11 ޖޫން 2022
އުޒްބެކިސްތާން އަތުން 4-0 ބަލިވެ، އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕުގެ ދޮރު ރާއްޖެ އަށް މުޅިން ބަންދު ވެއްޖެ އެވެ.
އުޒްބެކިސްތާން އަތުން 4-0 ބަލިވެ، އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕުގެ ދޮރު ރާއްޖެ އަށް މުޅިން ބަންދު ވެއްޖެ އެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ސީ ގައި، މި ގުރޫޕްގެ ކޮލިފައިން ކުރިއަށްދާ އުޒްބެކިސްތާނުން، ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖެހުމުން، މިހާރު ގުރޫޕްގެ ފުލުގައި އޮތީ ރާއްޖެ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ތައިލެންޑް އަތުން މިއަދު ލަންކާ ބަލިވީ 2-0 ންނެވެ.
ރާއްޖެ ކޮޅަށް ދެ މެޗުން ހަތް ލަނޑު ވަނީ ވަދެފަ އެވެ. ލަންކާ އާއި ރާއްޖެ އަށް އަދި ލަނޑެއް ނުޖެހެ އެވެ. ލަންކާ ކޮޅަށް، ދެ މެޗުން ވަދެފައި ވަނީ ފަސް ލަނޑެވެ.
އަންނަ އަހަރުގެ އޭޝިއަން ކަޕަށް ކޮލިފައި ވުމުގެ ޓާގެޓް، މީގެ ކުރިން ރާއްޖޭގައި މަސައްކަތް ކުރި ދެ ކޯޗަކަށް އެފްއޭއެމުން ހަވާލު ކުރި އެވެ. މިހާރުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަކީ އެފްއޭއެމުން މި ޓާގެޓް ހަވާލު ކުރި ތިންވަނަ ކޯޗެވެ.
ތައިލެންޑާއި އުޒްބެކިސްތާނުން ވަނީ، ރާއްޖެ އާއި ލަންކާ ބަލިކޮށް ކޮންމެ ޓީމަކުން ހަ ޕޮއިންޓް ހޯދާފަ އެވެ. ގުރޫޕްގެ އެއްވަނައިގައި އުޒްބެކިސްތާން އޮތީ ފައިދާ ހަތް ގޯލާއެކު އެވެ. ތައިލެންޑަށް އޮތީ ފައިދާ ފަސް ގޯލެވެ. މި ގުރޫޕްގެ އެއްވަނަ ކަށަވަރު ވާނީ ތައިލެންޑާއި އުޒްބެކިސްތާން ކުޅޭ މެޗުންނެވެ.
ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް، އުޒްބެކިސްތާނުން ފޮނުވާލި ބޯޅައެއް ދިފާއު ކުރަން މަސައްކަތް ކުރަނީ --- ފޮޓޯ: އެފްއޭއެމް
އުޒްބެކިސްތާންގެ ނަމަންގަންގެ މަރުކަޒީ ސްޓޭޑިއަމްގައި ކުޅުނު މެޗު ރާއްޖެއިން ފެށީ ޑިފެންސިވް ވިސްނުމެއްގަ އެވެ. ފަސް ޑިފެންޑަރުންނާ އެކު ފެށި ނަމަވެސް، މެޗުގެ ދެވަނަ މިނެޓްގައި އުޒްބެކިސްތާން އިން ވަނީ ރާއްޖޭގެ ގޯލް ހުޅުވައިފަ އެވެ. ދިވެހި ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އެ ޓީމަށް ލަނޑު ޖަހައި ދިނީ ކެޕްޓަން އެލްޑާ ޝޯމޯރްޑާވް އެވެ. ހޯޒޭ މޮރީނިއޯގެ ކޯޗު ކަމުގެ ދަށުން ކުޅެ، އޭއެސް ރޯމާ އާއެކު ޔޫއެފާ ޔޫރޮޕާ ކޮންފަރެސް ލީގު ޗެމްޕިއަންކަން ހޯދި ޝޯމޯރްޑާވް ވަނީ މިރޭގެ މެޗުގައި ހެޓްރިކު ހަދައިފަ އެވެ.
ފުރަތަމަ ލަނޑު ދެ ވަނަ މިނެޓްގައި އޭނާ ޖެހީ ރާއްޖޭގެ ކުޅުންތެރިޔަކު ފަހަތަށް ދިން ބޯޅަ، ރާއްޖޭގެ ޑިފެންޑަރަށް ލިބުމުގެ ކުރިން ހޯދައި، އޭރިއާ އާ ހަމައަށް ގޮސް ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދަލައިލައިގެންނެވެ.
އެ ލަނޑަށް ފަހު ފުރަތަމަ ހާފު ނިމެންދެން، އުޒްބެކިސްތާނުން އިތުރު ލަނޑެއް ޖެހިޔަ ނުދީ ރާއްޖެއިން ހިފަހައްޓާލި އެވެ. ދެވަނަ ހާފަށް ނުކުމެ، އެ ހާފުގެ ހަވަނަ މިނެޓްގައި ޝޯމޯރްޑާވް ވަނީ ރާއްޖެ އަށް ލަނޑު ޖަހައިދީފަ އެވެ.
ތައިލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖެއިން ރަނގަޅު ހަމަލާތަކެއް އުފަންދަން މަސައްކަތް ކުރި އެވެ. އެކަމަކު މި މެޗުގައި އެގޮތަށް ލިބުނު ފުރުސަތުތައް ވެސް މަދެވެ. ޝޯމޯރްޑާވް ހެޓްރިކް ހެދީ މެޗުގެ 80 ވަނަ މިނެޓްގައި ޖެހި ލަނޑުންނެވެ. އެ ޓީމުގެ ހަތަރު ވަނަ ލަނޑު 86 ވަނަ މިނެޓްގައި ޖެހީ އޮސްޓަން ޔުރްނޯވް އެވެ.
ރާއްޖެ އަށް ދެން އޮތީ ލަންކާގެ މެޗެވެ. އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހު ރާއްޖޭ ގަޑިން ހަވީރު 5:30 ގަ އެވެ. އެ ރޭ 8:30 ގައި ތައިލެންޑާއި އުޒްބެކިސްތާން ކުޅޭ މެޗު އޮންނާނެ އެވެ.
ވަރުގަދަ ޓީމުތަކާ ކުޅެން ކުޅުންތެރިން ޖެހިލުމެއް ނުވޭ
އެކުވެރިކަމުގެ މެޗެއް ނުކުޅެ ފުޓުބޯޅަ ޓީމު ފުރައިފި
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ބައެއް ކުޅުންތެރިންނަށް ކްލަބްގައި ކުޅެން ނުލިބޭ: ކޯޗު
މޮޅަކާއެކު ރާއްޖެއިން ކޮލިފައިން ނިންމާލައިފި
ރާއްޖެ ބަލިވީ ހެދުނު ދެ ގޯހަކުން: މޮރިއޭރޯ
ފުރަތަމަ މެޗުގައި ތައިލެންޑް އަތުން ރާއްޖެ ބަލިވެއްޖެ
ދިވެހި ޓީމުން އިޓަލީ ފުޓްބޯޅަ ސްޓައިލް ފެންނާނެ: ކޯޗު
ޒުވާން ހުމައިދު އާއި ޒައިން ގައުމީ ޓީމުގެ ޕްރެކްޓިހަށް