08 އޮކްޓޯބަރ 2023
މެޑްރިޑް (އޮކްޓޫބަރު 8) - އަމިއްލަ ދަނޑުގައި 4-0 އިން ރޭ އޮސަސޫނާ ބަލިކޮށް ސްޕެނިޝް ލީގު ތާވަލްގެ އެއްވަނައިގައި ރެއާލް މެޑްރިޑް ހަމަޖެހިލި މެޗުގައި، 20 އަހަރުގެ ޖޫޑް ބެލިންހަމް، ރެއާލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފި އެވެ.
މެޑްރިޑް (އޮކްޓޫބަރު 8) - އަމިއްލަ ދަނޑުގައި 4-0 އިން ރޭ އޮސަސޫނާ ބަލިކޮށް ސްޕެނިޝް ލީގު ތާވަލްގެ އެއްވަނައިގައި ރެއާލް މެޑްރިޑް ހަމަޖެހިލި މެޗުގައި، 20 އަހަރުގެ ޖޫޑް ބެލިންހަމް، ރެއާލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ ރެކޯޑެއް މުގުރާލައިފި އެވެ.
ރޭގެ މެޗުގައި އޮސަސޫނާ ކޮޅަށް ބެލިންހަމް ދެ ގޯލު ޖެހި އެވެ. މިއީ އޭނާ މި ސީޒަންގައި ރެއާލަށް ބަދަލުވެ، 10 މެޗުން ކާމިޔާބު ކުރި 10 ވަނަ ގޯލެވެ. ރެއާލްގެ އަނެއް ދެ ގޯލު ޖަހައިދިނީ ވިނީޝިއުސް ޖޫނިއާ އާއި ހޮސޭލޫ އެވެ. ހޮސޭލޫ ވަނީ ފަހު ވަގުތު ލިބުނު ޕެނަލްޓީއެއް ނާކާމިޔާބު ކޮށްލައިފަ އެވެ.
ބެލިންހަމް ވަނީ އޭނާ ރެއާލަށް ކުޅެދިން ފުރަތަމަ 10 މެޗުން 10 ގޯލު ޖެހުމުގެ އިތުރުން ތިން ގޯލު ޖަހަން އެހީތެރި ވެދީ، ޖުމްލަ 13 ގޯލުގައި ހިއްސާ ވެފަ އެވެ.
ލީގުގައި މިހާތަނަށް ކުޅުނު އަށް މެޗުން އަށް ގޯލު ޖެހިއިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުގައި ވެސް އިނގިރޭސި މިޑްފީލްޑަރު ވަނީ ލަނޑު ޖަހައިފަ އެވެ. ހަމަ އެއާ އެކު ލީގުގައި މިހާތަނަށް ދެ ގޯލު އެސިސްޓް ކޮށްދީ، ޗެމްޕިއަންސް ލީގުގައި ވެސް އެސިސްޓެއް ކުރި އެވެ.
މެންޗެސްޓާ ޔުނައިޓެޑުން 2009 ވަނަ އަހަރު ރެއާލަށް ބަދަލުވެ، ޕޯޗުގަލްގެ ފޯވާޑް ރޮނާލްޑޯ ރެއާލަށް ކުޅެދިން ފުރަތަމަ 10 މެޗުގައި ހިއްސާ ވެފައި ވަނީ 12 ގޯލުގަ އެވެ. އެއީ 10 ގޯލާއި ދެ އެސިސްޓެވެ.
އެ ސީޒަންގެ ކުރީކޮޅު ރޮނާލްޑޯގެ ކުޑަހުޅަށް ދިމާވި އަނިޔާއަކާ ގުޅިގެން ގިނަ މެޗުތަކެއް އޭނާއަށް ގެއްލުނެވެ. ނަމަވެސް އޭނާ އެ ސީޒަން ނިންމާލީ ޖުމްލަ 35 މެޗުން 33 ގޯލު ޖަހައި 10 އެސިސްޓް ކޮށްގެންނެވެ.
މި ނަތީޖާއާ އެކު ރެއާލް ލީގުގެ އެއްވަނައިގައި އޮތީ ނުވަ މެޗުން 24 ޕޮއިންޓް ހޯދައިގެންނެވެ. އެކަކު މަދުކޮށް ކުޅުނު ކާޑީޒް 1-0 އިން ބަލިކުރި ޖިރޯނާ ދެވަނައިގައި އޮތީ 22 ޕޮއިންޓާ އެކު އެވެ.
ވިހި ޕޮއިންޓް ހޯދައިގެން ތިންވަނައިގައި އޮތް ބާސެލޯނާ މިރޭ ރަށުން ބޭރުގައި ގްރަނާޑާއާ ދެކޮޅަށް ނުކުންނާނެ އެވެ.
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ
އަންޗެލޮޓީގެ އެކްސްޕެރިމެންޓް ކާމިޔާބު!
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ
ވަކި އެއް ސްޓައިލަކަށް ރެއާލުން ބަރޯސާ ނުވާނެ: ކޯޗު
ލަނޑު ނުޖެހުމުގެ ބޮޑު ބުރައިން އެމްބާޕޭ މިންޖުވެއްޖެ
އެމްބާޕޭއާ މެދު އަންޗެލޮޓީގެ ޝަކުވާއެއް ނެތް
އެމްބާޕޭއަށް ނުވުމުން އެންޑްރިކް ނުކުމެ ލަނޑު ޖަހައިފި
ލީގުގެ ޗެމްޕިއަންކަން ރެއާލަށް، ބާސާއަށް ހުސް ސީޒަނެއް
ލަޕޯޓާ ބޭނުންވަނީ އެލް ކްލެސިކޯ މެޗު އަލުން ކުޅެން
ރެއާލް އަތުން ބަލިވުމުން ޒަވީއަށް ގޯސްވީ ރެފްރީ