30 އޯގަސްޓް 2017
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ސަރުކާރުން ދިން 11 މިލިއަން ޑޮލަރުގެ ލޯނުގެ ބަދަލުގައި ސަރުކާރަށް ކުންފުނީގެ ހިއްސާ ދިނުމަށް، ހިއްސާ މޫނުމަތީ އަގު 50ރ. އިން 5ރ. އަށް ދަށްކޮށް، ކޮންމެ ހިއްސާއަކަށް އިތުރު އެއް ހިއްސާ ދިނުމަށް، ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާއިން ފާސްކޮށްފި އެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ސަރުކާރުން ދިން 11 މިލިއަން ޑޮލަރުގެ ލޯނުގެ ބަދަލުގައި ސަރުކާރަށް ކުންފުނީގެ ހިއްސާ ދިނުމަށް، ހިއްސާ މޫނުމަތީ އަގު 50ރ. އިން 5ރ. އަށް ދަށްކޮށް، ކޮންމެ ހިއްސާއަކަށް އިތުރު އެއް ހިއްސާ ދިނުމަށް، ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާއިން ފާސްކޮށްފި އެވެ.
ދަރުބާރުގެ ގޭގައި ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި ޗެއާމަން އަހުމަދު ނިޔާޒަށް ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ އެމްޓީސީސީގެ ޑްރެޖަރު "މަހާ ޖައްރާފު" ބަނުމަށް 11 މިލިއަން ޑޮލަރުގެ ލޯނެއް ސަރުކާރުން ދިނީ އިންޓަރެސްޓަކާ ނުލައި ކަމަށެވެ. އަދި އެ ލޯނުގެ އިކުއިޓީއަށް [ސަރުކާރުގެ ހިއްސާ] ބަދަލުކުރެވޭނީ ހިއްސާދަރުންގެ ބަހެއް ހޯދައިގެން ކަމަށްވާތީ އެގޮތަށް ގަރާރެއް ފާސްކުރަން ހުށަހެޅީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ އެމްޓީސީސީގެ ހިއްސާގެ މޫނުމަތީ އަގު ފަސް ރުފިޔާއަށް ދަށްކުރީ ކުންފުނީގެ ހިއްސާދާރުންނަށް ރައިޓް އިޝޫ [މިހާރު ތިބި ހިއްސާދާރުންނަށް އިތުރު ހިއްސާ ގަތުމުގެ ފުރުސަތު] އަށް ދިނުމުން ހިއްސާ ގަތުމަށް ފަސޭހަވާނެތީ ކަމަށެވެ.
"މިއީ އެމްޓީސީސީގެ ހިއްސާ ސްޕްލިޓްކުރާ [ބައިކުރުން] ފުރަތަމަ ފަހަރު. މީގެ ކުރިން އެބަހުރި ފައިދާގެ ބަދަލުގައި ބޯނަސް ހިއްސާދީފައި. މިކަންކުރުމުން އޮތް ފައިދާއަކީ ރައިޓް އިޝޫއަކަށް ހުޅުވާލުމުން، ބައެއް ބޭފުޅުންނަށް ދަތިވާނެ މޫނުމަތީ އަގު 50ރ. އަށް އޮތުމުން. އެކަމަކު މިގޮތަށް ސްޕިލިޓްކޮށްލެވުނީ ކޮންމެ ބޭފުޅަކަށް ވެސް ފަސޭހަވެގެންދާނެ މިހާރު ތިބި ހިއްސާދާރުންނަށް ހިއްސާ ގަތުމަށް ވަރަށް ބޮޑަށް ފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ރޭ ބޭއްވި އެމްޓީސިސީގެ އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ޗެއާމަން ނިޔާޒް ރިޔާސަތު ބަލަހައްޓަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
"އެ އެގާރަ މިލިއަން ޑޮލަރު އިކުއިޓީއަށް ބަދަލުވީމަ ވާގޮތަކީ ކުންފުނީގެ ހިއްސާތަކެއް ސަރުކާރަށް ލިބިގެންދާނެ. އެހެންވީމަ ސަރުކާރަށް އެގޮތަށް ހިއްސާތަކެއް ލިބޭކަމަށްވަންޏާ ދެން ތިބި ހިއްސާދާރުންނަށް އެއާ އެއްވަރަކަށް ފުރުސަތު ލިބިދޭން ޖެހޭ. ސަރުކާރަށް އެ ފުރުސަތު ލިބޭ ގޮތަށް އާއްމު ހިއްސާދާރުންނަށް އެ ފުރުސަތު ލިބޭ ގޮތަށް މި ލޯނު އެގޮތަށް [އިކުއިޓީ]އަށް ބަދަލުކުރަން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ދިން ލޯނު ހިއްސާއަށް ބަދަލުވެގެންދިއުމުން މިހާރު ތިބި ހިއްސާދާރުންނަށް ވެސް ހިއްސާ ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އާއްމު ހިއްސާދާރުންނަށް އެ މީހަކު ހިއްސާވާ މިންވަރަކަށް ހިއްސާ ގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
"އެ ގޮތަށް ފާސްނުވެއްޖެ ނަމަ ދެންވާނެ ގޮތަކީ އަޅުގަނޑުމެން ޖެހޭނީ ލޯނުގެ ފައިސާ އިންޓަރެސްޓާއެކު އަނބުރާ ދައްކަން. އެގާރަ މިލިއަން ޑޮލަރަކީ ވަރަށް ބޮޑު އަދަދެއް. އެ ލޯނު ސަރުކާރުން ދިނީ ޑްރެޖަރު ގަތުމަށް،" އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރުންނާއި މުވައްޒަފުން ބައިވެރިވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު
ނިޔާޒް ވިދާޅުވީ ސަރުކާރުން ދިން 11 މިލިއަން ޑޮލަރުގެ ލޯނު އިކުއިޓީއަކަށް ބަދަލުވުމުން ކުންފުނީގެ ހިއްސާތަކެއް ސަރުކާރަށް ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރަށް ހިއްސާތަކެއް ލިބުމުން އެއާ އެއާ އެއްވަރަށް އާއްމު ހިއްސާދާރުންނަށް ހިއްސާ ގަތުމުގެ ފުރުސަތު ލިބިދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވީމާ ސަރުކާރަށް ވެސް އެ ފުރުސަތު ލިބޭ ގޮތަށް އާއްމު ހިއްސާދާރުންނަށް އެ ފުރުސަތު ލިބޭ ގޮތަށް އަޅުގަނޑު މި ހުށަހަޅަނީ މި ލޯނު އެގޮތަށް ބަދަލުކުރަން. ކުރިޔަށް އޮތްތަނުގައި އަޅުގަނޑުމެން ރައިޓް އިޝޫއަކަށް ދިޔައިމަ ސަރުކާރުން ކުންފުނީގެ ހިއްސާ ގަންނަ ގޮތަށް މިހާރު ކުންފުނީގައި ތިއްބެވި އާއްމު ހިއްސާދާރުންނަށް އެ ބޭފުޅެއްގެ އަތުގައި ހިއްސާ އޮތް މިންވަރަކަށް ހިއްސާ ގަތުމުގެ ފުރުސަތު ލިބިގެންދާނެ،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުންފުނިން ރައިޓް އިޝޫގެ ގޮތުގައި މިހާރު ތިބި ހިއްސާދާރުންނަށް ގަތުމަށް ހުށަހަޅަނީ ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ފަސް މިލިއަން ހިއްސާ ކަމަށެވެ. އެގޮތުން ހިއްސާއެއް ވިއްކުމަށް ނިންމާފައި ވަނީ ހިއްސާއެއް 62ރ.ގެ ރޭޓުން ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.
އެމްޓީސީސީގެ ހިއްސާގެ އޮނިގަނޑަށް އައި ބަދަލާ ގުޅިގެން ކުރިން ދިހަ ޑިރެކްޓަރުން ތިިބި ބޯޑު ހަތް ޑިރެކްޓަރުންނަށް މަދުވެގެންދާނެ އެވެ. މިހާރު އެ ކުންފުނީގައި 47 ޕަސެންޓް އަދި އާއްމު ހިއްސާދާރުންގެ 44 ޕަސެންޓް ހިއްސާގެ އިތުރުން އެމްއެންއެސްއެލްގެ ހަތް ޕަސެންޓް ހިއްސާ އޮވެ އެވެ. އަދި ސަރުކާރުގެ ހިއްސާ އިތުރުވުމުން އެ ނިސްބަތުން ބޯޑުގައި ހިމެނޭ ސަރުކާރުގެ ހިއްސާދާރުންގެ އަދަދު އިތުރުވެ އާއްމު ހިއްސާދާރުންގެ އަދަދު މަދުވާނެ އެވެ.
އެމްޓީސީސީން ހިއްސާގެ ފައިދާ އަލުން ބަހަން ފާސްކޮށްފި
އެމްޓީސީސީގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޓީސީސީގެ ހިއްސާ ވިއްކައިގެން ލިބުނީ 188 މިލިއަން
އެމްޓީސީސީގެ އީޖީއެމް މި މަހުގެ 18 އަށް ފަސްކޮށްފި
މާލޭގައި ފަތިހު 5ގައި ބަހުގެ ހިދުމަތް ދޭން ފަށަނީ
އެމްޓީސީސީން ބޯޓު ބަނުމުގެ ހިދުމަތް ފަށަނީ
އެމްޓީސީސީގެ ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފި
އަތޮޅުތެރޭގައި އާރުޓީއެލް ބަހަށް ކާޑުން ފައިސާ ދެއްކޭނެ
އާރުޓީއެލް ހައިވޭ ލިންކްތަކުން އަގު ނަގަން ފަށައިފި
ހިޔާ ފްލެޓް ސަރަހައްދަށް އިތުރު ބަސް ސްޓޮޕެއް