04 ސެޕްޓެމްބަރ 2017
މެޑްރިޑް (ސެޕްޓެމްބަރު 4) - މެންޗެސްޓާ ޔުނައިޓެޑަށް އަލުން ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލަން ރެއާލް މެޑްރިޑުން އެއްބަސްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މެޑްރިޑް (ސެޕްޓެމްބަރު 4) - މެންޗެސްޓާ ޔުނައިޓެޑަށް އަލުން ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލަން ރެއާލް މެޑްރިޑުން އެއްބަސްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޓެކްސް އަށް މަކަރުހެދި ކަމުގެ ދައުވާ ރޮނާލްޑޯގެ މައްޗަށް ސްޕެއިނުގެ ޕްރޮސެކިއުޓަރުން ޖޫން މަހު އުފުލުމާ އެކު އޭނާ ސްޕެއިން ދޫކޮށްލަން ނިންމި އެވެ. އަދި އެ ނިންމުން ބަދަލުނުވާނެ ކަމާއި އެކަން ރެއާލް މެޑްރިޑަށް ވެސް އޭނާ އެންގި ކަމުގެ އަޑުތައް އޭރު އެރި އެވެ.
ސަންޑޭ ޓައިމްސް އިން ރިޕޯޓްކުރި ގޮތުގައި ރެއާލުން ވަނީ 100 މިލިއަން ޔޫރޯއަށް ޔުނައިޓެޑަށް ރޮނާލްޑޯ ވިއްކާލަން ވާހަކަ ދައްކައިފަ އެވެ. އެ އަގަށް އޭނާ ވިއްކާލާފައި ރެއާލުން ގެންނަން ބޭނުންވީ މޮނޯކާއަށް ކުޅެމުން އަންނަ ފްރާންސްގެ އުއްމީދީ ފޯވަޑް އެމްބާޕޭ، 180 މިލިއަން ޔޫރޯއަށް ގަތުމަށެވެ. ނަމަވެސް ރެއާލަށް ބަދަލުވާން ފުރަތަމަ އެއްބަސްވުމަށް ފަހު ފަހުން އެމްބާޕޭ ހިޔާލު ބަދަލުވީ އެވެ.
އެމްބާޕޭގެ ބައްޕައާ ހަވާލާދީ ރިޕޯޓްގައި ބުނެފައިވަނީ އެ ޓްރާންސްފާއަށް ދެކޮޅުހެދީ ރޮނާލްޑޯ ނެތްތަން ފޫބެއްދުމުގެ ޕްރެޝަރާ އުމުރުން 18 އަހަރުގެ ކުޅުންތެރިޔާއަށް ކުރިމަތިނުލެވޭނެތީ ކަމަށެވެ. އެހެންކަމުން ރެއާލަށް ޖެހުނީ ދެ ވަނަ ވިސްނުމަކަށް ދާށެވެ.
ރެއާލުން ދެން ނިންމީ ވޭލްސްގެ ގަރެތު ބޭލް 100 މިލިއަން ޔޫރޯ އަށް ޔުނައިޓެޑަށް ވިއްކާލާށެވެ. އެކަމަކު އެ އެއްބަސްވުމާ ބޭލް ދެކޮޅުހެދުމުން ޓްރާންސްފާ ކުރިއަށް ދާ ގޮތެއްނުވި އެވެ.
އެމްބާޕޭ ރެއާލަށް އަންނަން ދެކޮޅުހެދީ ޔުއެފާ ސުޕަ ކަޕް މެޗަށް ދެ ހަފްތާ އަށް ވެފައިވަނިކޮށް ކަމަށް ވުމުން ރެއާލުން ދެން ނިންމީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރޮނާލްޑޯ ވިއްކާނުލާށެވެ. އަދި ރޮނާލްޑޯއާ އެކު ހަދާފައިވާ އެއްބަސްވުމަށް ބައެއް ބަދަލުތައް ގެނެސް ސްޕޮންސަޝިޕް އާމްދަނީ އިތުރުކުރެވޭ ގޮތަށް ހެދި އެވެ.
މިހާރު ސަސްޕެންޝަނެއްގައި ހުރި ރޮނާލްޑޯ ދާދި ފަހުން ވަނީ ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ތިން ވަނަ ފަހަރަށް ހޯދައިފަ އެވެ.
ރޮނާލްޑޯ ބޭނުންވަނީ ޔުނައިޓެޑާ ގުޅެން: ކަޕެއްލޯ
ބޭނުންވީ ރެއާލާއި ޔުނައިޓެޑްގެ ފައިނަލެއް: ރޮނާލްޑޯ
ރޮނާލްޑޯ އަލުން ޔުނައިޓެޑާ ނުގުޅޭނެ: މޮރީނިއޯ
ރޮނާލްޑޯ، މޮރާޓާ: ޑެހެއާ އާއި 210 މިލިއަން ޔޫރޯ!
ޔުނައިޓެޑުގެ މައްސަލަތަކުގެ ހައްލު ރޮނާލްޑޯއަށް އެނގޭ
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ރެއާލްގައި ބެލިންހަމް ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފި
ރޮނާލްޑޯއަށް ޖާގަދޭން ބޭރުކުރި އަބޫބަކުރު ބެސިކްޓަސްއަށް
ރޮނާލްޑޯގެ ދަރިފުޅު އެނބުރި ރެއާލްގެ އެކަޑަމީ އަށް