Roadha Mihaaru
ކުޑަގިރި ފަރަށް އެރި ބޯޓު ރާއްޖެއިން ފުރުން މަނާކޮށްފި

ކުޑަގިރި ފަރަށް އެރި ބޯޓު ރާއްޖެ އިން ފުރުން މަނާކޮށްފި

09 އޮކްޓޯބަރ 2023

ކ. ތިލަފުށި ކުޑަގިރި ފަރަށް އެރި މައްސަލާގައި ޖޫރިމަނާ ކޮށްފައިވާ ބޯޓު ރާއްޖެ އިން ފުރުން މަނާކުރަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކ. ތިލަފުށި ކުޑަގިރި ފަރަށް އެރި މައްސަލާގައި ޖޫރިމަނާ ކޮށްފައިވާ ބޯޓު ރާއްޖެ އިން ފުރުން މަނާކުރަން ސިވިލް ކޯޓުން އަމުރެއް ނެރެފި އެވެ.

މިދިޔަ ޖެނުއަރީ މަހު ތިލަފުށީ ކުޑަގިރި ފަރަށް އެރި އޭއެމް އެމްއެސްވީ މަރިޔާ ސިންތަޔަތިރައި ރިޔަނަ ބޯޓު އެ ފަރަށް އެރި މައްސަލާގައި އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ އެ އުޅަނދުގެ ވެރިފަރާތް ތިން މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ.

ޖޫރިމަނާ ފައިސާ ނުދައްކާތީ އެ މައްސަލަ އީޕީއޭ އިން ސިވިލް ކޯޓަށް ހުށަހެޅުމަށް ފަހު އެ ބޯޓު ފުރުން މަނާކުރުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދުނެވެ. އެހެންވެ، މިދިޔަ ހުކުރު ދުވަހު ކޯޓުން ނެރުނު އަމުރުގައި ވަނީ އެ މައްސަލަ ނިމެންދެން ނުވަތަ ވަކި ގޮތަކަށް އަންގަންދެން އެ ބޯޓު ފުރުން މަނާ ކުރުމަށެވެ.

އެ އުޅަނދަށް އެއްވެސް ބަދަލެއް ނުގެނައުމަށާއި އެ ބޯޓުގެ މައްޗަށް ތިން ވަނަ ފަރާތެއްގެ ހައްގެއް އުފަން ވެދާނެ ކަމެއް ނުކުރުމަށް ވެސް ކޯޓު އަމުރުގައި އަންގާފައި ވެ އެވެ.

އީޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި އެ ބޯޓު ފަރަށް އެރުމުގެ ސަބަބުން ކުޑަގިރި ފަރުގެ 130 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވެ އެވެ.