23 މެއި 2018
މެޑްރިޑް (މެއި 23) - މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އޭނާ ބޭނުންވީ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ކަމަށް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
މެޑްރިޑް (މެއި 23) - މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އޭނާ ބޭނުންވީ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ކަމަށް ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އަންނަ ހޮނިހިރު ދުވަހު ޔޫކްރޭނުގެ ކިއޭވްގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް ނުކުންނާނީ ލިވަޕޫލާ ދެކޮޅަށެެވެ. އަނިޔާގެ ސަބަބުން ރޮނާލްޑޯ އަށް މި މެޗުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވި ނަމަވެސް މިހާރު އޭނާ ހުރީ މި މެޗަށް ފިޓްކޮށެވެ.
"ފައިނަލްތަކަކީ ވަރަށް ހާއްސަ މެޗުތަކެއް. އަހަރެން އަސްލު ބޭންވީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން. އެކަމު ލިވަޕޫލް އަށް އިހުތިރާމް ކުރަން ޖެހޭ. އަހަރެމެންނަށް ފަސޭހައެއް ނުވާނެ. ފައިނަލުގެ ޖާގައެއް ލިވަޕޫލަށް ހައްގު،" ފައިނަލާ ބެހޭގޮތުން ރޮނާލްޑޯ ބުންޏެވެ.
މި ސީޒަނުގައި ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ކެޓީ ދެ ވަނަ ބުރުގައި ސްޕެއިނުގެ ސެވިއްޔާ އަތުންނެވެ.
ލިވަޕޫލް މި ފަހަރު ޗެމްޕިއަންސް ލީގުގައި ނެރެމުން އަންނަ ނަތީޖާތަކުގެ ފަހަތުގައި އޮތީ އެ ޓީމުގެ އެޓޭކުގައި ތިބި ތިން ކުޅުންތެރިން ކަމަށްވާ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ އަދި ރޮބާޓޯ ފިރްމީނޯގެ ހިއްސާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ރޮނާލްޑޯ ވެސް ވަނީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
"އެ މީހުން (އެ ތިން ކުޅުންތެރިން) ފެނިފައި އަހަރެން ހަނދާންވަނީ ރެއާލްގައި މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އޮތް ސްޓްރައިކް ފޯސް މަތިން. ވަރަށް އަވަސް ކުޅުމެއް އެ ކުޅުންތެރިން ކުޅެނީ. މިއީ ވިސްނަން ޖެހޭ ކަމެއް،" ރޮނާލްޑޯ ބުންޏެވެ.
އޭނާ ބުނީ ފާއިތުވި ދެ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ރެއާލުން ހޯދިއިރު، އޮތް ޓީމަށް މާ ބޮޑު ބަދަލެއް އަދިވެސް ނާންނަ ކަމަށާއި އެއީ އެ ޓީމަށް އޮތް އެޑްވާންޓޭޖެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"ހަގީގަތަށް ބުނަންޏާ ވަރުގަދައީ ރެއާލް. މިދިޔަ ދެ އަހަރު ޗެމްޕިއަންކަން ހޯދި ޓީމަށް މާ ބޮޑު ބަދަލެއް ނާދޭ. އިތުރުވީ ތަޖުރިބާ. އަހަރެމެންގެ ލެވެލްގައި ކުޅެފިނަމަ މި ފައިނަލު ވެސް ކާމިޔާބުކުރެވޭނެ." ރޮނާލްޑޯ ބުންޏެވެ.
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ރޮނާލްޑޯގެ ލަނޑުތަކުން ޔުނައިޓެޑަށް މުހިއްމު ޕޮއިންޓެއް
ރޮނާލްޑޯގެ ގޯލުން ޔުނައިޓެޑް, އެޓަލާންޓާ ބަލިކޮށްފި
ކުއާޓާ ފައިނަލުގައި ރޮނާލްޑޯ ރެއާލާ ދެކޮޅަށް؟
ބޮޑެތި ޓީމުތަކަށް ނާކާމިޔާބު، ސިޓީ އަށް މޮޅެއް
ބޮޑެތި ބާރުތައް ދެ ވަނަ ބުރަށް ދަތުރުކޮށްފި
އަހަންނަށް ޔުނައިޓެޑް އަބަދުވެސް ހާއްސަވާނެ: ރޮނާލްޑޯ
ޔުވެންޓަސް މޮޅުވިއިރު ރޮނާލްޑޯ އަށް ރަތެއް
ރޮނާލްޑޯ ބޭނުންވަނީ ޔުނައިޓެޑާ ގުޅެން: ކަޕެއްލޯ