20 މެއި 2022
އެމްޓީސީސީގެ އަމާޒަކީ ރިއަލް އެސްޓޭޓް ބޮޑެތި ޕްރޮޖެކްޓްތަކަށް ވަދެ، ވިޔަފާރި އިތުރަށް ފުޅާކުރުން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީގެ އަމާޒަކީ ރިއަލް އެސްޓޭޓް ބޮޑެތި ޕްރޮޖެކްޓްތަކަށް ވަދެ، ވިޔަފާރި އިތުރަށް ފުޅާކުރުން ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާޒިމް ވިދާޅުވީ، ބޮޑެތި ހައުސިން ޕްރޮޖެކްޓްތަކަށް ވަނުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އެހެން ނަމަވެސް މާލޭގައި ހިންގާ ކަހަލަ ކުދިކުދި ގެތައް ހެދުމުގެ މަސައްކަތަށް އެ ކުންފުނިން ނުވަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދާނީ ބޮޑެތި ހައުސިން ޔުނިޓްތައް ހަދާ، އެ ވިއްކުމުގެ ވިޔަފާރިއާ ދިމާލަށް،" އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި، ވިޔަފާރި ފުޅާ ކުރުމުގެ ވިސްނުން މިގޮތަށް ބަދަލުކުރަނީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ބަނދަރުތަކާއި ބިން ހިއްކުމާއި އެއާޕޯޓުތަކުގެ މަޝްރޫއުތައް ނިމުމަކަށް އަންނާނެތީ އެވެ. އެހެންވެ އެމްޓީސީސީ އަށް އެފަދަ ޕްރޮޖެކްޓްތައް ލިބޭ މިންވަރު ވެސް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިއްސާދާރުންނަށް މިވަރުގެ އާމްދަނީއެއް ދީ ކަންތައް ކުރުމަށްޓަކައި އިތުރު ވިޔަފާރިތަކަށް ވަންނަން އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަމާޒަކީ މި އަހަރުގެ ފައިދާ 300 މިލިއަން ރުފިޔާ އަށް އެރުވުން ކަމަށެވެ. އެމްޓީސީސީ އަށް 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެމްޓީސީސީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 100 އަށް ވުރެ ގިނަ ޕްރޮޖެކްޓް ހިންގަމުން އަންނަ އިރު އޭގެ ތެރެއިން 80 ޕަސެންޓް މަސައްކަަތްތަކަކީ ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއުތަކެވެ.
5ބިލިއަންގެ މަޝްރޫއުން އަމާޒަކީ ބޮޑު އާމްދަނީއެއް
އެމްޓީސީސީން ބޯޓު ބަނުމުގެ ހިދުމަތް ފަށަނީ
އެމްޓީސީސީގެ ހިއްސާއަކަށް 3ރ. ބަހަން ފާސްކޮށްފި
އެމްޓީސީސީން ހިއްސާގެ ފައިދާ އަލުން ބަހަން ފާސްކޮށްފި
އެމްޓީސީސީއަށް ނުދެއްކޭވަރުގެ ދަރަންޏެއް ނޯންނާނެ:އާޒިމް
މަޝްރޫއުތައް އަވަސްކުރަން އެމްޓީސީސީން ބޮޑު ޑްރެޖަރެއް
އެމްޓީސީސީ އޭޖީއެމް: ބޮޑު ޑިވިޑެންޑް ގެއްލި ލަނޑެއް؟
އެމްޓީސީސީގެ ހިއްސާއަކަށް 4ރ. ބަހަން ފާހެއް ނުވި
މުޒާހަރާކުރާ މީހުން ޓްރެފިކްހުއްޓުވާ މައްސަލަ ބޮޑުވެއްޖެ
އާޒިމްގެ ތިން އަހަރު: އެމްޓީސީސީ ހަ ގުނަ ފުޅާވެއްޖެ