް އޭނާ ކިޔައިދިނެވެ.
ކެރޭނުގެ އެހީގައި އަލީ ނަސީމް ގުރާ ސަލާމަތް ކޮށްގެން-- ފޮޓޯ: ފޭސްބުކް
އެރޭ ނުނިދާ އޭނާ އެ ގަސް ކައިރީގައި އުޅުނީ ގުރާ ހިފޭނެ ގޮތަކާ މެދު ވިސްނުމަށެވެ. އެންމެ ފަހުން އޭނާ އަށް އައި ހިޔާލަކީ ކެރޭނެއްގެ އެހީގައި އޭނާ އެ ހިސާބަށް އަރައި ދޫނި ސަލާމަތް ކުރުމެވެ.
އިއްޔެ 11:00 ހާ އިރު އޭނާ ވަނީ އާރުކޭއެލް އިން 3،000 ރުފިޔާ ދީ ކެރޭނެއް ކުއްޔަށް ހިފައިފަ އެވެ. ކާރޫބާރޫ ބޮޑު މަޖީދީ މަގުގައި ކެރޭން ބާއްވައި އޭގެ ދަނޑީގެ ކޮޅުގައި ބެލްޓް އެޅުވުމަށް ފަހު އޭގެ އެހީގައި އޭނާ ދޫންޏާ ހަމަ އަށް އެރި އެވެ. ވިއްސަކަށް މިނެޓްގެ މަސައްކަތުން އޭނާ ވަނީ ދޫންޏަށް ގެއްލުމެއް ނުލިބި އޭތި ސަލާމަތްކޮށްފަ އެވެ.
ގުރާ ހިފަން ކެރޭނުގައި އަރަނީ-- ފޮޓޯ: ފޭސްބުކް
"އޭރު ދެ ދުވަސް އެވަނީ އެއްޗެއް ނުކައި އޭތި އިންނަތާ. އެހެންވެ އޭތި ކޮއްޖަހާ ހަދާނެވަރު އެނގޭނީ އަހަންނަށް. އެހެންވެ އެރީ،" އަލީ ނަސީމް ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ގުރަ އަށް އެއްވެސް މައްސަލައެއް ކުރިމައްޗެއްނުވެ އެވެ. އެ ގުރާގެ އިތުރުން 45،000 ރުފިޔާ ދީފައި ގަނެފައިވާ އެފްރިކަން ގްރޭ އަކާއި އެމޭޒަން އެއްވެސް އޭނާ ގެންގުޅެ އެވެ.
ދޫނި ހިޖުރަކުރާ މޫސުން ފެށިއްޖެ، އެދެނީ ގޯނާ ނުކުރަން
ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލައިފި
އެއާ ޓެކްސީއަކުން ޖެހި ކިރުދޫނިތަކެއް މަރުވެއްޖެ
ކޮތަރާ އެކު 100 އަށް ވުރެ ގިނަ ދޫނި ހިމާޔަތްކޮށްފި
ހިމާޔަތްކޮށްފައިވާ ދޫންޏަށް ގޯނާކުރާތީ އިންޒާރު ދީފި
ޒުލެއްގެ ހުރިހާ ދޫންޏެއް ގަނެ ދޫކޮށްލައިފި
ދޫނި ހިމާޔަތްކުރަން ދިރާސާކުރުމުގެ އެއްބަސްވުމެއް
ހިމާޔަތްކޮށްފައިވާ ދިރުންތަކަށް ގެއްލުންދޭ ވަރު އިތުރު
ދިރޭ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް
ފުނަދޫ ކުޅީގައި އަނެއްކާ ވެސް ފްލެމިންގޯތަކެއް!