08 ސެޕްޓެމްބަރ 2017
އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އޮމާން އަތުން 5-0 އިން ބަލިވުމުން މިހާރު މި ގްރޫޕްގައި ކުރިއަށްދާން އޮތް ޓީމުތަކުގެ ތެރެއިން އެންމެ ޕްރެޝަރު ބޮޑީ ރާއްޖެ އަށް ކަމަށް އޮމާންގެ ކޯޗު ނެދަލެންޑްސްގެ ޕިމް ވާބީކް ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އޮމާން އަތުން 5-0 އިން ބަލިވުމުން މިހާރު މި ގްރޫޕްގައި ކުރިއަށްދާން އޮތް ޓީމުތަކުގެ ތެރެއިން އެންމެ ޕްރެޝަރު ބޮޑީ ރާއްޖެ އަށް ކަމަށް އޮމާންގެ ކޯޗު ނެދަލެންޑްސްގެ ޕިމް ވާބީކް ބުނެފި އެވެ.
ޔޫއޭއީގައި 2019 ގައި އޮންނަ މުބާރާތަށް ކޮންމެ ގްރޫޕަކުން ވެސް ދެ ޓީމު ކޮލިފައިވާއިރު، ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު ފަލަސްތީނެވެ. ދެ ވަނައިގައި އޮމާން އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ރާއްޖެ ތިން ވަަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، ބޫޓާން އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.
"މިހާރު އަހަރެމެންނަށް އޮތް ޕްރެޝަރު ކުޑަވެއްޖެ. އެއީ ރާއްޖެ އަތުން ހޯދި ބޮޑު މޮޅާ އެކު އަހަރެމެންނަށް ކުރިއަށް ފިޔަވަޅެއް އެޅުމުން،" ކުރިން އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާ އަށް ކޯޗުކޮށްދިން ވާބީކް ބުންޏެވެ.
އެކަމަކު އޭނާ ބުނި ގޮތުގައި މިހާރު އޮމާނަށް އެންމެ މުހިންމީ އަންނަ މަހު 10 ގައި މާލޭގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗާ މެދު
"އެ މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިހާރު އެންމެ ޕްރެޝަރު ބޮޑީ ރާއްޖެ އަށް ކަމަށް ވުމުން."
މާލޭގައި ކުޅޭ އެއްވަރު ވިޔަސް ގްރޫޕްގައި ދެން ކުރިއަށް އޮތް ދެ މެޗަށް ނުކުންނައިރު އޮމާނަށް ކުރަން ޖެހޭ މަސައްކަތް ވަރަށް ކުޑަވާނެ އެވެ.
ވާބީކް ބުނީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ހާލަތު މިހާރު އޮތް ގޮތުން ކޮންމެ މެޗަކުން ވެސް ކޮންމެ ކަހަލަ ނަތީޖާއެއް ވެސް ނުކުމެދާނެ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ޓީމު އަމިއްލަ ފަސްގަނޑުގައި ކުޅޭ މެޗަށް އޮމާނުން ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށް އޭނާ ބުންޏެވެ.
"ރަށުން ބޭރުގައި ކޮންމެ ފަދަ ނަތީޖާއެއް ވެސް ނުކުމެދާނެ. އަހަރެންގެ ތަޖުރިބާގެ އަލީގައި އެއްވެސް މެޗަކަށް ނުނިކުންނާނަން މޮޅުވުން ނޫން ކަމަކަށް ޓާގެޓް ކޮށްގެން،" އޭނާ ބުންޏެވެ.
އޮމާން ވަނީ މި ފަހަރު ކޮލިފައިންގައި އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުން ވެސް ތަފާތު ބޮޑުކޮށް މޮޅުވެފަ އެވެ. ފަސޭހަކަމާ އެކު ރާއްޖެ އަތުން މޮޅުވުމުގެ ކުރިން ބޫޓާނާ ކުޅުނު މެޗުން މޮޅުވީ 14-0 އިންނެވެ.
އެ ޓީމު ބަލިވީ ރަށުން ބޭރުގައި ފަލަސްތީން އަތުން 2-1 އިންނެވެ.
ރާއްޖެ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފައިވަނީ އަމާޒަކީ އޭޝިއަން ކަޕުން ޖާގަ ހޯދުން ކަމަށެވެ.
އޮމާން އަތްދަށުވެ ރާއްޖެ އަށް އަމިއްލަ ބާރު ގެއްލިއްޖެ
އަމިއްލަ ދަނޑުގައި އޮމާން ބަލިކުރެވޭނެ: ގައުމީ ކޯޗު
ރާއްޖެ ބަލިކުރުން ނޫން ގޮތެއް ނެތް: އޮމާން ކޯޗު
ރާއްޖެއާ ދެކޮޅަށް ކުޅެން ފަސޭހަ ނުވާނެ: އޮމާން ކޯޗު
ބައެއް ކުޅުންތެރިންނަށް ކްލަބްގައި ކުޅެން ނުލިބޭ: ކޯޗު
މޮޅަކާއެކު ރާއްޖެއިން ކޮލިފައިން ނިންމާލައިފި
ވަރުގަދަ ޓީމުތަކާ ކުޅެން ކުޅުންތެރިން ޖެހިލުމެއް ނުވޭ
އުޒްބެކިސްތާން އަތުންބަލިވެ ރާއްޖެއަށް ދޮރު ބަންދުވެއްޖެ
ރާއްޖެ ބަލިވީ ހެދުނު ދެ ގޯހަކުން: މޮރިއޭރޯ
ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ރާއްޖެ ބަލިވެއްޖެ