Roadha Mihaaru
ސީކްރެޓް ސާވިސްގެ ރިިވިއުއެއް ހަދަން ފުރުސަތު ދެނީ

ޓްރަމްޕުގެ ސެކިއުރިޓީ ފެއިލްވުމުން ސީކްރެޓް ސާވިސްގެ ރިވިއުއެއް ހަދަނީ

16 ޖުލައި 2024

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާ ދިނުމުގެ ފުރުސަތު ލިބޭ މިންވަރަށް ސެކިއުރިޓީ ފެއިލްވި މައްސަލައިގައި ސީކްރެޓް ސާވިސްއަށް ކުރިމަތިވި ޕްރެޝަރާ އެކު އެ އިދާރާގެ މިިނިވަން ރިވިއުއެއް ހަދަން އެއްބާރުލުން ދޭނެ ކަމަށް ބުނެފި އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާ ދިނުމުގެ ފުރުސަތު ލިބޭ މިންވަރަށް ސެކިއުރިޓީ ފެއިލްވި މައްސަލައިގައި ސީކްރެޓް ސާވިސްއަށް ކުރިމަތިވި ޕްރެޝަރާ އެކު އެ އިދާރާގެ މިިނިވަން ރިވިއުއެއް ހަދަން އެއްބާރުލުން ދޭނެ ކަމަށް ބުނެފި އެވެ.

ނޮވެމްބަރު މަހު އޮންނަ އިންތިހާބުގެ ކެމްޕެއިނުގައި ހޮނިހިރު ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ރެލީއެެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އިމާރާތެއްގެ މަތިން މީހަކު ދިން ބަޑީގެ ހަމަލާ އަމާޒުވީ ޓްރަމްޕުގެ ކަންފަތުގެ ތަންކޮޅަކަށެވެ. އުމުރުން 78 އަހަރުގެ ޓްރަމްޕަށް ބޮޑު އަނިޔާއެއް ނުވެ އެވެ.

"ފެޑެރަލް،ސްޓޭޓް އަދި ލޯކަލް އެޖެންސީތަކާ އެކު ސީކްރެޓް ސާވިސް އިން މި ދަނީ މިއީ ކިހިނެއް ކީއްވެގެން ހިނގަން މެދުވެރި ހާދިސާއެއްތޯ ދެނެގަނެ ކުރިމަގުގައި މިފަދަ ކަމެއް ނުވާނެ ގޮތަކަށް ކަންކަން ރާވަން މަސައްކަތްކުރަމުން،" ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ކިމްބަލީ ޗީޓްލް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"މި އިދާރާގެ ރިވިއުއެއް ހަދަން ރައީސް ޖޯ ބައިޑެން އެންގެވި އެންގެވުމުގެ މުހިންމުކަން އެނގޭ. އަޅުގަނޑުމެން ފުރިހަމައަށް އެއްބާރުލުން ދޭނަން. އަދި މި މައްސަލަ ކޮންގްރެސްގެ އެއްވެސް ކޮމިޓީއަކުން ބަލާ ނަމަ އެކަމުގައި ވެސް އެއްބާރުލުން ދޭނަން،" ޗީޓްލް ވިދާޅުވެފައިވެ އެވެ.

ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ލީޑަރު ހުންނެވި ހިސާބާ ގާތްގަނޑަކަށް 500 ފޫޓު (150 މީޓަރު) ދުރުގައި ހުރި ފުރާޅަކަށް ހަތިޔާރާ އެކު އަރައި ޓްރަމްޕަށް ބަޑި އަމާޒުކުރުމުގެ ފުރުސަތު ލިބުނު ގޮތާ މެދު ސުވާލުތައް ވަނީ ގިނަވެފަ އެވެ. އެެހެންވެ މިކަމުގައި ސީކްރެޓް ސާވިސްއަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. -- އޭއެފްޕީ