17 ޖުލައި 2024
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 3.ރ ބަހަން ފާސްކޮށްފި އެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 3.ރ ބަހަން ފާސްކޮށްފި އެވެ.
އެގޮތަށް ފާސްކުރީ އުމަރު ޒާހިރު ބިލްޑިންގައި ހުންނަ މަލްޓި ޕާޕަސް ހޯލްގައި މިރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާގަ އެވެ. މި ޖަލްސާގައި ބަހަން ނިންމީ ހިއްސާގެ ފޭސްވެލިއު 5ރ. އަދި ޑިވިޑެންޑަށް 3ރ. އެވެ.
މި އަދަދު ބަހަން ފާސްވީ އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 99.6 ޕަސެންޓުގެ ވޯޓުންނެވެ. މި ޖަލްސާގައި ޖުމްލަ 374 ހިއްސާދާރުން ބައިވެރިވި އެވެ.
އެމްޓީސީސީން ހިއްސާގެ ފައިދާ ބަހާނީ މިދިޔަ މަހުގެ 23 ވަނަ ދުވަހާ ހަމައަށް އެ ކުންފުުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން 3ރ. ބަހަން ނިންމި އިރު, މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 3.2 ބިލިއަން ރުފިޔާ އެވެ. މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 30 ޕަސެންޓު ދަށް އަދަދެކެވެ. އެ ކުންފުންޏަށް 2023 ވަނަ އަހަރު ޓެކްސްއަށް ކެނޑުމަށް ފަހު، ފައިދާގެ ގޮތުގައި ލިބިފައިވަނީ 97 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރު އެ ކުންފުންޏަށް ލިބުނު 196 މިލިއަން ރުފިޔާއާ އަޅާބަލާއިރު 50 ޕަސެންޓު ދަށް އަދަދެކެވެ.
އެ ކުންފުނީގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ މިދިޔަ އަހަރު ސާފު ފައިދާ ދަށަށް ދިޔައީ ޕްރޮވިޝަންސް އަދި އަނބުރާ ދައްކަން ޖެހޭ ފައިސާއަށް ކުރަން ޖެހޭ ހަރަދު އިތުރުވުމުންނެވެ.
މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު އާމްދަނީ ބަހާފައި ވަނީ ހިއްސާއަކަށް 4ރ. އެވެ. އެ ކުންފުނިން 2022 ވަނަ އަހަރުގެ ފައިދާއިން 4ރ. ބަހަން ނިންމީ މިދިޔަ އަހަރުގެ ޖޫން މަހުގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި އެ އަދަދު ބަހަން ފާސް ނުވުމުން އެ ނިންމުން ބަދަލުކޮށް މިދިޔަ މަހު ބޭއްވި އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި އެ އަދަދު ބެހުމަށް ފާސް ކުރުމުންނެވެ.
އެމްޓީސީސީގެ އާމްދަނީ ދެ ވަނަ ކުއާޓާގައި ދަށަށް
އެމްޓީސީސީން ބޯޓު ބަނުމުގެ ހިދުމަތް ފަށަނީ
އެމްޓީސީސީން ހިއްސާގެ ފައިދާ އަލުން ބަހަން ފާސްކޮށްފި
އެމްޓީސީސީ އޭޖީއެމް: ބޮޑު ޑިވިޑެންޑް ގެއްލި ލަނޑެއް؟
5ބިލިއަންގެ މަޝްރޫއުން އަމާޒަކީ ބޮޑު އާމްދަނީއެއް
އެމްޓީސީސީގެ ހިއްސާއަކަށް 4ރ. ބަހަން ފާހެއް ނުވި
އެމްޓީސީސީ އަށް ހަ މަހުން 130 މިލިއަންގެ ފައިދާއެއް
ރިއަލް އެސްޓޭޓް ވިޔަފާރި އަށް އެމްޓީސީސީ ވަންނަނީ
އެމްޓީސީސީގެ ހިއްސާއަކަށް 3.50ރ. ބަހަން ނިންމައިފި
އެމްޓީސީސީގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި