29 ޑިސެމްބަރ 2024
މެންޗެސްޓާ ޔުނައިޓެޑުގެ އޯނަރަކީ އޭނާ ނަމަ، މިހާރު އެ ކްލަބަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާނެކަމަށް އެ ޓީމުގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އޯނަރަކީ އޭނާ ނަމަ، މިހާރު އެ ކްލަބަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާނެކަމަށް އެ ޓީމުގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ސައުދީ އަރަބިއާގެ އައް ނަސްރަށް މިހާރު ކުޅެމުންގެންދާ ރޮނާލްޑޯ ބުނީ ޔުނައިޓެޑުގައި ހުރި މައްސަލަތައް ހައްލުނުކޮށް، ކިތަންމެ ވަރަކަށް ކޯޗުން ބަދަލު ކުރިޔަސް އަސްލު މައްސަލަ އަށް ހައްލެއް ނުލިބޭނެ ކަމަށެވެ.
ކުރިން ރޮނާލްޑޯއާ އެކު ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުނު ރުބެން އަމޯރިމް މިދިޔަ މަހު އެ ކްލަބްގެ ކޯޗު ކަމާ ހަވާލުވެ، މައްސަލަތައް ހައްލު ކުރުމުގައި އަދި މިހާތަނަށް އޭނާ އަށް ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރެ ވެ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ކުޅުނު 10 މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ.
ފާއިތުވި އަހަރުތަކުގައި ޔުނައިޓެޑްގެ މެނޭޖްމެންޓަށް ފާޑުކިޔުންތައް އަމާޒު ކުރި ރޮނާލްޑޯ ބުނީ ޔުނައިޓެޑްގައި ހުރި މައްސަލަތައް އަދިވެސް ހުރި ގޮތަށް އެބަ ހުރި ކަމަށެވެ.
"މިއީ މަސް ޓޭންކެއްގެ މިސާލު. މަސް ފެންގަނޑުގައި ބަލި މަހެއް އިނދެފައި އެ ބަލި މަސް ނަގާ އެކަން ހައްލު ކުރުމަށް ފަހު އަނެއްކާ ވެސް އެ މަސް އެ ފެންގަނޑަށް ލީމަ އޭގެ އަސަރު ކުރާނެ،" ދެ ފަހަރެއްގެ މަތިން ޔުނައިޓެޑަށް ކުޅުނު ރޮނާލްޑޯ ބުންޏެވެ.
"ޔުނައިޓެޑްގެ މިސާލަކީ ވެސް އެއީ. އަބަދު މައްސަލައަކީ ކޯޗެއް ނޫން. މައްސަލަ އެއަށްވުރެ މާ ބޮޑު. އަހަންނަކީ ކްލަބްގެ އޯނަރުނަމަ ކަންކަން ދެނެގަނެ ސާފުކުރުމަށް ފަހު އެ މައްސަލަ އަހަރެން ހައްލު ކުރާނަން."
މިއީ، ބޮޑު ކްލަބެއްގެ އޯނަރުކަން ކުރަން ރޮނާލްޑޯ ބޭނުންވާކަމުގެ އިޝާރާތެކެވެ.
"އަހަންނަކީ ކޯޗެއް ނޫން. ކޯޗަކަށް ނުވާނަން. ކްލަބެއްގެ ރައީސަކަށް ވާނަން ތޯ؟ ނޫން. ނުވާނަން. (އެކަމަކު) ފަހަރެއްގައި ކްލަބެއްގެ އޯނަރަކަށް ވެދާނަން،" އޭނާ ބުންޏެވެ.
"އެކަން ބިނާވާނީ އެ ވަގުތެއްގެ މައްޗަށް އަދި އެ ލިބޭ ފުރުސަތެއްގެ މައްޗަށް."
ރޮނާލްޑޯ، ކްލަބްގައި 700 ގޯލް ޖެހި ކުޅުންތެރިޔާ
90 މިނެޓް ކުޅެން ރޮނާލްޑޯ އަދި ތައްޔާރެއް ނޫން
އެތުލެޓިކޯ ސަޕޯޓަރުން ރޮނާލްޑޯއާ ދެކޮޅަށް ނުކުމެއްޖެ
ސަޕޯޓަރުގެ ފޯނު ހަލާކުކޮށްލި ރޮނާލްޑޯގެ މައްސަލަ ބަލަނީ
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް
މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޓް ވެދާނެ: ކޯޗު
އަސްލު ފޯމަށް ރަޝްފޯޑް އަންނަން ދެން އެކަހެރިކޮށްފައި
ޔުނައިޓެޑް ދޫކޮށްލަން ޖެހުމުން ދެރަވި: ނިސްޓެލްރޫއީ