13 ނޮވެމްބަރ 2019
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ވައިޓް ހައުސްގެ ތަރުޖަމާނުގެ މަގާމު އެންމެ ފުރަތަމަ އަދާކުރެއްވި ޝޯން ސްޕައިސާ ވާދަކުރެއްވި ޑާންސް ޝޯއިން ހޯމަ ދުވަހު އޭނާ އެލިމިމޭޓްވެއްޖެ އެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ވައިޓް ހައުސްގެ ތަރުޖަމާނުގެ މަގާމު އެންމެ ފުރަތަމަ އަދާކުރެއްވި ޝޯން ސްޕައިސާ ވާދަކުރެއްވި ޑާންސް ޝޯއިން ހޯމަ ދުވަހު އޭނާ އެލިމިމޭޓްވެއްޖެ އެވެ.
އޭބީސީގެ "ޑާންސިން ވިތު ދަ ސްޓާޒް" ގެ 28 ވަނަ ސީޒަނުން ޝޯން އެލިމިނޭޓް ވުމުން ޓްރަމްޕް ވަނީ ޝޯން ދެއްކި ހިތްވަރަށް ސާބަސް ދެއްވައި، އޭނާއާ މެދު ފަހުރުވެރިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ.
ފެށުނީއްސުރެ ޓްރަމްޕް ގެންދެވީ ޝޯން އަށް ތާއީދުކުރައްވައި، ވޯޓް ދިނުމަށް ސަޕޯޓަރުންގެ ކިބައިން ވެސް އެދިވަޑައިގަންނަވަމުންނެވެ.
Thank you @POTUS @realDonaldTrump I can’t begin to express how much your continued support has meant, especially during my time on @DancingABC https://t.co/1uLvApIPdp
— Sean Spicer (@seanspicer) November 12, 2019
ޓްރަމްޕް ދެއްވި ތަރުހީބަށް ޝުކުރު އަދާކުރައްވައި ޝޯން، 48، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޑާންސް ވިތު ދަ ސްޓާޒް" އާ ގުޅިގެން ޓްރަމްޕް ދެއްވި ތަރުހީބު ބަޔާންނުކުރެވޭނެ ކަމަށެވެ. އަދި ފާއިތުވި ނުވަ ހަފުތާގެ ތެރޭގައި އޭނާ އަށް ސަޕޯޓްކޮށް ވޯޓް ދިން ހުރިހާ އެންމެންނަށް ވެސް ޝުކުރުއަދާކުރެއްވި އެވެ.
A fantastic Foxtrot by @seanspicer! Way to go, #TeamSweetNSpicey. ? #DWTS pic.twitter.com/iuULZ2zXUi
— Dancing with the Stars (@DancingABC) November 12, 2019
އޭނާ "ޑާންސިން ވިތު ދަ ސްޓާސް" ގައި ވާދަކުރެއްވި އިރު، ވައިޓްހައުސްގެ ތަރުޖަމާނުގެ މަގާމުން އިސްތިއުފާދެއްވީ 2017 ވަނަ އަހަރު އެވެ. ޝޯގައި ޝޯންގެ ބައިވެރިޔަކީ ލިންޒީ އާނޯލްޑެވެ.
މި މަހުގެ 25 ގައި ފިނާލޭ ބާއްވާ "ޑާންސް ވިތު ދަ ސްޓާޒް" ސީޒަން 28 ދައްކަން ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ. މި ޝޯގެ ޖަޖުންނަކީ ބުރޫނޯ ޓޮނިއޯލީ އާއި ލެންޑް ގުޑްމަންގެ އިތުރުން ކެރީ އޭން އިނަބާ އެވެ.
ޓޮމް ބާޖެރޯން އާއި އެރިން އެންޑްރޫސް ހޯސްޓްކުރާ ޝޯގައި މިހާރު ދެމިތިބީ ފަސް ބައިވެރިއެކެވެ. ޝޯ ފެށީ 12 ބައިވެރިންނާ އެކީގަ އެވެ.
ޝޯން ސްޕައިސާ ފެންނާނީ ޓީވީ ޝޯއަކުން
ޑުޓާޓެ އަށް ވައިޓް ހައުސް އަށް ދައުވަތު ދިނުމުން ފާޑުކިޔުން
ވައިޓް ހައުސްއަށް ނުރައްކަލަކަށްވި މީހަކު ހައްޔަރުކޮށްފި
ވައިޓްހައުސް ތެރެއަށް ވަދެ އުޅުނު މީހަކު ހައްޔަރުކޮށްފި
ފަލަސްތީނުގެ ރައީސް ވައިޓް ހައުސް އަށް
އޮބާމާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފި މައްސަލަ ބަލަނީ
ވައިޓްހައުސްގެ ނޫސްވެރިންގެ ޑިނާގައި ޓްރަމްޕް ބައިވެރިނުވާނެ
ވައިޓްހައުސްގެ ނޫސް ކޮންފަރެންސަށް ބޮޑެތި މީޑިއާތައް މަނާ
މުސްލިމުން މަނާކުރާ އާ އަމުރު އަންނަ ހަފުތާގައި ނެރެނީ
ވައިޓްހައުސްގައި އެއްވެސް މައްސަލައެއް ނެތް: ޓްރަމްޕް