19 މެއި 2022
އެމްޓީސީސީ އަށް މިދިޔަ އަަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި އެވެ.
އެމްޓީސީސީ އަށް މިދިޔަ އަަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި އެވެ.
ކުރުނބާ މޯލްޑިވްސްގައި މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިގޮތަށް ފާސްކުރީ، އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 64 ޕަސެންޓުގެ ވޯޓުންނެވެ. އެމްޓީސީސީން ހިއްސާގެ ފައިދާ ބަހާނީ މި ދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެ ކުންފުުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އެމްޓީޓީސީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުން--ފޮޓޯ:އެމްޓީސީސީ
އެ ކުންފުނީގެ ހިއްސާއަކަށް 3.50ރ. ބަހަން ނިންމި އިރު އެމްޓީސީސީއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގަައި 272 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ފައިދާގެ ގޮތުގައި 191 މިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.97 ބިލިއަން ރުފިޔާ ލިބުނެވެ. މިއީ 2020 ވަނަ އަހަރަށް ވުރެ 40 ޕަސެންޓް އިތުރު އަދަދެކެވެ. އެ އަހަރު އެމްޓީސީސީ އަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ. އެމްޓީސީސީގެ ހުރިހާ ހަރަދެއް ކެނޑުމަށް ފަހު ހިއްސާއަކަަށް މިދިޔަ އަހަރު ޖެހުނު މިލްކުވެރިކަމުގެ އަގަކީ 172ރ. އެވެ. އޭގެ ކުރީ އަހަރު ހިއްސާއެއްގެ މިލްކުވެރިކަމުގެ އަގަކީ 145ރ. އެވެ. އަދި 2019 ވަނަ އަހަރު އަދަދަކީ 123ރ. އެވެ. މިރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ އޮޑިޓަރެއްގެ ގޮތުގައި ޕްރައިޒް ވޯޓާ ހައުސް ކޫޕާސް ވަނީ ހޮވައިފަ އެވެ. އެ ކުންފުންޏަ 478،000 ރުފިޔާ ދައްކަން ޖެހެ އެވެ.
އެމްޓީސީސީ އަށް ހަ މަހުން 130 މިލިއަންގެ ފައިދާއެއް
އެމްޓީސީސީން ހިއްސާއަކަށް 3ރ. ބަހަން ނިންމައިފި
އެމްޓީސީސީން ބަހާނީ ހިއްސާއަކަށް 2ރ.
އެމްޓީސީސީން އާންމު ހިއްސާދާރުންގެ ޑިރެކްޓަރުން ހޯދަނީ
އެމްޓީސީސީގެ ހިއްސާ އަކަށް 2.60ރ ބަހަނީ
އެމްޓީސީސީ އަށް 145 މިލިއަން ރުފިޔާގެ ފައިދާއެއް
އެމްޓީސީސީގެ ހިއްސާ ވިއްކައިގެން ލިބުނީ 188 މިލިއަން
އެމްޓީސީސީގެ އީޖީއެމް މި މަހުގެ 18 އަށް ފަސްކޮށްފި
އެމްޓީސީސީގެ ހިއްސާގެ އަގު ދަށްކޮށް ވިއްކަން ފަށަނީ
އެމްޓީސީސީން ބޯޓު ބަނުމުގެ ހިދުމަތް ފަށަނީ