މާލެ ކައިރީގައި އޮތް ކާގޯ ބޯޓެއްގައި އިންޑިއާގެ ދެ ފަޅުވެރިއަކު "ތާށިވެފައި" ތިބޭތާ 13 މަސް ދުވަސް ވެފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.
20 އޯގަސްޓް 2023
މާލެ ކައިރީގައި އޮތް ކާގޯ ބޯޓެއްގައި އިންޑިއާގެ ދެ ފަޅުވެރިއަކު "ތާށިވެފައި" ތިބޭތާ 13 މަސް ދުވަސް ވެފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓުކޮށްފި އެވެ.
"ޓައިމްސް އޮފް އިންޑިޔާ" އިން ބުނި ގޮތުގައި ޓެމިލް ނާޑޫ އަދި ކެރަލާ އަށް ނިސްބަތްވާ މީހުން ތިބީ "އެމްވީ ޕުރަވަލަން 1" ނަމަކަށް ކިޔާ ބޯޓެއްގަ އެވެ. އެ މީހުން ބޯޓުން ފައިބަން އެތައް ފަހަރަކު އެދުނަސް، އެކަމުގެ ހުއްދަ ބޯޓު އޮޕަރޭޓުކުރާ ކުންފުނިން ނުދިން ކަމަށް އެ މީހުންނާ ހަވާލާދީ ނޫހުން ބުންޏެވެ.
އެ މީހުން ބޯޓުގައި ތިބޭތާ މިހާރު އެއް އަހަރު ވެފައި ވާއިރު އެ މުއްދަތުގައި މުސާރަ ވެސް ނުދޭ ކަމަށް ވަނީ ބުނެފަ އެވެ.
މާލޭގައި އޮންނަ މައި ބަނދަރުގެ ގާތްގަނޑަކަށް ތިން މޭލު ބޭރުގައި ބޯޓު އަޅާފައި އޮތީ ޓުޓިކޮރިންއަށް ފުރަން ތައްޔާރުވެގެންނެވެ.
"އަހަރެން ކައިރީ ބުނީ އިތުރު ފަޅުވެރިން އައުމުން އިންޑިޔާއަށް ދަތުރު ފަށާނެ ކަމަށް. އެކަމަކު ދެ މަސް ދުވަސް ވީއިރު ވެސް އެހެން ފަޅުވެރިއަކު ނާދޭ. އަހަރެން އެދުނީ ބޯޓުން ފައިބަން، އެކަމަކު މެނޭޖުމަންޓުން އެކަމުގެ ހުއްދަ އެއް ނުދިން،" އެތަނުން އެކަކު ބުނެފައިވެ އެވެ.
އޭގެފަހުން ސްރީ ލަންކާގެ ހަތަރު ފަޅުވެރިއަކު ބޯޓަށް އަޔަސް އަދިވެސް ދަތުރު ނުފަށާ ކަމަށް އޭނާ ބުންޏެވެ.
ނޫހުން ބުނެފައިވާ ގޮތުގައި، އެތައް ފަހަރެއްގެ މަތިން އިންޑިއާގެ ކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން އެންމެ ފަހުން މިދިޔަ އަންގާރަ ދުވަހު ވަނީ އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަންގައިފަ އެވެ. އެހެންވެ މިހާރު ވަނީ ކޮންމެ ފަޅުވެރިޔަކަށް 1،000 ޑޮލަރު ދޭނެ ކުންފުނިން ބުނެފައި ކަމަށް އެ ނޫހުގައިވެ އެވެ.
ބޯޓު އޮޕަރޭޓު ކުރާ ކުންފުނީގެ އޮފިޝަލަކު އެ ނޫހަށް ބުނެފައިވަނީ ބޯޓު ރާއްޖޭގައި ތާށިވެފައި އޮތީ ރާއްޖޭގެ ސިވިލް ކޯޓުގެ އަމުރަކަށް ކަމަށެވެ.
ބޯޓުގައި ތިބި ފަޅުވެރިންނަށް ބޭނުންވާ ކާބޯތަކެއްޗާއި ތެޔޮ ނެތް ކަމަށް ބުނާ ވާހަކަތައް އޮފިޝަލް ވަނީ ދޮގުކޮށްފަ އެވެ. އަދި ފަޅުވެރިންގެ މުސާރަ ދީ، އިންޑިއާއަށް ދިޔުމަށް ވަރަށް އަވަހަށް ދަތުރު ފަށާނެ ކަމަށް ބުނެފައިވެ އެވެ.
ކާގޯ ފެރީން ދެކުނަށް ކޮންމެ 20 ދުވަހަކުން ދަތުރެއް
އިންޑިއާ އިން އަސާސީ މުދާ ދޭ މިންވަރު އިތުރުކޮށްފި
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އިންޑިއާއަށް
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ސަފީރުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް އަރުވައިފި
އަބްދުއްރަހީމް މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
މާލޭގައި ޕާކިން ބިލްޑިންތައް އަޅަނީ އިންޑިއާގެ އެހީގައި
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ބޮލީވުޑްގެ ފަންނާނުންނާ އެކު ރާއްޖެ ޕްރޮމޯޓްކޮށްފި
ޕޮންގަލް ފާހަގަކުރަން އުޅެނިކޮށް ހުއްޓުވައިފި