08 ޖޫން 2022
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ސީ ފުރަތަމަ މެޗުގައި ތައިލެންޑް އަތުން 3-0 ން ރާއްޖެ މިއަދު ބަލި ވެއްޖެ އެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގުރޫޕް ސީ ފުރަތަމަ މެޗުގައި ތައިލެންޑް އަތުން 3-0 ން ރާއްޖެ މިއަދު ބަލި ވެއްޖެ އެވެ.
އުޒްބެކިސްތާންގައި ކުޅުނު މެޗުގައި ތައިލެންޑުން ވަނީ އެ ޓީމު ކުޅެން ބޭނުންވި ގޭމް ކުޅެ ރާއްޖެ އަށް ފުރުސަތު ނުދީ މެޗު ޑޮމިނޭޓް ކޮށްފަ އެވެ. ރާއްޖެ އަށް ނުރައްކާތެރި އެންމެ ހަމަލާ އެއް ވެސް ފޮނުވައިލެވިފައެއް ނުވެ އެވެ.
ފުރަތަމަ ހާފުގައި ރާއްޖޭ ކޮޅަށް ވަން ދެ ގޯލަކީ ވެސް ފަސޭހަ ދެ ގޯލެވެ. އެޓީމުގެ ފުރަތަމަ ލަނޑު 41 ވަނަ މިނެޓްގައި ޖެހީ ސަރާކް ޔޫޔެން އެވެ. އޭނާ ލަނޑު ޖެހީ ރާއްޖޭގެ އޭރިއާގެ ބޭރުން ތީރޮތަން ބަންމޭތަން ނަގައިދިން ހުރަސް އޭރިއާގެ ތެރޭގައި ހުރެފައި ބޮލުން ގޯލްގެ މަތީ ދަގަނޑަށް އަމާޒުކޮށް ބޯޅަ ފޮނުވާލާއިގެންނެވެ. ބޯޅަ ގޯލްގެ އެތެރޭގެ ދާގަނޑުގައި ޖެހިފައި ހުރަސް ދަނޑީގައި ޖެހިފައި ނުކުތުމުން ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ބޯޅަ ހިފި އެވެ. ފައިސަލް ހީކުރީ ބޯޅަ ގޯލްގެ އެތެރޭގައި ނުޖެހޭ ކަމަށެވެ.
ތައިލެންޑުން ހަމަލާ އުފައްދަމުން ދިޔައީ ދެ ވިންގް ބޭނުން ކޮށްގެންނެވެ. އެޓީމުގެ ދެވަނަ ލަނޑު، ޓީރާސީލް ޑަންގްޑާ ޖެހީ ވެސް ވިންގުން، ބަންމޭތަން ރާއްޖޭގެ އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ފަސޭހަ ކަމާއެކު ގޯލްގެ ތެރެއަށް ބޯޅަ ފޮނުވައިލައިގެންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި ވަން އެ ގޯލް ޖެހުމަށް މަގު ފަހިވީ ރާއްޖޭގެ ޑިފެންސަށް ހެދުނު މިސްޓޭކަކުންނެވެ. ތައިލެންޑުން ރާއްޖޭގެ އޭރިއާގެ ތެރެއަށް ނެގި ބޯޅަ ދިފާއު ކުރަން ކެޕްޓަން އަކުރަމް އަބްދުލް ގަނީ މަސައްކަތް ކުރި އެވެ.
ރާއްޖެ އާއި ތައިލެންޑް މިއަދު ކުޅުނު މެޗުގެ ތެރެއިން: ތައިލެންޑުން ކުޅެމުން ދިޔައީ ކުރު ޕާސްތަކެއް ޖަހައިގެން ހަމަޖެހިގެން ތިބެ --- ފޮޓޯ: އެފްއޭއެމް
އެކަމަކު އޭނާ އަށް ރަނގަޅަށް ބޯޅަ ފޮނުވައި ނުލެވުމުން، އޭނާގެ ފައިގައި ޖެހިފައި ދިޔަ ބޯޅަ ލިބުނީ ޑަންގްޑާ އަށެވެ. އޭނާ ވަނީ ފަސޭހަ ކާމާއެކު އެ ބޯޅަ ފޮނުވައިލައިފަ އެވެ. ކީޕަރު ފައިސަލް ބޯޅަ އަށް ޑައިވް ކުރި ނަމަވެސް އޭނާގެ ގައިގައި ޖެހިފައި ވެސް ބޯޅަ ކޮންޓްރޯލެއް ނުވި އެވެ. ގޯލްގެ ދާގަނޑުގައި ބޯޅަ ނުޖެހުނަސް ގޯލްގެ އެތެރެއަށް ބޯޅަ ވަނެވެ.
ފުރަތަމަ ހާފުގައި ރާއްޖެ އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ އިބްރާހިމް މަހްދީ ހުސައިން (ފޭދޫ އިއްބެ) އަށެވެ. ހަމްޒާ މުހައްމަދު (ހަމްޕް) ނަގައިދިން ބޯޅަ އިއްބެ މަސައްކަތް ކުރީ ބޮލުން ޖަހާށެވެ، އޭނާ ބޮލުން ފޮނުވާލި ނަމަވެސް ބޯޅައިގައި މާ ބޮޑު ބާރެއް ނެތެވެ.
ދެވަނަ ހާފުގައި ތައިލެންޑުން ކުޅެމުން ދިޔައީ ހަމަޖެހިލައިގެންނެވެ. ރާއްޖެއިން ވަނީ ހަމަލާ އުފެއްދުމަށް ކުރިއަށް ޖެހި ފުރުސަތުތަކެއް ވެސް ތަނަވަސް ކުރަން މަސައްކަތް ކޮށްފަ އެވެ. ދެވަނަ ހާފުގައި ގެނައި ބަދަލުތަކުން ރާއްޖޭގެ ކުޅުމަށް ކުރިއެރުންތައް އައެވެ. ނަމަވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވައެއް ނުލެވުނެވެ. ދެވަނަ ހާފުގައި ވެސް ރާއްޖެއިން އުފެއްދި ދެ ހަމަލާގައި ވެސް ހަމްޒާގެ ހިއްސާ އޮތެވެ.
މެޗުގެ 63 ވަނަ މިނެޓްގައި ހަމްޒާ ވަނީ ތައިލެންޑްގެ ދެ ކުޅުންތެރިން ނައްޓާލައި ހަމަލާއެއް އުފެއްދުމަށް މަސައްކަތް ކުރި އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަލީ ފާސިރު (ސެންޓޭ) އަށް ބޯޅަ ދިނުމަށެވެ. އެކަމަކު ސެންޓޭ އަށް ދޭން އުޅުނު ބޯޅަ ތައިލެންޑްގެ ޑިފެންޑަރުގެ ފައިގައި ޖެހިފައި ބޯޅަ ކޯނަރަކަށް ބޭރުވީ އެވެ.
ރާއްޖޭގެ ޓީމުގައި އެންމެ ރަނގަޅަށް ކުޅުނު ހަމްޒާ: އޭނާ ދައުރު ޓީމުގައި ފާހަގަވި --- ފޮޓޯ: އެފްއޭއެމް
އޭގެ ފަހުން ހަސަން ރާއިފް އަހްމަދު (ހަންނަ) ހަމްޒާ އަށް ދިން ބޯޅަ، އޭނާ ވަނީ ސެންޓޭ އަށް ދީފަ އެވެ. އެކަމަކު ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ތައިލެންޑްގެ ތިން ވަނަ ލަނޑު ޖެހީ، ޕަންސާ ހެމްވީބޫން އެވެ. ތައިލެންޑުން ނެގި ކޯނަރު އެޓީމު ކުރު ޕާހެއް ޖަހައިގެން ދިނީ ބަންމޭތަން އަށެވެ. އޭނާ ވަނީ ރާއްޖޭގެ ކުޅުންތެރިންގެ ތެރެއިން އޭރިއާ ތެރެއަށް ބޯޅަ ނަގައިދީފަ އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ބޯޅަ ދިފާއު ނުކުރެވި ބޮޅަ ލިބުނީ އޭރިއާ ތެރޭގައި ހުރި ހެމްވީބޫން އަށެވެ. އޭނާ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.
މި ގުރޫޕްގެ ދެވަނަ މެޗުގައިމިރޭ އުޒްބެކިސްތާނުން ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8:30 ގަ އެވެ. ރާއްޖޭގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެ ރޭ ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ. ހަ ގުރޫޕް ހިމެނޭ ކޮލިފައިން ބުރުގެ އެއްވަނަ ހޯދާ ޓީމު ސީދާ އަންނަ އަހަރު ބާއްވާ މުބާރަތަށް ކޮލިފައި ވާނެ އެވެ، ހުރީ ގުރޫޕަކުން ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ފަސް ޓީމަށް ވެސް މުބާރާތުން ޖާގަ ލިބޭނެ އެވެ.
ރާއްޖެ ބަލިވީ ހެދުނު ދެ ގޯހަކުން: މޮރިއޭރޯ
ދިވެހި ޓީމުން އިޓަލީ ފުޓްބޯޅަ ސްޓައިލް ފެންނާނެ: ކޯޗު
ރާއްޖެ، ކުރީގެ ކޯޗު ގެލާގެ ތަޖިކިސްތާނާ ދެކޮޅަށް
އިލާންގެ ދެ ގޯލާއެކު ރާއްޖޭން ބޫޓާނާ އެއްވަރުކޮށްފި
ބައެއް ކުޅުންތެރިންނަށް ކްލަބްގައި ކުޅެން ނުލިބޭ: ކޯޗު
މޮޅަކާއެކު ރާއްޖެއިން ކޮލިފައިން ނިންމާލައިފި
ވަރުގަދަ ޓީމުތަކާ ކުޅެން ކުޅުންތެރިން ޖެހިލުމެއް ނުވޭ
އުޒްބެކިސްތާން އަތުންބަލިވެ ރާއްޖެއަށް ދޮރު ބަންދުވެއްޖެ
އެކުވެރިކަމުގެ މެޗެއް ނުކުޅެ ފުޓުބޯޅަ ޓީމު ފުރައިފި
ޒުވާން ހުމައިދު އާއި ޒައިން ގައުމީ ޓީމުގެ ޕްރެކްޓިހަށް