11 މާޗް 2017
ވޮޝިންޓަން (މާޗް 11) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް "ވަރަށް އަވަށް" ވައިޓްހައުސް އަށް ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވައިފި އެވެ.
ވޮޝިންޓަން (މާޗް 11) - ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް "ވަރަށް އަވަށް" ވައިޓްހައުސް އަށް ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައުވަތު ދެއްވައިފި އެވެ.
ރައީސް މަހްމޫދަށް ޓްރަމްޕް ދައުވަތު ދެއްވާފައި ވަނީ ދެ ބޭފުޅުން އިއްޔެ ފޯނުން މަޝްވަރާ ކުރެއްވުމުގެ ތެރޭގަ އެވެ. މިއީ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން އައްބާސް އަށް ގުޅުއްވި ފުރަތަމަ ފަހަރެވެ.
ޓްރަމްޕް މިދިޔަ މަހު ވަނީ އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވައިޓްހައުސްގައި ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް ވަނީ ދެ ދައުލަތް އުފައްދައިގެން މެދުއިރުމައްޗަށް ސުލްހަ ހޯދަން ކުރާ މަސައްކަތަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ޓްރަމްޕުގެ މި ނިންމެވުމާ އެކު ފަލަސްތީނުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި މިއީ ޓްރަމްޕުގެ ސަރުކާރުން އިޒްރޭލް ކޮޅަށް ވަރަށް ބޮޑަށް ޖެހިފައިވާކަން އަންގައިދޭ ސިޔާސަތެއް ކަމަށް ވަނީ ބުނެފަ އެވެ.
ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި ވަނީ އިޒްރޭލާއި ފަލަސްތީނަށް ސުލްހަ ގެނެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ކުރީގެ ޚާރިޖީ ވަޒީރު ޖޯން ކެރީގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައީ އެޕްރީލް، 2014 ގަ އެވެ.
ރައީސް ޓްރަމްޕުގެ ވާހަކަފުޅުގައި ވަނީ މެދުއިރުމަތީގެ ސުލްހައިގެ ވާހަކަތައް އަލުން ފަށަން ބޭނުންވާ ކަމަށް އައްބާސް އަށް ދަންނަވައިފަ އެވެ. ފަލަސްތީނުން ކުރިން ވަނީ ހިފާފައިވާ ބިންތަކުގައި އިޒްރޭލުން ޔަހޫދީންނަށް ގެދޮރު އަޅާ މަޝްރޫއު ހުއްޓުވުމަށް އެމެރިކާގެ އެހީތެރި ކަމަށް ގޮވާލައިފަ އެވެ.
ސީސީ އާއި އައްބާސް މިއަދު ބައްދަލުކުރައްވަނީ
ފަލަސްތީނުގެ ރައީސްއާ ޓްރަމްޕް ބައްދަލު ކުރައްވަނީ
ޓްރަމްޕާ އެކު ސުލްހަޔަށް މަސައްކަތްކުރާނަން: އައްބާސް
އެމެރިކާގެ ގުޅުމަށް އަލުން ވިސްނާނަން: އައްބާސް
އިޒްރޭލު ނުރުހުނަސް، ގާޒާގައި އޮންނާނީ ހަމާސްގެ ބާރު
ނަކްބާއަށް 75، ފަލަސްތީނު މީހުންނަށް ހައްގެއް ނުލިބޭ
އދ.ގައި ފުރަތަމަ ފަހަރަށް "ނަކްބާ" ފާހަގަކޮށްފި
ބްލިންކެންގެ ދަތުރު ހުސް އަތާ ނިންމާލައިފި
ސައޫދީ އަށް ވަޑައިގަތުމަށް ބައިޑެން ނިންމަވައިފި
ވައިޓްހައުސްގެ ކުރީގެ ތަރުޖަމާނު ޑާންސް ޝޯއިން ކަޓައިފި