27 އެޕްރީލް 2018
އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާ އަކަށް 2.60ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.
އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާ އަކަށް 2.60ރ. ބަހަން މިރޭ ފާސްކޮށްފި އެވެ.
ދަތުރުފަތުރާއި އިމާރާތް ކުރުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކުންފުނީގެ ބޯޑުން ހުށަހެޅި ގޮތަށް ފައިދާ ބަހަން ނިންމީ ހޮޓެލް ޖެން ގައި އޮތް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. މިރޭގެ ޖަލްސާގައި ބައިވެރިވީ 49 ހިއްސާދާރުންނާއި 452 ޕްރޮކްސީއާ އެކު ޖުމުލަ 501 ހިއްސާދާރުންނެވެ.
އެމްޓީސީސީން ބުނީ ސާފު ފައިދާގެ ގޮތުގައި 145.3 މިލިއަން ރުފިޔާ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ކަމަށާއި 2.40ރ. ކޮންމެ ހިއްސާ އަކަށް ބަހަންް ފާސްކުރުމުން ޖުމުލަ ހިއްސާދާރުންނަށް ބަހާނީ 20.9 މިލިއަން ރުފިޔާ ކަމަށެވެ.
ސަރުކާރުގެ ގިނަ ޕްރޮޖެކްޓްތަކާ އެކު އެމްޓީސީސީގެ މިދިޔަ އަހަރުގެ ފައިދާ އިތުރު ވެފައިވާއިރު، މި އަހަރުގެ ވިޔަފާރި އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ސީއީއޯ އިބްރާހިމް ޒިޔަތު މިރޭގެ ޖަލްސާގައި ވިދާޅުވި އެވެ.
މިރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ ޒިޔަތު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އޭނާ ވިދާޅުވި ގޮތުގައި ފައިދާ ނުލިބޭ ދާއިރާތަކުގެ ވިޔަފާރިތަކަށް ބައެއް ބަދަލުތައް މި އަހަރުގެ ތެރޭގައި ގެންނާނެ އެވެ. އަދި މި އަހަރު ބޮޑަށް އަމާޒު ކުރާނީ އާ ޕްރޮޖެކްޓްތައް ނެގުމުގެ ބަދަލުގައި މިހާރު ހިންގާ މަސައްކަތްތައް ނިންމުމަށް ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
މިރޭގެ ޖަލްސާ އަށް ހުށަހެޅި އެމްޓީސީސީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ކުންފުންޏަށް މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ އެހެން އަހަރުތަކޭ އެއްގޮތަށް އާއްމު ދަތުރުފަތުރުގެ ދާއިރާއިންނެވެ. އެގޮތުން އެ ދާއިރާ އިން 56 މިލިއަން ރުފިޔާގެ ގެއްލުމެއް ވީއިރު، ދެން ގެއްލުން ވެފައި ވަނީ ޑޮކިން އަދި މެއިންޓަނަންސްގެ އިތުރުން ރިއަލް އެސްޓޭޓްގެ ވިޔަފާރިންނެވެ.
އެންމެ ބޮޑު ފައިދާއެއް ވެފައި ވަނީ، 172 މިލިއަން ރުފިޔާ ލިބުނު ކޮންސްޓްރަކްޝަން ދާއިރާ އިންނެވެ.
އެމްޓީސީސީގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން މިރޭ ވަނީ ދެ ޑިރެކްޓަރަކު އިންތިޚާބު ވެސް ކޮށްފަ އެވެ. އެއީ މިހާރު ވެސް އާންމު ހިއްސާދާރުން ތަމްސީލު ކުރާ ނަަސްރަތު މުހައްމަދާއި މަންސޫރު ޒުބައިރެވެ.
އެމްޓީސީސީގެ މި އަހަރުގެ އެކްސްޓާނަލް އޮޑިޓަރުންގެ ގޮތުގައި މިދިޔަ އަހަރު ވެސް އެ މަސައްކަތް ކުރި ކޭޕީއެމްޖީ ވަނީ ހަމަޖައްސައިފަ އެވެ. ކޭޕީއެމްޖީން އެ ކަމަށް ހުށަހަޅާފައިވާ އަގަކީ، 381،600ރ. އެވެ.
އެމްޓީސީސީ އަށް ހަ މަހުން 130 މިލިއަންގެ ފައިދާއެއް
އެމްޓީސީސީގެ ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި
އެމްޓީސީސީން ހިއްސާއަކަށް 3ރ. ބަހަން ނިންމައިފި
އެމްޓީސީސީން ބަހާނީ ހިއްސާއަކަށް 2ރ.
އެމްޓީސީސީން އާންމު ހިއްސާދާރުންގެ ޑިރެކްޓަރުން ހޯދަނީ
އެމްޓީސީސީ އަށް 145 މިލިއަން ރުފިޔާގެ ފައިދާއެއް
އެމްޓީސީސީގެ ހިއްސާ ވިއްކައިގެން ލިބުނީ 188 މިލިއަން
އެމްޓީސީސީގެ އީޖީއެމް މި މަހުގެ 18 އަށް ފަސްކޮށްފި
އެމްޓީސީސީގެ ހިއްސާގެ އަގު ދަށްކޮށް ވިއްކަން ފަށަނީ
އެމްޓީސީސީން ބޯޓު ބަނުމުގެ ހިދުމަތް ފަށަނީ