30 ޖުލައި 2022
އެމްޓީސީސީ އަށް ހަ މަހުން 130 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
އެމްޓީސީސީ އަށް ހަ މަހުން 130 މިލިއަން ރުފިޔާގެ ފައިދާއެއް ވެއްޖެ އެވެ.
އެ ކުންފުނީގެ ވޭތުވެދިޔަ ދެ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 1.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނީ 593 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. ފުރަތަމަ ކުއާޓަރުގެ އާމްދަނީއަކީ 550 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ހަ މަހަށް ބަލާއިރު އެމްޓީސީސީ އަށް ފައިދާގެ ގޮތުގައި ލިބުނީ 125 މިލިއަން ރުފިޔާ އެވެ. އެހެންވެ، އެއީ ގާތްގަނޑަކަށް ފަސް މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފު ފައިދާގެ އަދަދަކީ 272 މިލިއަން ރުފިޔާ އެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި 191 މިލިއަން ރުފިޔާ ލިބުނެވެ. އެ ކުންފުނީގެ އަމާޒަކީ މި އަހަރުގެ އާމްދަނީ 300 މިލިއަން ރުފިޔާ އަށް އެރުވުން ކަމަށް ވާއިރު، މިދިޔަ އަހަރުގެ އާމްދަނީގެ ޖުމުލައަކީ 1.97 ބިލިއަން ރުފިޔާ އެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ބަނދަރުތައް ހެދުމާއި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިމެނެ އެވެ.
އެމްޓީސީސީގެ ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި
އެމްޓީސީސީން ހިއްސާއަކަށް 3ރ. ބަހަން ނިންމައިފި
އެމްޓީސީސީން ބަހާނީ ހިއްސާއަކަށް 2ރ.
އެމްޓީސީސީން އާންމު ހިއްސާދާރުންގެ ޑިރެކްޓަރުން ހޯދަނީ
އެމްޓީސީސީގެ ހިއްސާ އަކަށް 2.60ރ ބަހަނީ
އެމްޓީސީސީ އަށް 145 މިލިއަން ރުފިޔާގެ ފައިދާއެއް
އެމްޓީސީސީގެ ހިއްސާ ވިއްކައިގެން ލިބުނީ 188 މިލިއަން
އެމްޓީސީސީގެ އީޖީއެމް މި މަހުގެ 18 އަށް ފަސްކޮށްފި
އެމްޓީސީސީގެ ހިއްސާގެ އަގު ދަށްކޮށް ވިއްކަން ފަށަނީ
އެމްޓީސީސީން ބޯޓު ބަނުމުގެ ހިދުމަތް ފަށަނީ