12 މާޗް 2017
ވޮޝިންޓަން (މާޗް 12) - އެމެރިކާގެ ރައީސްގެ ރަސްމީ ގެކޮޅު ވައިޓްހައުސްގެ ބޭރު ފެންސުން ފުންމާލައިގެން ގޯތި ތެރެއަށް ވަދެ އުޅުނު މީހަކު ސީކްރެޓް ސާވިސް އިން ހައްޔަރުކޮށްފި އެވެ.
ވޮޝިންޓަން (މާޗް 12) - އެމެރިކާގެ ރައީސްގެ ރަސްމީ ގެކޮޅު ވައިޓްހައުސްގެ ބޭރު ފެންސުން ފުންމާލައިގެން ގޯތި ތެރެއަށް ވަދެ އުޅުނު މީހަކު ސީކްރެޓް ސާވިސް އިން ހައްޔަރުކޮށްފި އެވެ.
ބެކްޕެކެއް އަޅުވާލައިގެން އުޅުނު މީހާ އަތުލައިގަތް އިރު ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވައިޓްހައުސްގައި އުޅުއްވަ އެވެ. ވައިޓް ހައުސްގެ ގޯތި ތެރެއަށް ދަންވަރު ވަން މީހާ އަތުލައިގެންފައި ވަނީ ސައުތު ގްރައުންޑުންނެވެ. އެ މީހާ އަތުލައިގަތުމުގައި އެއްވެސް ހާދިސާއެއް ހިނގައިފައެއް ނުވެ އެވެ. އަދި އޭނާގެ ދަބަހުން ވެސް ނުރައްކާތެރި އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް ސީކްރެޓް ސާވިސް އިން ބުނެފައިވެ އެވެ. އެ މީހާ އުޅުނު ސަރަހައްދު ވެސް ވަނީ ސީކްރެޓް ސާވިސްގެ އެޖެންޓުން ބަލައިފަ އެވެ. އަދި ސެކިއުރިޓީ އޮޕަރޭޝަނަށް ކަންބޮޑުވާ އެއްވެސް ކަމެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.
ހާދިސާގެ މައުލޫމާތު ވަނީ ރައީސް ޓްރަމްޕަށާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޖޯން ކެލީ އަށް އަރުވައިފަ އެވެ.
މި ހާދިސާއާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ ސީކްރެޓް ސާވިސް އިން ކަންތައް ކުރި ގޮތުން އެ މީހުންނަށް ތައުރީފް ކުރައްވައިފަ އެވެ. ވައިޓްހައުސްގެ ގޯތި ތެރެއަށް ވަން މީހަކީ "އުނދަގޫ ބޮޑު" މީހެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ސީކްރެޓް ސާވިސް އަށް އޮތް އިތުބާރާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޝޯން ސްޕައިސާ ވިދާޅުވީ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
ވައިޓް ހައުސްގެ ގޯތި ތެރެއަށް ވަން 26 އަހަރުގެ ކެލިފޯނިއާ މީހާއާ ސީކްރެޓް ސާވިސް އިން ސުވާލު ކުރުމުން ބުނީ އޭނާ އަކީ ޓްރަމްޕުގެ ރަހުމަތްތެރިއެއް ކަމަށާއި ވައިޓް ހައުސް އަށް ވަނީ ޓްރަމްޕާ ބައްދަލު ކުރުމަށް ކަމަށެވެ.
ވައިޓްހައުސްގެ ވަށާ ފެންސް މަތިން ފުންމާލައިގެން މީގެ ކުރިން ވެސް މީހުން އެތެރެއަށް ވަދެފައިވެ އެވެ. އެ މީހުން އަތުލައިގަތުމަށް ފަހު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. ދެހާސް ސާދަ ވަނަ އަހަރު ވަނީ 42 އަހަރުގެ އުމަރު ގޮންޒާލޭޒް ވައިޓް ހައުސްގެ ނޯތު ޕޯޓިކޯ ދޮރާ ހަމައަށް ގޮސްފަ އެވެ. އޭނާގެ އަތުގައި ނުވަ ސެންޓިމީޓަރު ދިގު ލައްޕާލެވޭ ވަޅިއެއް ވެސް އޮތެވެ. ސީކްރެޓް ސާވިސް އިން ވަނީ އެ މީހާ ވެސް ހައްޔަރުކޮށްފަ އެވެ.
ޓްރަމްޕް ހިމާޔަތްކުރުމުގައި ފެއިލްވި: ސީކްރެޓް ސާވިސް
ޓްރަމްޕް އަވަހާރަކޮށްލަން އަނެއްކާވެސް މަސައްކަތްކޮށްފި
ސީކްރެޓް ސާވިސްގެ ވެރިޔާ އިސްތިއުފާ ދެއްވައިފި
ސީކްރެޓް ސާވިސްގެ އަންހެނުންނަށް މަލާމާތްކުރާތީ ރައްދެއް
ސީކްރެޓް ސާވިސްގެ ރިިވިއުއެއް ހަދަން ފުރުސަތު ދެނީ
ވައިޓްހައުސްގެ ކުރީގެ ތަރުޖަމާނު ޑާންސް ޝޯއިން ކަޓައިފި
ޑުޓާޓެ އަށް ވައިޓް ހައުސް އަށް ދައުވަތު ދިނުމުން ފާޑުކިޔުން
ވައިޓް ހައުސްއަށް ނުރައްކަލަކަށްވި މީހަކު ހައްޔަރުކޮށްފި
ފަލަސްތީނުގެ ރައީސް ވައިޓް ހައުސް އަށް
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ