22 އޯގަސްޓް 2017
ވޮޝިންޓަން (އޮގަސްޓް 22) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އާއިލާ ބޮޑުވުމާއި އެމަނިކުފާނުގެ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޚަރަދު ބޮޑުވުމުން ސީކްރެޓް ސާވިސްގެ ބަޖެޓް ހުސްވުމާ ގާތަށް ހިނގައްޖެ އެވެ.
ވޮޝިންޓަން (އޮގަސްޓް 22) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އާއިލާ ބޮޑުވުމާއި އެމަނިކުފާނުގެ އިމާރާތްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޚަރަދު ބޮޑުވުމުން ސީކްރެޓް ސާވިސްގެ ބަޖެޓް ހުސްވުމާ ގާތަށް ހިނގައްޖެ އެވެ.
އެމެރިކާގެ ރައީސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ރަންޑޮލްފް ޓެކްސް ވިދާޅުވީ އެޖެންސީގެ އިތުރު ގަޑިދޭން ޖެހޭ 1،100 ވަރަކަށް އެޖެންޓުންނަށް ފައިސާ ދޭން ދަތިވާނެ ކަމަށެވެ. އެހެންކަމުން އަންނަ މަހުގެ ނިޔަލަށް ބަޖެޓް ހުސްވާނެ ކަމަށާއި އޭގެ ކުރިން ކޮންގްރެސް އިން އިންތިޒާމްތަކެއް ހަމަޖައްސައިދޭން ޖެހޭ ކަމަށް ސީކްރެޓް ސާވިސް އިން ބުނެ އެވެ.
ޓްރަމްޕުގެ ބެލުމުގެ ދަށުގައިވާ 42 މީހަކަށް ސީކްރެޓް ސާވިސް އިން ރައްކާތެރިކަން ދޭން ޖެހެ އެވެ. މިއީ ކުރީގެ ރައީސް ބަރަކް އޮބާމާ އަށް ވުރެ 11 މީހުން އިތުރު އަދަދެކެވެ. ސީކްރެޓް ސާވިސް އިން ހިމާޔަތް ދޭ މީހުންގެ ތެރޭގައި ޓްރަމްޕް އާއިލާގެ 18 މެންބަރުން ހިމެނެ އެވެ. އެ މީހުން ކުރާ ފިޔަވާރި ދަތުރުތަކާއި ޗުއްޓީ ހޭދަކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ވެސް ސީކްރެޓް ސާވިސް އިން ބަލަހައްޓަން ޖެހެ އެވެ. އަދި ޓްރަމްޕުގެ އަމިއްލަ އިމާރާތްތައް ވެސް ބަލަހައްޓަން ޖެހެ އެވެ.
ޓްރަމްޕުގެ އާއިލާގެ ބޭފުޅުން ކުރައްވާ ވިޔަފާރި ދަތުރުތަކުގެ ސެކިއުރިޓީ ބަލަހައްޓަނީ ސީކްރެޓް ސާވިސް އިން. --ފޮޓޯ:ގެޓީ އިމޭޖަސް
ފްލޮރިޑާގައިވާ ޓްރަމްޕުގެ މާ ލާގޯ ރިސޯޓުގައި ޗުއްޓީ ހޭދަކުރައްވަން އެމަނިކުފާނު ކުރައްވާ ކޮންމެ ދަތުރަކަށް ސީކްރެޓް ސާވިސް އިން ތިން މިލިއަން ޑޮލަރު ހޭދަކުރަން ޖެހެ އެވެ. ފްލޮރިޑާގައި ޓްރަމްޕް ޗުއްޓީ ހޭދަކުރައްވާ އިރު އައްސޭރި ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓް ގާޑުން 24 ގަޑިއިރު ހަރަކާތްތެރިވެ އެވެ. ނިއު ޖާޒީގެ ބެޑްމިންސްޓާ އާއި މާ ލާގޯގައި ގޮލްފް ކާޓުގެ ކުއްޔަށް ވަނީ 60،000 ޑޮލަރު ހޭދަކޮށްފަ އެވެ. ޓްރަމްޕުގެ ދަރިކަލުން އެރިކް ޓްރަމްޕް ވިޔަފާރި ދަތުރެއްގައި އުރުގުއާއީ އަށް ކުރެއްވި ދަތުރެއްގެ ސެކިއުރިޓީ އަށް ލައްކައެއްހާ ޑޮލަރު ހޭދަކުރި އެވެ.
މީގެ އިތުރުން އެރިކް އާއި ޓްރަމްޕް ޖޫނިއާ ވެންކޫއާގައި ޓްރަމްޕުގެ ހޮޓަލެއް ހުޅުވުމަށް ކުރެއްވި ދަތުރާއި ދުބާއީގައި ޓްރަމްޕް އިންޓަނޭޝަނަލް ގޮލްފް ކްލަބެއް ހުޅުވުމަށް ކުރެއްވި ދަތުރަށް ވެސް ސީކްރެޓް ސާވިސް އިން ވަނީ ބޮޑު ހަރަދެއް ކޮށްފަ އެވެ. އިވަންކާ ޓްރަމްޕާއި ފިރިކަލުން ޖާރެޑް ކުޝްނާ މާޗު މަހު ކޮލަރާޑޯގައި ހޭދަކުރެއްވި ޗުއްޓީގެ ސެކިއުރިޓީ އަށް ވެސް ވަނީ ބޮޑު ޚަރަދެއް ކޮށްފަ އެވެ. ޖަރުމަނާއި ހަންގޭރީ އަށް ޓިފަނީ ޓްރަމްޕާއި ލޯބިވެރިޔާ ކުރެއްވި ދަތުރުގެ ސަލާމަތީ ޚަރަދުތައް ވެސް ބެލެހެއްޓީ ސީކްރެޓް ސާވިސް އިންނެވެ.
ޓްރަމްޕުގެ ހަގު ދަރިކަލުން ސްކޫލް އަހަރު ނިމެންދެން އަނބިކަނބަލުން މެލަނިއާ ނިއު ޔޯކުގެ ޓްރަމްޕް ޓަވަރުގައި ފަސް މަސް ވަންދެން ދިރިއުޅުއްވުމުން ވެސް ސަލާމަތީ ޚަރަދުތައް ވަނީ އިތުރުވެފަ އެވެ.
ސީކްރެޓް ސާވިސް އިން ބުނަނީ ޓްރަމްޕަށް ހިމާޔަތްދެވެޔޭ
ޓްރަމްޕް އަވަހާރަކޮށްލަން އަނެއްކާވެސް މަސައްކަތްކޮށްފި
ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދެއްވައިފި
ސީކްރެޓް ސާވިސްގެ އަންހެނުންނަށް މަލާމާތްކުރާތީ ރައްދެއް
ސީކްރެޓް ސާވިސްގެ ރިިވިއުއެއް ހަދަން ފުރުސަތު ދެނީ
ވައިޓްހައުސް ތެރެއަށް ވަދެ އުޅުނު މީހަކު ހައްޔަރުކޮށްފި
ޓްރަމްޕުގެ ޓްވީޓެއް: އައި ހޭޓް ޓޭލާ ސްވިފްޓް
ޓްރަމްޕް ވިދާޅުވީ ބިދޭސީން ކަނީ ބުޅަލާއި ކުއްތާ ކަމަށް
ޓްރަމްޕަށް ހުކުމްކުރާނީ ރިޔާސީ އިންތިހާބަށް ފަހު
ޓްރަމްޕް ވިދާޅުވަނީ މިއީ ފޭކް ފޮޓޯއެއް ކަމަށް