Roadha Mihaaru
އެމްޓީސީސީގެ އީޖީއެމް މި މަހުގެ 18 އަށް ފަސްކޮށްފި

އެމްޓީސީސީގެ އީޖީއެމް މި މަހުގެ 18އަށް ފަސްކޮށްފި

04 މެއި 2017

އެމްޓީސީސީން ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް)ގެ ނޯޓިސް ބާތިލްކޮށް، އެ ޖަލްސާ މިމަހުގެ 18 ގައި ބާއްވާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެމްޓީސީސީން ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް)ގެ ނޯޓިސް ބާތިލްކޮށް، އެ ޖަލްސާ މިމަހުގެ 18 ގައި ބާއްވާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނިން ކުރިން ނިންމާފައި ވަނީ އީޖީއެމް މިމަހުގެ 15 ވަނަ ދުވަހު ހޮޓެލް ޖެންގައި ބާއްވާ ގޮތަށެވެ.

އެ ކުންފުނިން ބުނީ އެ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން، ރެޖިސްޓްރޭޝަންގެ ކަންތައް މެއި 18ވަނަ ދުވަހު ހިއްސާގެ ރެޖިސްޓްރީ ނަންބަރާއި އަދި އައިޑީ ކާޑް ހިފައިގެން ދިއުމުން ރަޖިސްޓްރީކުރެވޭ ހިއްސާދާރުންނަށް އީޖީއެމްގައި ބައިވެރިވެވޭނެ ކަމަށެވެ.

އެމްޓީސީސީން ބުނީ އެ ޖަލްސާއަށް ބަދަލުގައި މީހަކު ފޮނުވަން ބޭނުންވާ ހިއްސާދާރުން އެ ކުންފުނީގެ "ޕްރޮކްސީ ފޯމް" މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު މެއި 16 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވިފައިވާނެ ކަމަށެވެ. އަދި ހިއްސާދާރެއްގެ ފަރާތުން އައްޔަންކޮށްފައިވާ ޕްރޮކްސީއެއް ބާތިލްކުރަން ބޭނުންވާނަމަ އެ ކުންފުނީގެ "ޕްރޮކްސީ ބާތިލްކުރަން އެދޭ ފޯމް" ހުށަހެޅުއްވުމުން ބާތިލް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން އީޖީއެމްއެއް ބާއްވަނީ މިހާރު ތިބި ހިއްސާދާރުންނަށް އިތުރު ހިއްސާ ގަތުމުގެ ފުރުސަތު ދިނުމަށް ބޯޑުން ނިންމާފައިވާ ނިންމުން ހިއްސާދާރުންގެ ގަރާރަކުން ފާސްކުރުމަށް ފާސްކުރުމަށާއި ހިންގާ ގަވައިދަށް ބަދަލު ގެނައުމަށެވެ. އެގޮތުން ބޯޑު މެމްބަރުންގެ އަދަދު މަދުކުރުމަށް ވެސް ހުށަހަޅަން ނިންމާފައިވާ ކަމަށްވެ އެވެ.