12 ޖޫން 2024
އެމްޓީސީސީ އަށް 2022 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް ހަތަރު ރުފިޔާ އަލުން ބަހަން ފާސްކޮށްފި އެވެ.
އެމްޓީސީސީ އަށް 2022 ވަނަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް ހަތަރު ރުފިޔާ އަލުން ބަހަން ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކުރީ އެ ކުންފުނިން ބޭއްވި އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގަ އެވެ. އެ ޖަލްސާގައި ބަހަން ނިންމީ ހިއްސާގެ ފޭސްވެލިއު 5ރ. އަދި ޑިވިޑެންޑަށް 4ރ. އެވެ. އެއީ 2021 ވަނަ އަހަރުގެ އަދަދަށް ވުރެ 50 ލާރި އިތުރު އަދަދެކެވެ.
އެމްޓީސީސީގެ 47 ހިއްސާދާރުންނާ އެކު އެ ޖަލްސާ ބޭއްވީ އޮންލައިން ޕްލެޓްފޯމު ފަހިވޯޓު މެދުވެރިކޮށެވެ.
މިއީ އެ ކުންފުނިން މިހާތަނަށް ބަހާ އެންމެ ރަނގަޅު އެއް ހިއްސާގެ ފައިދާ އަށް ވިޔަސް މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި އަހަރީ އާންމު ޖަލްސާގައި އެ އަދަދު ހިއްސާދާރުންނަށް ބަހަން ފާހެއް ނުވި އެވެ.
ޑިވިޑެންޑް ބެހުމާ ދެކޮޅަށް، އެ ފަހަރުގެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 61 މީހުން ވޯޓު ދިނެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 53 ޕަސެންޓެެވެ.
ރޭގައި އީޖީއެމްއެއް ބޭއްވީ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބެހުން ފާސް ނުވުމުން އަލުން އެކަމާ މެދު ގޮތެއް ނިންމަން އިތުރު ޖަލްސާއެއް ބާއްވަން އޭރު އޮތް އެ ކުންފުނީގެ ބޯޑުން ނިންމާފައި އޮތުމުންނެވެ.
އެމްޓީސީސީ އަށް 2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގަައި ޓެކްސް ކެނޑުމަށް ފަހު 196 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 36 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. ސާފު ފައިދާ ދަށްވެފައިވަނީ ދަރަނި އަނބުރާ ދެއްކުމަށާއި ތެލުގެ ހަރަދަށް ކުރި ހޭދަ ބޮޑުވުމުންނެވެ. އެ އަހަރު އެ ކުންފުންޏަށް ވަނީ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ.
އިއްޔެ ބޭއްވި އީޖީއެމްގައި އެމްޓީސީސީން ވަނީ އެ ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދަށް ހުށަހަޅާފައިވާ އިސްލާހުތައް ވެސް ފާސްކޮށްފަ އެވެ.
އެމްޓީސީސީގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި
އެމްޓީސީސީގެ ހިއްސާ ވިއްކައިގެން ލިބުނީ 188 މިލިއަން
އެމްޓީސީސީގެ ހިއްސާގެ މޫނުމަތީ އަގު 5ރ. އަށް
އެމްޓީސީސީގެ އީޖީއެމް މި މަހުގެ 18 އަށް ފަސްކޮށްފި
އެމްޓީސީސީން ބޯޓު ބަނުމުގެ ހިދުމަތް ފަށަނީ
އެމްޓީސީސީގެ ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފި
އެމްޓީސީސީ އޭޖީއެމް: ބޮޑު ޑިވިޑެންޑް ގެއްލި ލަނޑެއް؟
5ބިލިއަންގެ މަޝްރޫއުން އަމާޒަކީ ބޮޑު އާމްދަނީއެއް
އެމްޓީސީސީގެ ހިއްސާއަކަށް 4ރ. ބަހަން ފާހެއް ނުވި
އެމްޓީސީސީ އަށް ހަ މަހުން 130 މިލިއަންގެ ފައިދާއެއް